نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5699 | 78 | 27 | إنهم كانوا لا يرجون حسابا |
| | | ހަމަކަށަވަރުން حساب ބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެއުރެންވޫއެވެ. |
|
5700 | 78 | 28 | وكذبوا بآياتنا كذابا |
| | | ބޮޑުވެގެންވާ ދޮގުކުރުމަކުން، ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކުރޫއެވެ. |
|
5701 | 78 | 29 | وكل شيء أحصيناه كتابا |
| | | އަދި ކޮންމެ އެއްޗެއް ތިމަންރަސްކަލާނގެ ފޮތެއްގައި ހިމެނުއްވީމެވެ. |
|
5702 | 78 | 30 | فذوقوا فلن نزيدكم إلا عذابا |
| | | ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި عمل ތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، عذاب މެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ. |
|
5703 | 78 | 31 | إن للمتقين مفازا |
| | | ހަމަކަށަވަރުން، تقوى ވެރިންނަށް ހުރީ، نصيب ލިބެނިވި ތަނެކެވެ. |
|
5704 | 78 | 32 | حدائق وأعنابا |
| | | ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ. |
|
5705 | 78 | 33 | وكواعب أترابا |
| | | އަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ. |
|
5706 | 78 | 34 | وكأسا دهاقا |
| | | އަދި ފުރިފައިވާ ރާތަށިތަކެވެ. |
|
5707 | 78 | 35 | لا يسمعون فيها لغوا ولا كذابا |
| | | باطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ. |
|
5708 | 78 | 36 | جزاء من ربك عطاء حسابا |
| | | ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ. |
|