نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3063 | 26 | 131 | فاتقوا الله وأطيعون |
| | | ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
|
3064 | 26 | 132 | واتقوا الذي أمدكم بما تعلمون |
| | | ތިޔަބައިމީހުން ދަންނަ نعمة ތަކުން ތިޔަބައިމީހުންނަށް مدد ދެއްވި ރަސްކަލާނގެއަށް تقوى ވެރިވާށެވެ! |
|
3065 | 26 | 133 | أمدكم بأنعام وبنين |
| | | ތިޔަބައިމީހުން ދަންނަ نعمة ތަކުން ތިޔަބައިމީހުންނަށް مدد ދެއްވި ރަސްކަލާނގެއަށް تقوى ވެރިވާށެވެ! |
|
3066 | 26 | 134 | وجنات وعيون |
| | | نعم ސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް نعمة ދެއްވިއެވެ. |
|
3067 | 26 | 135 | إني أخاف عليكم عذاب يوم عظيم |
| | | ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ. |
|
3068 | 26 | 136 | قالوا سواء علينا أوعظت أم لم تكن من الواعظين |
| | | އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު نصيحة ދެއްވިޔަސް، ނުވަތަ نصيحة ދޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަތަސް، ތިމަންމެންނަށް ހަމަހަމަވެގެންވެއެވެ. |
|
3069 | 26 | 137 | إن هذا إلا خلق الأولين |
| | | މިއީ އިސްވެދިޔަމީހުންގެ އާދަކަމުގައި ނޫނީ ނުވެތެވެ. |
|
3070 | 26 | 138 | وما نحن بمعذبين |
| | | އަދި عذاب ލިބޭނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. |
|
3071 | 26 | 139 | فكذبوه فأهلكناهم إن في ذلك لآية وما كان أكثرهم مؤمنين |
| | | ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: هود ގެފާނު) ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ. |
|
3072 | 26 | 140 | وإن ربك لهو العزيز الرحيم |
| | | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
|