نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5987 | 88 | 20 | وإلى الأرض كيف سطحت |
| | | އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟ |
|
5988 | 88 | 21 | فذكر إنما أنت مذكر |
| | | ފަހެ، ކަލޭގެފާނު) އެއުރެންނަށް (ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ. |
|
5989 | 88 | 22 | لست عليهم بمصيطر |
| | | އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. |
|
5990 | 88 | 23 | إلا من تولى وكفر |
| | | ފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ. |
|
5991 | 88 | 24 | فيعذبه الله العذاب الأكبر |
| | | ފަހެ، اللّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ. |
|
5992 | 88 | 25 | إن إلينا إيابهم |
| | | ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. |
|
5993 | 88 | 26 | ثم إن علينا حسابهم |
| | | ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ. |
|
5994 | 89 | 1 | بسم الله الرحمن الرحيم والفجر |
| | | ފަތިސް ގަންދެއްވަމެވެ. |
|
5995 | 89 | 2 | وليال عشر |
| | | އަދި ދިހަ ރޭ ގަންދެއްވަމެވެ. |
|
5996 | 89 | 3 | والشفع والوتر |
| | | އަދި ހިރިތަކެއްޗާއި، އޮނަހިރި ތަކެތި ގަންދެއްވަމެވެ. |
|