نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2869 | 25 | 14 | لا تدعوا اليوم ثبورا واحدا وادعوا ثبورا كثيرا |
| | | މިއަދު ތިޔަބައިމީހުން އެންމެ ހަލާކަކަށްއެދި ނުގޮވާށެވެ! އަދި އެތައް ހަލާކުތަކަކަށްއެދި ތިޔަބައިމީހުން ގޮވާށެވެ! |
|
2870 | 25 | 15 | قل أذلك خير أم جنة الخلد التي وعد المتقون كانت لهم جزاء ومصيرا |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ހެޔޮކަންބޮޑީ އެގޮތްހެއްޔެވެ؟ ނުވަތަ تقوى ވެރިންނަށް وعد ކުރައްވާފައިވާ، ދެމިތިބުމުގެ ސުވަރުގެ ހެއްޔެވެ؟ އެއުރެންނަށް ޖަޒާއެއްކަމުގައި އެ ސުވަރުގެ ވެއެވެ. އަދި އެންމެފަހުން رجوع ވަނިވި ތަނެއްކަމުގައިވެސް (އެތަން) ވޭމެއެވެ. |
|
2871 | 25 | 16 | لهم فيها ما يشاءون خالدين كان على ربك وعدا مسئولا |
| | | އެއުރެން އެދޭހާ ކަމެއް އެ ސުވަރުގޭގައި އެއުރެންނަށް ހުށްޓެވެ. ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން (އެއުރެންނަށް) ފުއްދަވާނޭ وعد އެއް ކަމުގައި އެކަންތައް ވިއެވެ. |
|
2872 | 25 | 17 | ويوم يحشرهم وما يعبدون من دون الله فيقول أأنتم أضللتم عبادي هؤلاء أم هم ضلوا السبيل |
| | | އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާއެކު، އެއުރެން محشر އަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެކަލާނގެ وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ މިތިބަ އަޅުން މަގުފުރެއްދީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެއުރެން (އަމިއްލައަށް) މަގުފުރެދުނީ ހެއްޔެވެ؟ |
|
2873 | 25 | 18 | قالوا سبحانك ما كان ينبغي لنا أن نتخذ من دونك من أولياء ولكن متعتهم وآباءهم حتى نسوا الذكر وكانوا قوما بورا |
| | | އެއުރެން ދަންނަވާނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ ފިޔަވައި އެހެން އެހީތެރިފަރާތްތަކެއް ހިފުމަކީ، ތިމަންމެންނަށް އެކަށީގެންވާ ކަމެއްކަމުގައި ނުވެއެވެ. އެހެނެއްކަމަކު، އިބަރަސްކަލާނގެ އެއުރެންނަށާއި، އެއުރެންގެ ކާބަފައިންނަށް ފަސޭހަ ދިރިއުޅުމާއި، نعمة ދެއްވީމުއެވެ. وعظ އާއި نصيحة ގެ މަތިން އެއުރެން ހަނދާން ނައްތައިފުމަށް ދާނދެނެވެ. އަދި ގެއްލި ހަލާކުވި ބަޔަކުކަމުގައި، އެއުރެން ވޫއެވެ. |
|
2874 | 25 | 19 | فقد كذبوكم بما تقولون فما تستطيعون صرفا ولا نصرا ومن يظلم منكم نذقه عذابا كبيرا |
| | | ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ބުނެއުޅުނު ބަސްތަކުން (އެބަހީ: އެއުރެންނަކީ، ތިޔަބައިމީހުންގެ إله ން ކަމަށް ބުނެއުޅުނު ބަސްތަކުން) އެއުރެން (އެބަހީ: އެއަޅުކަންވެވުނު ފަރާތްތައް) ތިޔަބައިމީހުން ދޮގުކުރޫއެވެ. ފަހެ، عذاب ދުރުކުރުމަކަށް، ނުވަތަ نصر ލިބިގަތުމަކަށް، ތިޔަބައިމީހުންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. ތިޔަބައިމީހުންކުރެ އަނިޔާވެރިވާ މީހާ (ދަންނާށެވެ!) ބޮޑުވެގެންވާ عذاب ގެރަހަ، ތިމަންރަސްކަލާނގެ އެމީހަކަށް ދައްކަވާހުށީމެވެ. |
|
2875 | 25 | 20 | وما أرسلنا قبلك من المرسلين إلا إنهم ليأكلون الطعام ويمشون في الأسواق وجعلنا بعضكم لبعض فتنة أتصبرون وكان ربك بصيرا |
| | | ހަމަކަށަވަރުން، ކާތަކެތި ފަރީއްކުޅުއްވައި، ބާޒާރުތަކުގައި ހިންގަވައި އުޅުއްވާ ބޭކަލުން މެނުވީ، ކަލޭގެފާނުގެ ކުރިންވެސް رسول ންގެ ތެރެއިން އެއްވެސް رسول އަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް امتحان އެއްކަމުގައި ލެއްވީމެވެ. ތިޔަބައިމީހުން ކެތްކުރަމުހެއްޔެވެ؟ އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައިވެއެވެ. |
|
2876 | 25 | 21 | وقال الذين لا يرجون لقاءنا لولا أنزل علينا الملائكة أو نرى ربنا لقد استكبروا في أنفسهم وعتوا عتوا كبيرا |
| | | ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނޫއެވެ. ތިމަންމެންގެ މައްޗަށް ملائكة ން ބާވައިނުލެއްވީ، ނުވަތަ ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން، އެއުރެންގެ نفس ތަކާމެދު އެއުރެން ބޮޑާވެގަތޫއެވެ. އަނިޔާވެރިކަމުގައި ބޮޑުވެގެންވާ ހައްދުފަހަނަޅައިދިޔުމަކުން އެއުރެން ހައްދުފަހަނަޅައިދިޔައޫއެވެ. |
|
2877 | 25 | 22 | يوم يرون الملائكة لا بشرى يومئذ للمجرمين ويقولون حجرا محجورا |
| | | އެއުރެން ملائكة ން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން ކުށްވެރިންނަކަށް އުފާވެރިخبر އެއް ނެތެވެ. އަދި އެ ملائكة ން ވިދާޅުވާނެތެވެ. حرام ން حرام އެވެ. (އެބަހީ: ތިޔަބައިމީހުންގެ މައްޗަށް ސުވަރުގެއާއި، مغفرة އާއި، އުފާވެރި خبر، حرام ވެގެންވެއެވެ.) |
|
2878 | 25 | 23 | وقدمنا إلى ما عملوا من عمل فجعلناه هباء منثورا |
| | | އަދި عمل ގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި، އެ عمل ތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ. |
|