نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4474 | 45 | 1 | بسم الله الرحمن الرحيم حم |
| | | ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) |
|
4475 | 45 | 2 | تنزيل الكتاب من الله العزيز الحكيم |
| | | މިއީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ. |
|
4476 | 45 | 3 | إن في السماوات والأرض لآيات للمؤمنين |
| | | ހަމަކަށަވަރުން، مؤمن ންނަށް އުޑުތަކާއި، ބިމުގައި (اللَّه ގެ قدرة ތެރިކަމުގެ) ހެކިތަކެއްވާކަން ކަށަވަރެވެ. |
|
4477 | 45 | 4 | وفي خلقكم وما يبث من دابة آيات لقوم يوقنون |
| | | އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި، އެކަލާނގެ ފަތުރުއްވާފައިވާ (އެންމެހާ) ދިރޭތަކެތީގައި يقين ކުރާ ބަޔަކަށް ހެކިތަކެއްވެއެވެ. |
|
4478 | 45 | 5 | واختلاف الليل والنهار وما أنزل الله من السماء من رزق فأحيا به الأرض بعد موتها وتصريف الرياح آيات لقوم يعقلون |
| | | އަދި ރޭދުވާ ތަފާތުވުމުގައްޔާއި، ބިން މަރުވުމަށްފަހު، اللَّه، އުޑުން ވެއްސެވި رزق ން (އެބަހީ: ވާރޭފެނުން) އެ ބިން ދިރުއްވިކަމާއި، ވައިރޯޅި (އެކިފަރާތްފަރާތަށް) ހިންގެވުމުގައި، ވިސްނާބަޔަކަށް ހެކިތަކެއްވެއެވެ. |
|
4479 | 45 | 6 | تلك آيات الله نتلوها عليك بالحق فبأي حديث بعد الله وآياته يؤمنون |
| | | އެއީ اللَّه ގެ آية ތަކެވެ. حق (ތެދު) ގޮތުގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ آية ތައް ކިޔައިދެއްވަމެވެ. ފަހެ، اللَّه ގެ ފޮތާއި، އެކަލާނގެ آية ތަކަށްފަހުގައި، އެއުރެން إيمان ވާނީ ކޮންވާހަކަޔަކަށް ހެއްޔެވެ؟ |
|
4480 | 45 | 7 | ويل لكل أفاك أثيم |
| | | ދޮގުހަދާ، ފާފަވެރި ކޮންމެ މީހަކަށް ހަލާކާއި ގެއްލުން ހުށްޓެވެ. |
|
4481 | 45 | 8 | يسمع آيات الله تتلى عليه ثم يصر مستكبرا كأن لم يسمعها فبشره بعذاب أليم |
| | | اللَّه ގެ آية ތައް އެމީހަކަށް ކިޔައިދެވޭ އަޑުއަހައިމެ، ދެން އޭގެ އަޑު ނާހާފަދައިން ބޮޑާވެގަތުމާއެކު (كافر ކަންމަތީ ދެމިހުރުމަށް) ގަދަހަދާ މީހާޔަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! |
|
4482 | 45 | 9 | وإذا علم من آياتنا شيئا اتخذها هزوا أولئك لهم عذاب مهين |
| | | އަދި ތިމަންރަސްކަލާނގެ آية ތަކުން އެއްޗެއް އޭނާއަށް އެނގިއްޖެނަމަ، އެއެއްޗެއް ފުރައްސާރައަކަށް ހަދައިގެން އުޅެތެވެ. އެއުރެންނަށް އިހާނަތްތެރިކަންދެނިވި عذاب ހުށްޓެވެ. |
|
4483 | 45 | 10 | من ورائهم جهنم ولا يغني عنهم ما كسبوا شيئا ولا ما اتخذوا من دون الله أولياء ولهم عذاب عظيم |
| | | އެއުރެންގެ ފަހަތުގައިވަނީ ނަރަކަޔެވެ. އަދި އެއުރެން ހޯދި އެއްޗަކުން ނުވަތަ اللَّه ފިޔަވައި އެއުރެން އެހީތެރިން ކަމުގައި ހިފިތަކެއްޗަކުން، އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. |
|