نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5898 | 84 | 14 | إنه ظن أن لن يحور |
| | | ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ حضرة އަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ. |
|
5899 | 84 | 15 | بلى إن ربه كان به بصيرا |
| | | އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ. |
|
5900 | 84 | 16 | فلا أقسم بالشفق |
| | | ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ. |
|
5901 | 84 | 17 | والليل وما وسق |
| | | އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ. |
|
5902 | 84 | 18 | والقمر إذا اتسق |
| | | އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ. |
|
5903 | 84 | 19 | لتركبن طبقا عن طبق |
| | | ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالة އަކަށްފަހު، އަނެއް حالة އަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ. |
|
5904 | 84 | 20 | فما لهم لا يؤمنون |
| | | އެއުރެން إيمان ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟ |
|
5905 | 84 | 21 | وإذا قرئ عليهم القرآن لا يسجدون |
| | | އަދި އެއުރެންނަށް قرآن ކިޔަވައިދެވޭހިނދު، އެއުރެން سجدة އެއް ނުކުރެތެވެ. |
|
5906 | 84 | 22 | بل الذين كفروا يكذبون |
| | | އަދި ކިއެއްތަ! كافر ވި މީހުން (އެ قرآن) ދޮގުކުރޫއެވެ. |
|
5907 | 84 | 23 | والله أعلم بما يوعون |
| | | އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ. |
|