نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4834 | 53 | 50 | وأنه أهلك عادا الأولى |
| | | އަދި ކުރީގެ عاد ބާގައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވީވެސް އެކަލާނގެއެވެ. |
|
4835 | 53 | 51 | وثمود فما أبقى |
| | | އަދި ثمود ބާގައިމީހުންގެ އެކަކުވެސް ނުބަހައްޓަވައި ހަލާކުކުރެއްވިއެވެ. |
|
4836 | 53 | 52 | وقوم نوح من قبل إنهم كانوا هم أظلم وأطغى |
| | | އަދި އޭގެކުރިން نوح ގެފާނުގެ قوم ގެމީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެންވީ އަނިޔާވެރިކަންބޮޑު، އަދި އުރެދުންބޮޑު ބަޔަކު ކަމުގައެވެ. |
|
4837 | 53 | 53 | والمؤتفكة أهوى |
| | | އަދި لوط ބާގައިމީހުންގެ ރަށް ބަންޑުންޖައްސަވައި ވައްޓަވައިލެއްވިއެވެ. |
|
4838 | 53 | 54 | فغشاها ما غشى |
| | | ފަހެ، އެރަށަށް ޖެއްސެވި عذاب އެއް ޖެއްސެވިއެވެ. |
|
4839 | 53 | 55 | فبأي آلاء ربك تتمارى |
| | | ފަހެ، ތިބާ شك ކުރަނީ ތިބާގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ |
|
4840 | 53 | 56 | هذا نذير من النذر الأولى |
| | | މިއީ (އެބަހީ: محمد ގެފާނީ) އިސްވެދިޔަ نذير ންފަދަ نذير އެކެވެ. |
|
4841 | 53 | 57 | أزفت الآزفة |
| | | قيامة ދުވަސް ގާތްވެއްޖެއެވެ. |
|
4842 | 53 | 58 | ليس لها من دون الله كاشفة |
| | | اللَّه މެނުވީ އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ. |
|
4843 | 53 | 59 | أفمن هذا الحديث تعجبون |
| | | اللَّه މެނުވީ އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ. |
|