نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
634 | 4 | 141 | الذين يتربصون بكم فإن كان لكم فتح من الله قالوا ألم نكن معكم وإن كان للكافرين نصيب قالوا ألم نستحوذ عليكم ونمنعكم من المؤمنين فالله يحكم بينكم يوم القيامة ولن يجعل الله للكافرين على المؤمنين سبيلا |
| | | އެއުރެންނީ، ތިޔަބައިމީހުންނާމެދު، ބަލަބަލައި ތިބޭ މީހުންނެވެ. ފަހެ، اللَّه ގެ حضرة ން، ތިޔަބައިމީހުންނަށް فتح އެއް ލިބިއްޖެނަމަ، އެއުރެން ބުނެތެވެ. ތިމަންމެން ތިޔަބައިމީހުންނާ އެކުގައި ނުވަންހޭ؟ އަދި، كافر ންނަށް نصيب އެއް ލިބިއްޖެނަމަ އެއުރެން ބުނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ތިމަންމެން ގަދަވެ ނުގަންނަންހޭ؟ އަދި، مؤمن ންގެ ކިބައިން ތިޔަބައިމީހުން ރައްކާތެރިކޮށް ނުދެންހޭ؟ قيامة ދުވަހުން ތިޔަބައިމީހުންގެ މެދުގައި حكم ކުރައްވާހުށީ اللَّه އެވެ. އަދި، مؤمن ންގެ މައްޗަށް كافر ންނަކަށް އެއްވެސް މަގެއް اللَّه ނުލައްވާނެތެވެ. |
|
635 | 4 | 142 | إن المنافقين يخادعون الله وهو خادعهم وإذا قاموا إلى الصلاة قاموا كسالى يراءون الناس ولا يذكرون الله إلا قليلا |
| | | ހަމަކަށަވަރުން، منافق ން، اللَّه އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ عمل ތައް ކުރެތެވެ.) އެކަލާނގެ އެއުރެންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ. |
|
636 | 4 | 143 | مذبذبين بين ذلك لا إلى هؤلاء ولا إلى هؤلاء ومن يضلل الله فلن تجد له سبيلا |
| | | އެދެމެދުގައި (އެބަހީ: إيمان ކަމާއި كافر ކަމާ ދެމެދުގައި) ދެއަތަށް ކިރިކިރިތިބޭ حال ގައެވެ. މިބަޔަކަށްވެސް ނޫނެވެ. އަދި، އެބަޔަކަށްވެސް ނޫނެވެ. (އެބަހީ: مؤمن ންގެ جماعة އަކަށްވެސް، އަދި، كافر ންގެ جماعة އަކަށްވެސް އެއުރެން ނިސްބަތެއް ނުވެއެވެ.) اللَّه، މަގުފުރައްދަވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށްޓަކައި އެއްވެސްމަގެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. |
|
637 | 4 | 144 | يا أيها الذين آمنوا لا تتخذوا الكافرين أولياء من دون المؤمنين أتريدون أن تجعلوا لله عليكم سلطانا مبينا |
| | | އޭإيمان ވެއްޖެ މީސްތަކުންނޭވެ! مؤمن ން ފިޔަވައި، كافر ން އެއީ އެހީތެރިން ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! (ފަހެ) بيان ވެގެންވާ حجّة އެއް ތިޔަބައިމީހުންނާ ދެކޮޅަށް، ތިޔަބައިމީހުން اللَّه ގެ حضرة އަށް ހުށަހެޅުމަށް އެދެނީހެއްޔެވެ؟ |
|
638 | 4 | 145 | إن المنافقين في الدرك الأسفل من النار ولن تجد لهم نصيرا |
| | | ހަމަކަށަވަރުން، منافق ން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް نصر ވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ. |
|
639 | 4 | 146 | إلا الذين تابوا وأصلحوا واعتصموا بالله وأخلصوا دينهم لله فأولئك مع المؤمنين وسوف يؤت الله المؤمنين أجرا عظيما |
| | | އެއުރެން توبة ވެ، އަދި عمل ތައް إصلاح ކޮށް، އަދި اللَّه ގެ دين ގައި ގަދަޔަށް ހިފަހައްޓައި، އެއުރެންގެ دين، اللَّه އަށް خلاص ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންވަނީ مؤمن ންގެ ތެރެއިންނެވެ. އަދި، مؤمن ންނަށް ބޮޑުވެގެންވާ ދަރުމަ، اللَّه ދެއްވާނެތެވެ. |
|
640 | 4 | 147 | ما يفعل الله بعذابكم إن شكرتم وآمنتم وكان الله شاكرا عليما |
| | | ތިޔަބައިމީހުން شكر ކޮށް، إيمان ވީނަމަ، ތިޔަބައިމީހުންނަށް عذاب ދެއްވުމުން اللَّه ކުރައްވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް اللَّه عذاب ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) شكر قبول ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. |
|
641 | 4 | 148 | لا يحب الله الجهر بالسوء من القول إلا من ظلم وكان الله سميعا عليما |
| | | އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. |
|
642 | 4 | 149 | إن تبدوا خيرا أو تخفوه أو تعفوا عن سوء فإن الله كان عفوا قديرا |
| | | ތިޔަބައިމީހުން ހެޔޮކަމެއް ފާޅުކުރާނަމަ، ނުވަތަ ހެޔޮކަމެއް ވަންހަނާކުރާނަމަ، ނުވަތަ ނުބައިކަމަކުން عفو ކުރާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގިނަގިނައިން عفو ކުރައްވާ ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. |
|
643 | 4 | 150 | إن الذين يكفرون بالله ورسله ويريدون أن يفرقوا بين الله ورسله ويقولون نؤمن ببعض ونكفر ببعض ويريدون أن يتخذوا بين ذلك سبيلا |
| | | ތިޔަބައިމީހުން ހެޔޮކަމެއް ފާޅުކުރާނަމަ، ނުވަތަ ހެޔޮކަމެއް ވަންހަނާކުރާނަމަ، ނުވަތަ ނުބައިކަމަކުން عفو ކުރާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގިނަގިނައިން عفو ކުރައްވާ ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. |
|