نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5297 | 68 | 26 | فلما رأوها قالوا إنا لضالون |
| | | ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ حال ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ. |
|
5298 | 68 | 27 | بل نحن محرومون |
| | | އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) محروم ވެގެންވާ ބަޔަކީމުއެވެ. |
|
5299 | 68 | 28 | قال أوسطهم ألم أقل لكم لولا تسبحون |
| | | އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (اللَّه ހަނދުމަކޮށް) تسبيح ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟ |
|
5300 | 68 | 29 | قالوا سبحان ربنا إنا كنا ظالمين |
| | | އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ. |
|
5301 | 68 | 30 | فأقبل بعضهم على بعض يتلاومون |
| | | ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ. |
|
5302 | 68 | 31 | قالوا يا ويلنا إنا كنا طاغين |
| | | އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައެވެ. |
|
5303 | 68 | 32 | عسى ربنا أن يبدلنا خيرا منها إنا إلى ربنا راغبون |
| | | އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ نعمة އެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ. |
|
5304 | 68 | 33 | كذلك العذاب ولعذاب الآخرة أكبر لو كانوا يعلمون |
| | | عذاب ހުރީ އެފަދައިންނެވެ. އަދި آخرة ގެ عذاب (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ. |
|
5305 | 68 | 34 | إن للمتقين عند ربهم جنات النعيم |
| | | ހަމަކަށަވަރުން، تقوى ވެރިންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި نعمة ގެ ސުވަރުގެތައްވެއެވެ. |
|
5306 | 68 | 35 | أفنجعل المسلمين كالمجرمين |
| | | ފަހެ، ތިމަންރަސްކަލާނގެ (ކިޔަމަންތެރި) مسلم ން (كافر ވި) ކުށްވެރިންނާ އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟ |
|