نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1201 | 8 | 41 | واعلموا أنما غنمتم من شيء فأن لله خمسه وللرسول ولذي القربى واليتامى والمساكين وابن السبيل إن كنتم آمنتم بالله وما أنزلنا على عبدنا يوم الفرقان يوم التقى الجمعان والله على كل شيء قدير |
| | | ތިޔަބައިމީހުން ދަންނާށެވެ! ތިޔަބައިމީހުން غنيمة ކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައިވަނީ اللَّه އަށާއި، (އެކަލާނގެ) رسول އާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ދަތުރުވެރިންނަށެވެ. (އެއީ) اللَّه އަށާއި، حق އާއި، باطل ވަކިވުމުގެ ދުވަހު، ދެ لشكر ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން إيمان ވާ ކަމުގައިވާނަމައެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (ނޯޓު: ގިނަ مفسّر ން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، غنيمة މުދާ ބެހެނީ ފަސްބަޔަކަށެވެ. އޭގެތެރެއިން ހަތަރުބައި ލިބެނީ، ހަނގުރާމައިގައި ބައިވެރިވި مسلم ންނަށެވެ. އަނެއްބައި خاص ކުރެވިގެންވަނީ، މި آية ގައި ނަންގަނެވިގެންވާ ފަސްބަޔަކަށެވެ. اللَّه އާއި، رسول އާގެ ބައި އެއީ އެއްބައެކެވެ.) |
|
1202 | 8 | 42 | إذ أنتم بالعدوة الدنيا وهم بالعدوة القصوى والركب أسفل منكم ولو تواعدتم لاختلفتم في الميعاد ولكن ليقضي الله أمرا كان مفعولا ليهلك من هلك عن بينة ويحيى من حي عن بينة وإن الله لسميع عليم |
| | | ތިޔަބައިމީހުން (بدر ގެވާދީގެ) ކައިރިފަރާތުގައި، އަދި އެއުރެން ދުރުފަރާތުގައި، އަދި ވިޔަފާރި قافلة ތިޔަބައިމީހުންނަށްވުރެ ތިރީ ބިިމުގައިވީހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން (އެ كافر ންގެ لشكر އާ ހަނގުރާމަ ކުރުމަށް) އެއްބަޔަކު އަނެއްބަޔަކަށް وعد ވީ ނަމަވެސް، ތިޔަބައިމީހުން އެ وعد ވީގޮތާ خلاف ވީހެވެ. އެހެނެއްކަމަކު (ދެ لشكر ބައްދަލުކުރުއްވީ) اللَّه ނިޔާކުރައްވާފައިވާ ކަމެއް ހަމަޖެހި، ނިމިގެން ދިޔުމަށްޓަކައެވެ. (އެއީ) ހަލާކުވެގެންދާ ބަޔަކު ސާފު ހެތްކާއެކު، ހަލާކުވެގެން ދިޔުމަށެވެ. އަދި ދިރިގެން އަންނާނޭ ބަޔަކު، ސާފު ހެތްކާއެކު، ދިރިގެން އައުމަށެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. |
|
1203 | 8 | 43 | إذ يريكهم الله في منامك قليلا ولو أراكهم كثيرا لفشلتم ولتنازعتم في الأمر ولكن الله سلم إنه عليم بذات الصدور |
| | | اللَّه، އެއުރެން (އެބަހީ: مشرك ންގެ لشكر) މަދު މީސްކޮޅެއްގެ ގޮތުގައި ކަލޭގެފާނަށް ހުވަފެންފުޅުގައި ދެއްކެވިހިނދު، ހަނދުމަކުރާށެވެ! އަދި އެއުރެން ގިނަބަޔަކު ކަމުގައި ދެއްކެވިނަމަ، ތިޔަބައިމީހުން ފިނޑިވެއްޖައީސްކަން ކަށަވަރެވެ. އަދި އެ ހަނގުރާމަކުރުމާމެދު، ތިޔަބައިމީހުން ދެބަސްވެގަންނަން ޖެހުނީސްކަން ކަށަވަރެވެ. ނަމަވެސް، اللَّه (ތިޔަބައިމީހުން) ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
1204 | 8 | 44 | وإذ يريكموهم إذ التقيتم في أعينكم قليلا ويقللكم في أعينهم ليقضي الله أمرا كان مفعولا وإلى الله ترجع الأمور |
| | | އަދި ތިޔަބައިމީހުން (ދެ لشكر) ބައްދަލުވީހިނދު، އެކަލާނގެ ތިޔަބައިމީހުންގެ ލޯތަކަށް އެއުރެން މަދު މީސްކޮޅެއްގެ ގޮތުގައި، ދައްކަވައި އަދި އެއުރެންގެ ލޯތަކަށް ތިޔަބައިމީހުން މަދުކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއީ އެކަލާނގެ ނިޔާކުރައްވާފައިވާ ކަމެއް ނިމިގެން ދިޔުމަށްޓަކައެވެ. އަދި އެންމެހާ ކަންތައް رجوع ކުރައްވާހުށީ، اللَّه ގެ حضرة އަށެވެ. |
