نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4465 | 44 | 51 | إن المتقين في مقام أمين |
| | | ހަމަކަށަވަރުން، تقوى ވެރިން ތިބޭހުށީ އަމާންކަން ލިބިގެންވާ ތަނެއްގައެވެ. |
|
4466 | 44 | 52 | في جنات وعيون |
| | | ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ. |
|
4467 | 44 | 53 | يلبسون من سندس وإستبرق متقابلين |
| | | އެއުރެން ލައިއުޅޭހުށީ، سُندس އާއި، إستبرق ފޭރާމެވެ. ތިބޭހުށީ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައިގެންނެވެ. |
|
4468 | 44 | 54 | كذلك وزوجناهم بحور عين |
| | | (ކަންހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން حورالعين ންނާ ކާވެނިކޮށްދެއްވާހުށީމެވެ. |
|
4469 | 44 | 55 | يدعون فيها بكل فاكهة آمنين |
| | | އެތާނގައި އަމާންކަންމަތީގައި ތިބޭ حال، ހުރިހާ ބާވަތެއްގެ މޭވާ ގެނައުމަށް އެއުރެން އެދޭނެތެވެ. |
|
4470 | 44 | 56 | لا يذوقون فيها الموت إلا الموتة الأولى ووقاهم عذاب الجحيم |
| | | ފުރަތަމަފަހަރު މަރުވި މަރުވުން ފިޔަވައި، އެތާނގައި އެއުރެން މަރުގެ ރަހައެއް ނުދެކޭނެތެވެ. އަދި ނަރަކައިގެ عذاب ން، އެކަލާނގެ އެއުރެން ސަލާމަތްކުރައްވާނެތެވެ. |
|
4471 | 44 | 57 | فضلا من ربك ذلك هو الفوز العظيم |
| | | ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި فضل ވަންތަވެރިކަމެއްގެ ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމައެއީއެވެ. |
|
4472 | 44 | 58 | فإنما يسرناه بلسانك لعلهم يتذكرون |
| | | ފަހެ، ތިމަންރަސްކަލާނގެ، އެފޮތް ކަލޭގެފާނުގެ ބަހުން ފަސޭހަކޮށްދެއްވިކަން ކަށަވަރީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ. |
|
4473 | 44 | 59 | فارتقب إنهم مرتقبون |
| | | ފަހެ، ކަލޭގެފާނު ބަލަބަލައި ހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް ބަލަބަލައި ތިބޭނެތެވެ. |
|
4474 | 45 | 1 | بسم الله الرحمن الرحيم حم |
| | | ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) |
|