نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5328 | 69 | 5 | فأما ثمود فأهلكوا بالطاغية |
| | | ފަހެ، ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ. |
|
5329 | 69 | 6 | وأما عاد فأهلكوا بريح صرصر عاتية |
| | | އަދި عاد ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ. |
|
5330 | 69 | 7 | سخرها عليهم سبع ليال وثمانية أيام حسوما فترى القوم فيها صرعى كأنهم أعجاز نخل خاوية |
| | | އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ قوم ގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ. |
|
5331 | 69 | 8 | فهل ترى لهم من باقية |
| | | ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެެވެ؟ |
|
5332 | 69 | 9 | وجاء فرعون ومن قبله والمؤتفكات بالخاطئة |
| | | އަދި فرعون އާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ. |
|
5333 | 69 | 10 | فعصوا رسول ربهم فأخذهم أخذة رابية |
| | | ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އާއަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ ގަދަފަދަވެގެންވާ عذاب ގެ ހިއްޕެވުމަކުން އެއުރެން ހިއްޕެވިއެވެ. |
|
5334 | 69 | 11 | إنا لما طغى الماء حملناكم في الجارية |
| | | ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ. |
|
5335 | 69 | 12 | لنجعلها لكم تذكرة وتعيها أذن واعية |
| | | އެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ. |
|
5336 | 69 | 13 | فإذا نفخ في الصور نفخة واحدة |
| | | ފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ. |
|
5337 | 69 | 14 | وحملت الأرض والجبال فدكتا دكة واحدة |
| | | އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ. |
|