|
1205 | 8 | 45 | يا أيها الذين آمنوا إذا لقيتم فئة فاثبتوا واذكروا الله كثيرا لعلكم تفلحون |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (كافر ންގެ ހަނގުރާމަވެރި) ބަޔަކާ ބައްދަލުވެއްޖެނަމަަ ސާބިތުވެ ތިބޭހުށިކަމެވެ! އަދި ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ. |
|
1206 | 8 | 46 | وأطيعوا الله ورسوله ولا تنازعوا فتفشلوا وتذهب ريحكم واصبروا إن الله مع الصابرين |
| | | އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ. |
|
1207 | 8 | 47 | ولا تكونوا كالذين خرجوا من ديارهم بطرا ورئاء الناس ويصدون عن سبيل الله والله بما يعملون محيط |
| | | ބޮޑާވެ، މީސްތަކުންނަށް ކަންދެއްކުމުގެ ގޮތުން، އަދި اللَّه ގެ މަގުން މީސްތަކުން ދުރުކުރާ حال، އެއުރެންގެ ގެދޮރުން ނުކުމެގެންދިޔަ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! اللَّه އީ، އެއުރެންކުރާ عمل ތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
1208 | 8 | 48 | وإذ زين لهم الشيطان أعمالهم وقال لا غالب لكم اليوم من الناس وإني جار لكم فلما تراءت الفئتان نكص على عقبيه وقال إني بريء منكم إني أرى ما لا ترون إني أخاف الله والله شديد العقاب |
| | | އެއުރެންގެ (ނުބައި) عمل ތަކަކީ، ޒީނަތްތެރި عمل ތަކެއް ކަމުގައި شيطان އާ އެއުރެންނަށް ދެއްކިހިނދު، ހަނދުމަކުރާށެވެ! އަދި އެކަލޭގެ (އެއުރެންނަށް) ބުންޏެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަށް ގަދަވެގަންނާނޭ އެއްވެސް މީހަކު، މީސްތަކުންގެ ތެރެޔަކުން ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަން މިހުރީ ތިޔަބައިމީހުންގެ ރައްކާތެރިޔަކަށެވެ. ފަހެ، ދެ لشكر، އެއްބަޔަކު، އަނެއްބަޔަކަށް ފެނިގެން އައިހިނދު، އެކަލޭގެ ފުރަގަސްދީ ފިލަން ދުއްވައިގަތެވެ. އަދި އެކަލޭގެ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކިބައިން ތިމަން ބަރީއަވެގެންވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ނުފެންނަ ކަންތައް، ތިމަންނާއަށް އެބަފެނެއެވެ. ހަމަކަށަވަރުން، اللَّه އަށް ތިމަން ބިރުގަނެއެވެ. އަދި اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. |
|
1209 | 8 | 49 | إذ يقول المنافقون والذين في قلوبهم مرض غر هؤلاء دينهم ومن يتوكل على الله فإن الله عزيز حكيم |
| | | منافق ންނާއި، އެއުރެންގެ ހިތްތަކުގައި (كفر ގެ) ބަލިމަޑުކަމެއްވާ މީހުން ބުނިހިނދު ހަނދުމަކުރާށެވެ! މިބައިމީހުންގެ (އެބަހީ: مسلم ންގެ) دين އެއުރެން ހެއްލުންތެރިކޮށްފިއެވެ. އަދި اللَّه އަށް وكيل ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. |
|
1210 | 8 | 50 | ولو ترى إذ يتوفى الذين كفروا الملائكة يضربون وجوههم وأدبارهم وذوقوا عذاب الحريق |
| | | ملائكة ން، كافر ވި މީހުންގެ މަރު ހިއްޕަވާހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އެއުރެންގެ މޫނުތަކުގައްޔާއި، ބުރިކަށި ތަކުގައި އެ ملائكة ން ތަޅުއްވާ حال ގައެވެ. އަދި (އެހިނދު އެ ملائكة ން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން އަނދައަނދާހުރި އަލިފާނުގެ عذاب ގެ ރަހަ ލިބިގަންނާށެވެ! |
|