نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5682 | 78 | 10 | وجعلنا الليل لباسا |
| | | އަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ. |
|
5683 | 78 | 11 | وجعلنا النهار معاشا |
| | | އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ. |
|
5684 | 78 | 12 | وبنينا فوقكم سبعا شدادا |
| | | ގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ. |
|
5685 | 78 | 13 | وجعلنا سراجا وهاجا |
| | | އަދި އަލިކަންގަދަ ވޮށެއް (އެބަހީ: އިރު) ތިމަންރަސްކަލާނގެ ލެއްވީމެވެ. |
|
5686 | 78 | 14 | وأنزلنا من المعصرات ماء ثجاجا |
| | | އަދި ވާރޭވިލާތަކުގެ ތެރެއިން އޮހިގެންއަންނަ ފެން، ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. |
|
5687 | 78 | 15 | لنخرج به حبا ونباتا |
| | | އެ ފެނުގެ ސަބަބުން، އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށްޓަކައެވެ. |
|
5688 | 78 | 16 | وجنات ألفافا |
| | | އަދި ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ. |
|
5689 | 78 | 17 | إن يوم الفصل كان ميقاتا |
| | | ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ. |
|
5690 | 78 | 18 | يوم ينفخ في الصور فتأتون أفواجا |
| | | ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشر ބިމަށް) ބައިބަޔަށް އަންނާނޫއެވެ. |
|
5691 | 78 | 19 | وفتحت السماء فكانت أبوابا |
| | | އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ. |
|