نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1149 | 7 | 195 | ألهم أرجل يمشون بها أم لهم أيد يبطشون بها أم لهم أعين يبصرون بها أم لهم آذان يسمعون بها قل ادعوا شركاءكم ثم كيدون فلا تنظرون |
| | | އެއިން ހިނގާނޭ ފައިތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ބާރުދައްކައި އުޅޭނޭ އަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ދެކޭނޭ ލޯތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން އަހާނޭ ކަންފަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ބައިވެރިންތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! ދެން ތިމަންކަލޭގެފާނާމެދު މަކަރުވެރި ރޭވުން ރާވަމުން ގެންގޮސްބަލާށެވެ! އަދި ތިމަންކަލޭގެފާނަށްޓަކައި ލަސްނުކުރާށެވެ! |
|
1150 | 7 | 196 | إن وليي الله الذي نزل الكتاب وهو يتولى الصالحين |
| | | ހަމަކަށަވަރުން، ތިމަންގެ އެހީތެރި ފަރާތަކީ، اللَّه އެވެ. އެކަލާނގެއީ، ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، صالح ންނަށް އެހީތެރިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. |
|
1151 | 7 | 197 | والذين تدعون من دونه لا يستطيعون نصركم ولا أنفسهم ينصرون |
| | | އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށް އުޅޭ ފަރާތްތަކަށް، ތިޔަބައިމީހުންނަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެފަރާތްތަކުގެ އަމިއްލަ نفس ތަކަށްވެސް نصر އެއް ނުދެވޭނެތެވެ. |
|
1152 | 7 | 198 | وإن تدعوهم إلى الهدى لا يسمعوا وتراهم ينظرون إليك وهم لا يبصرون |
| | | ތިޔަބައިމީހުން އެތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެފަރާތްތަކަކަށް ނީވެތެވެ. އަދި އެފަރާތްތައް ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެތެވެ. ނަމަވެސް (حقيقة ގައި) އެފަރާތްތަކަކަށް (ކަލޭގެފާނެއް) ނުފެނެތެވެ. |
|
1153 | 7 | 199 | خذ العفو وأمر بالعرف وأعرض عن الجاهلين |
| | | ކަލޭގެފާނު عفو ކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! |
|
1154 | 7 | 200 | وإما ينزغنك من الشيطان نزغ فاستعذ بالله إنه سميع عليم |
| | | އަދި ހަމަކަށަވަރުން، شيطان އާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، اللَّّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. |
|
1155 | 7 | 201 | إن الذين اتقوا إذا مسهم طائف من الشيطان تذكروا فإذا هم مبصرون |
| | | ހަމަކަށަވަރުން، تقوى ވެރިވި މީހުންގައި شيطان އާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (اللََّه) ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ. |
|
1156 | 7 | 202 | وإخوانهم يمدونهم في الغي ثم لا يقصرون |
| | | އަދި އެ شيطان ންގެ أخ ން، އެއުރެން މަގު ފުރެއްދުމުގެ ތެރޭގައި ދަމަހައްޓައެވެ. ދެން އެކަންތަކުގައި އެއުރެން ދުލެއް ނުކުރެތެވެ. |
|
1157 | 7 | 203 | وإذا لم تأتهم بآية قالوا لولا اجتبيتها قل إنما أتبع ما يوحى إلي من ربي هذا بصائر من ربكم وهدى ورحمة لقوم يؤمنون |
| | | އަދި ކަލޭގެފާނު އެއުރެންނާ ހަމައަށް آية އެއް ނުގެންނަވައިފިނަމަ، އެއުރެން ދަންނަވާނެތެވެ. ކަލޭގެފާނު (އަމިއްލަފުޅަށް) އެކަން اختيار ނުކުރެއްވީ ކީއްވެގެންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު تبع ވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ތިމަންކަލޭގެފާނަށް އިއްވަވާ وحى އަށެވެ. މިއީ (އެބަހީ: މި قرآن އަކީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައި ހެކިތަކެކެވެ. އަދި إيمان ވާ ބަޔަކަށް ތެދުމަގެކެވެ. އަދި رحمة އެއްމެއެވެ. |
|
1158 | 7 | 204 | وإذا قرئ القرآن فاستمعوا له وأنصتوا لعلكم ترحمون |
| | | އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ. |
|