نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4346 | 43 | 21 | أم آتيناهم كتابا من قبله فهم به مستمسكون |
| | | ނުވަތަ އޭގެކުރިން (އެބަހީ: قرآن ގެ ކުރިން) ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވައި، ފަހެ، އެއުރެން އެފޮތުގައި ހިފަހައްޓަނީ ހެއްޔެވެ؟ |
|
4347 | 43 | 22 | بل قالوا إنا وجدنا آباءنا على أمة وإنا على آثارهم مهتدون |
| | | އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ހަމަކަށަވަރުން، ދުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން ހިނގަނީއެވެ. |
|
4348 | 43 | 23 | وكذلك ما أرسلنا من قبلك في قرية من نذير إلا قال مترفوها إنا وجدنا آباءنا على أمة وإنا على آثارهم مقتدون |
| | | އަދި ހަމައެފަދައިން އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން تبع ވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް إنذار ކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ. |
|
4349 | 43 | 24 | قال أولو جئتكم بأهدى مما وجدتم عليه آباءكم قالوا إنا بما أرسلتم به كافرون |
| | | އެބޭކަލަކު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ دين އެއްގެ މަތީގައި ވަނިކޮށް ތިޔަބައިމީހުން ދުށް دين އަށްވުރެ حق ކަންބޮޑު دين އަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިމަންކަލޭގެފާނު ވަޑައިގަތްކަމުގައިވިޔަސް ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެ دين އަކާއިގެން ތިޔަބޭކަލުން ފޮނުއްވެވި دين އަށް ތިމަންމެންވަނީ كافر ވެގެންނެވެ. |
|
4350 | 43 | 25 | فانتقمنا منهم فانظر كيف كان عاقبة المكذبين |
| | | ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ދޮގުކުރާ މީހުންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! |
|
4351 | 43 | 26 | وإذ قال إبراهيم لأبيه وقومه إنني براء مما تعبدون |
| | | إبراهيم ގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. |
|
4352 | 43 | 27 | إلا الذي فطرني فإنه سيهدين |
| | | އިސްވެދިޔަ مثال އަކާނުލައި ތިމަން ހެއްދެވި ރަސްކަލާނގެ މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ. |
|
4353 | 43 | 28 | وجعلها كلمة باقية في عقبه لعلهم يرجعون |
| | | އަދި އެބަސްފުޅު (އެބަހީ: لاإله إلاّاللَّه މި كلمة ފުޅު) އެކަލޭގެފާނުގެ ދަރިކޮޅުގައި ދެމިއޮންނާނޭ ބަސްފުޅެއްކަމުގައި ލެއްވިއެވެ. އެއީ اللَّه ގެ މަގަށް އެއުރެން رجوع ވުމަށްޓަކައެވެ. |
|
4354 | 43 | 29 | بل متعت هؤلاء وآباءهم حتى جاءهم الحق ورسول مبين |
| | | އަދި ކިއެއްތަ! ތިމަންރަސްކަލާނގެ މިބައިމީހުންނާއި، އެއުރެންގެ ކާބަފައިން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ. حق ފޮތާއި، بيان ކޮށްދެއްވާ رسول އަކު އެއުރެންގެގާތަށް ވަޑައިގެންފުމަށް ދާނދެނެވެ. |
|
4355 | 43 | 30 | ولما جاءهم الحق قالوا هذا سحر وإنا به كافرون |
| | | އަދި حق ފޮތް (އެބަހީ: ކީރިތި قرآن) އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނޫއެވެ. މިއީ ޖާދޫއެކެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، އެއަށް كافر ވެގެންނެވެ. |
|