نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1071 | 7 | 117 | وأوحينا إلى موسى أن ألق عصاك فإذا هي تلقف ما يأفكون |
| | | ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ދެން (އެކަލޭގެފާނުގެ އަސާކޮޅު އެއްލެވީމާ) އެހާރުން އެ އަސާކޮޅު އެއުރެން ދޮގުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ. |
|
1072 | 7 | 118 | فوقع الحق وبطل ما كانوا يعملون |
| | | ފަހެ، حق ތެދު ފާޅުވެއްޖެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް باطل ވެގެން ހިނގައްޖެއެވެ. |
|
1073 | 7 | 119 | فغلبوا هنالك وانقلبوا صاغرين |
| | | ފަހެ، އެތާނގައި އެއުރެން ދެރަވެ ބަލިވެއްޖައޫއެވެ. އަދި އެއުރެން ނިކަމެތީންކަމުގައި ވެގެން ހިނގައްޖައޫއެވެ. |
|
1074 | 7 | 120 | وألقي السحرة ساجدين |
| | | އަދި އެ ޖާދޫގަރުން سجدة އަށް ތިރިވެއްޖައޫއެވެ. |
|
1075 | 7 | 121 | قالوا آمنا برب العالمين |
| | | އެއުރެން ބުނެފޫއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ. |
|
1076 | 7 | 122 | رب موسى وهارون |
| | | (އެއީ) موسى ގެފާނާއި، هارون ގެފާނުގެ ވެރިރަސްކަލާނގެއެވެ. |
|
1077 | 7 | 123 | قال فرعون آمنتم به قبل أن آذن لكم إن هذا لمكر مكرتموه في المدينة لتخرجوا منها أهلها فسوف تعلمون |
| | | فرعون ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ނުދެނީސް، ތިޔަބައިމީހުން އެކަލޭގެފާނަށް إيمان ވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ރަށުގެ أهل ވެރިން ރަށުން ނެރެލުމަށްޓަކައި ތިޔަބައިމީހުން ރަށުތެރޭގައި ރޭވި ރޭވުމެއްކަން ކަށަވަރެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ. |
|
1078 | 7 | 124 | لأقطعن أيديكم وأرجلكم من خلاف ثم لأصلبنكم أجمعين |
| | | ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. ދެން ހަމަކަށަވަރުން، ތިޔަހުރިހާ އެންމެން صليب އަށް އަރުވާހުށީމެވެ. |
|
1079 | 7 | 125 | قالوا إنا إلى ربنا منقلبون |
| | | އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރިދާހުށީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށެވެ. |
|
1080 | 7 | 126 | وما تنقم منا إلا أن آمنا بآيات ربنا لما جاءتنا ربنا أفرغ علينا صبرا وتوفنا مسلمين |
| | | ތިމަންމެންގެ ކިބައިން ތިޔަބަދަލުހިފަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ آية ތައް ތިމަންމެންނަށް އައުމުން، އެއަށް ތިމަންމެން إيمان ވުން ފިޔަވައި އެހެން ކަމަކަށްޓަކައެއްނޫނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި مسلم ން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ! |
|