نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2998 | 26 | 66 | ثم أغرقنا الآخرين |
| | | ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافر ން) غرق ކުރެއްވީމެވެ. |
|
2999 | 26 | 67 | إن في ذلك لآية وما كان أكثرهم مؤمنين |
| | | ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ. |
|
3000 | 26 | 68 | وإن ربك لهو العزيز الرحيم |
| | | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
|
3001 | 26 | 69 | واتل عليهم نبأ إبراهيم |
| | | (އޭ محمد ގެފާނެވެ!) ކަލޭގެފާނު، އެއުރެންނަށް إبراهيم ގެފާނުގެ خبر ކިޔައިދެއްވާށެވެ! |
|
3002 | 26 | 70 | إذ قال لأبيه وقومه ما تعبدون |
| | | (އެއީ) އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް، ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހޭ، ވިދާޅުވި ހިނދެވެ. |
|
3003 | 26 | 71 | قالوا نعبد أصناما فنظل لها عاكفين |
| | | އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރަނީ، ބުދުތަކަކަށެވެ. ފަހެ، އެތަކެއްޗަށް އަޅުކަންކުރުންމަތީ ތިމަންމެން ދެމިތިބޭނޫއެވެ. |
|
3004 | 26 | 72 | قال هل يسمعونكم إذ تدعون |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެތަކެއްޗަށް دعاء ކޮށް ގޮވާހިނދު، އެތަކެއްޗަށް ތިޔަބައިމީހުންގެ އަޑު އިވޭހެއްޔެވެ؟ |
|
3005 | 26 | 73 | أو ينفعونكم أو يضرون |
| | | ނުވަތަ އެތަކެތި ތިޔަބައިމީހުންނަށް މަންފާއެއް ކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއް ދޭހެއްޔެވެ؟ |
|
3006 | 26 | 74 | قالوا بل وجدنا آباءنا كذلك يفعلون |
| | | އެއުރެން ދެންނެވޫއެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެންގެ ކާބަފައިން އެފަދައިން ކަންތައްކުރާތީ ތިމަންމެން ދުށީމުއެވެ. |
|
3007 | 26 | 75 | قال أفرأيتم ما كنتم تعبدون |
| | | އެއުރެން ދެންނެވޫއެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެންގެ ކާބަފައިން އެފަދައިން ކަންތައްކުރާތީ ތިމަންމެން ދުށީމުއެވެ. |
|