نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3033 | 26 | 101 | ولا صديق حميم |
| | | އަދި ގާތް رحمة ތެރިޔަކުވެސް ނުވެއެވެ. |
|
3034 | 26 | 102 | فلو أن لنا كرة فنكون من المؤمنين |
| | | ތިމަންމެންނަށް އަދި އެއްފަހަރު (ދުނިޔެއަށް) رجوع ވުމެއް ލިބޭނެ ނަމައެވެ. ފަހެ، އޭރުން ތިމަންމެން مؤمن ންގެ ތެރެއިން ވާހުށީމުއެވެ. |
|
3035 | 26 | 103 | إن في ذلك لآية وما كان أكثرهم مؤمنين |
| | | ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ. |
|
3036 | 26 | 104 | وإن ربك لهو العزيز الرحيم |
| | | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
|
3037 | 26 | 105 | كذبت قوم نوح المرسلين |
| | | نوح ގެފާނުގެ قوم ގެމީހުން رسول ން ދޮގުކުރޫއެވެ. |
|
3038 | 26 | 106 | إذ قال لهم أخوهم نوح ألا تتقون |
| | | (އެއީ) އެއުރެންނަށް އެއުރެންގެ أخ، نوح ގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟ |
|
3039 | 26 | 107 | إني لكم رسول أمين |
| | | ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ. |
|
3040 | 26 | 108 | فاتقوا الله وأطيعون |
| | | ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
|
3041 | 26 | 109 | وما أسألكم عليه من أجر إن أجري إلا على رب العالمين |
| | | އަދި އަހުރެން އެ رسول ކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ، އަހުރެންނަށް ثواب ދެއްވުމެއްނުވެއެވެ. |
|
3042 | 26 | 110 | فاتقوا الله وأطيعون |
| | | ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
|