نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4968 | 55 | 67 | فبأي آلاء ربكما تكذبان |
| | | (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|
4969 | 55 | 68 | فيهما فاكهة ونخل ورمان |
| | | އެ ދެތާނގައި މޭވާއާއި، ކަދުރުރުކާއި، އަދި އަންނާރު ވެއެވެ. |
|
4970 | 55 | 69 | فبأي آلاء ربكما تكذبان |
| | | (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|
4971 | 55 | 70 | فيهن خيرات حسان |
| | | ހެޔޮކަން ބޮޑު، ރީތި އަނބީން އެތަންތާނގައިވެއެވެ. |
|
4972 | 55 | 71 | فبأي آلاء ربكما تكذبان |
| | | (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|
4973 | 55 | 72 | حور مقصورات في الخيام |
| | | (އެއީ) ފޭލިގެތަކުގައި ފަރުދާވެވިގެންވާ حور ންތަކެކެވެ. |
|
4974 | 55 | 73 | فبأي آلاء ربكما تكذبان |
| | | (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|
4975 | 55 | 74 | لم يطمثهن إنس قبلهم ولا جان |
| | | އެއުރެންގެ ކުރިން، އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ. |
|
4976 | 55 | 75 | فبأي آلاء ربكما تكذبان |
| | | (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|
4977 | 55 | 76 | متكئين على رفرف خضر وعبقري حسان |
| | | ފެހިކުލައިގެ ބާލީސްތަކުގައި ލެނގިލައިގެން، އަދި مخمل ގެ ގޮދަޑިތަކާއި، ރީތި ދޫލަތަކުގައި ތިބޭ حال ގައެވެ. |
|