نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
75 | 2 | 68 | قالوا ادع لنا ربك يبين لنا ما هي قال إنه يقول إنها بقرة لا فارض ولا بكر عوان بين ذلك فافعلوا ما تؤمرون |
| | | އެއުރެން ދެންނެވޫއެވެ. އެއީ ކޮންކަހަލަ ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއް ނޫނެވެ. ޅަގެރިއެއްވެސް ނޫނެވެ. އެ ދެމެދުގެ ގެރިއެކެވެ. ފަހެ، ތިޔަބައިމީހުންނަށް أمر ކުރައްވާ ކަންތައް ތިޔަބައިމީހުން ކުރާށެވެ! |
|
76 | 2 | 69 | قالوا ادع لنا ربك يبين لنا ما لونها قال إنه يقول إنها بقرة صفراء فاقع لونها تسر الناظرين |
| | | އެއުރެން ދެންނެވޫއެވެ. އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. އެއީ، ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ. |
|
77 | 2 | 70 | قالوا ادع لنا ربك يبين لنا ما هي إن البقر تشابه علينا وإنا إن شاء الله لمهتدون |
| | | އެއުރެން ދެންނެވޫއެވެ. އެއީ ކޮން ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! (އެހެނީ) ހަމަކަށަވަރުން (ތިޔަ ސިފަކުރައްވާ) ގެރި އަޅުގަނޑުމެންނަށް އޮޅިއްޖެއެވެ. اللَّه އިރާދަކުރެއްވިއްޔާ ހަމަކަށަވަރުން ތިމަންމެން ވާހުށީ (އެކަމަށް) ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައެވެ. |
|
78 | 2 | 71 | قال إنه يقول إنها بقرة لا ذلول تثير الأرض ولا تسقي الحرث مسلمة لا شية فيها قالوا الآن جئت بالحق فذبحوها وما كادوا يفعلون |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދަނޑުބިމުގެ ފަސްގަނޑުޖަހާ ނިކަމެތި ގެރިއެއް ނޫނެވެ. އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ. (عيب ތަކުން) ސަލާމަތް ވެގެންވާ، އޭގައި އެއްވެސް ލަފެއްނެތް ގެރިއެކެވެ. އެއުރެން ދެންނެވޫއެވެ. މިހާރު ކަލޭގެފާނު އޮޅުމެއްނެތް ސާފުބަޔާން ގެނެސްދެއްވައިފީމުއެވެ. ދެން އެއުރެން އެ ގެރި ކަތިލައިފޫއެވެ. އެއުރެންތިބީ، އެކަން ކުރާހިތަކުން ނޫނެވެ. |
|
79 | 2 | 72 | وإذ قتلتم نفسا فادارأتم فيها والله مخرج ما كنتم تكتمون |
| | | ތިޔަބައިމީހުން މީހަކު މަރާލާފައި، އެ މަރާމެދު ދެބަސްވެ خلاف ވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން ވަންހަނާކޮށްއުޅުނު ކަންތައް، اللَّه ހާމަކުރައްވައި، ނެރުއްވާހުށްޓެވެ. |
|
80 | 2 | 73 | فقلنا اضربوه ببعضها كذلك يحيي الله الموتى ويريكم آياته لعلكم تعقلون |
| | | ދެން ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭގެ (އެބަހީ: އެ ކަތިލި ގެރީގެ) އެތިކޮޅަކުން، އެ (މަރުވެފައިވާ) މީހާގެ ގައިގައި ތިޔަބައިމީހުން ޖަހާށެވެ! (ދެން އެއުރެން ޖެހި ހިނދު، އެމީހާ އަލުން ދިރިއްޖެއެވެ.) މަރުވެފައިވާ ތަކެތި، اللَّه އަލުން ދިރުއްވަނީ އެފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދައްކަވަނީވެސް، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަތުމަށްޓަކައެވެ. |
|
81 | 2 | 74 | ثم قست قلوبكم من بعد ذلك فهي كالحجارة أو أشد قسوة وإن من الحجارة لما يتفجر منه الأنهار وإن منها لما يشقق فيخرج منه الماء وإن منها لما يهبط من خشية الله وما الله بغافل عما تعملون |
| | | ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ، އެ ހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ. (އެހެނީ) ހަމަކަށަވަރުން، އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެ ތެރެއިންވެއެވެ. އަދި ހަމަކަށަވަރުން، ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަވެސް އޭގެތެރެއިން ވެއެވެ. އަދި ހަމަކަށަވަރުން، اللَّه އަށް ބިރުުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އޭގެތެރެއިން ވެއެވެ. ތިޔަބައިމީހުން ކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ. |
|
82 | 2 | 75 | أفتطمعون أن يؤمنوا لكم وقد كان فريق منهم يسمعون كلام الله ثم يحرفونه من بعد ما عقلوه وهم يعلمون |
| | | ފަހެ، ތިޔަބައިމީހުންނަށް (އެބަހީ: رسول އާ އާއި مؤمن ންގެ ގޮވާލުމަށް) އެއުރެން (އިޖާބަދީ) إيمان ވުމަށް، ތިޔަބައިމީހުން އުންމީދު ކުރަނީ ހެއްޔެވެ؟ اللَّه ގެ كلام ފުޅު އަހައި، އެއުރެން އެ كلام ފުޅު ވިސްނައި ދެނެގަތުމަށްފަހު، އެއުރެން ދެނެތިބެ، ދެން އެ كلام ފުޅު ބަދަލުކުރާ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ. |
|
83 | 2 | 76 | وإذا لقوا الذين آمنوا قالوا آمنا وإذا خلا بعضهم إلى بعض قالوا أتحدثونهم بما فتح الله عليكم ليحاجوكم به عند ربكم أفلا تعقلون |
| | | އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އަދި އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، އެއްތަންވެއްޖެނަމަ، އެއުރެން ބުނެތެވެ. (توراة ގައި) اللَّه ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައި އަންގަވާފައިވާ އެންގެވުންތަކުގެ ވާހަކަ އެއުރެންނަށް (އެބަހީ: مسلم ންނަށް) ތިޔަބައިމީހުން ކިޔައިދެނީ ހެއްޔެވެ؟ (އޭރުން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި އެއިން ތިޔަބައިމީހުންގެ މައްޗަށް އެއުރެން (އެބަހީ: مسلم ން) حجة ދައްކައިފާނެތެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟ |
|
84 | 2 | 77 | أولا يعلمون أن الله يعلم ما يسرون وما يعلنون |
| | | އެއުރެން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހާ ކަންތައް، اللَّه ދެނެވޮޑިގެންވާކަން، އެއުރެން ނުދަންނަނީހެއްޔެވެ؟ |
|