نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3496 | 31 | 27 | ولو أنما في الأرض من شجرة أقلام والبحر يمده من بعده سبعة أبحر ما نفدت كلمات الله إن الله عزيز حكيم |
| | | އަދި ހަމަކަށަވަރުން، ބިމުގައިވާހާ ގަސްގަހާގެއްސަކީ، قلم ތަކެއްކަމުގައި ވެފައި، އަދި ކަނޑު (ދެލިކަމުގައިވެފައި) އޭގެފަހަށް ހަތްކަނޑު އެއާއެކުވިޔަސް، اللَّه ގެ كلمة ފުޅުތައް (އެއިން ލިޔެ) ހުހެއް ނުވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. |
|
3497 | 31 | 28 | ما خلقكم ولا بعثكم إلا كنفس واحدة إن الله سميع بصير |
| | | ތިޔަބައިމީހުން ހެއްދެވުންވެސް، އަދި ތިޔަބައިމީހުން އަލުން ދިރުއްވައި ފޮނުއްވުންވެސް އެއް نفس އެއް (ހެއްދެވުން) ފަދައިން މެނުވީ ނުވެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
3498 | 31 | 29 | ألم تر أن الله يولج الليل في النهار ويولج النهار في الليل وسخر الشمس والقمر كل يجري إلى أجل مسمى وأن الله بما تعملون خبير |
| | | ހަމަކަށަވަރުން، ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވައި އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވައި އަދި އިރާއި ހަނދު، خدمة ތެރި ކުރެއްވީ، اللَّه ކަން ތިބާޔަކަށް ނޭނގޭހެއްޔެވެ؟ (އެއިން) ކޮންމެ އެއްޗެއް ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
3499 | 31 | 30 | ذلك بأن الله هو الحق وأن ما يدعون من دونه الباطل وأن الله هو العلي الكبير |
| | | އެހެނީ ހަމަކަށަވަރުން، اللَّه އީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، باطل ތަކެއްޗެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އެންމެ މަތިވެރި، އެންމެ عظمة ތެރި ރަސްކަލާނގެއެވެ. |
|
3500 | 31 | 31 | ألم تر أن الفلك تجري في البحر بنعمت الله ليريكم من آياته إن في ذلك لآيات لكل صبار شكور |
| | | ތިޔަބައިމީހުންނަށް އެކަލާނގެ آية ތައް ދެއްކެވުމަށްޓަކައި، ހަމަކަށަވަރުން، اللَّه ގެ نعمة ން ކަނޑުގައި ނާފަހަރު ދުވާތީ، ތިބާޔަކަށް ނުފެނޭހެއްޔެވެ؟ ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، شكر ވެރިވުން ބޮޑު، ކޮންމެ މީހަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. |
|
3501 | 31 | 32 | وإذا غشيهم موج كالظلل دعوا الله مخلصين له الدين فلما نجاهم إلى البر فمنهم مقتصد وما يجحد بآياتنا إلا كل ختار كفور |
| | | އަދި ހިޔާއަޅާ ފަރުބަދަތައްފަދަ ރާޅުތައް، އެއުރެން ވަށައިލައިފިނަމަ، އެކަލާނގެއަށް إيمان ކަން خالص ކުރާ حال ގައި، اللَّه އަށް އެބައިމީހުން دعاء ކުރާނެތެވެ. އަދި އެކަލާނގެ، އެއުރެން ސަލާމަތްކުރައްވައި އެއްގަމަށް ގެންދަވައިފިހިނދު، ފަހެ، އެއުރެންގެ ތެރެއިން މެދުމިނު މީހުން ވެއެވެ. (އަދި ދެކޮޅުހަދާ މީހުންވެސް ވެއެވެ.) އަދި ކޮންމެ خيانة ތެރި كافر އަކު މެނުވީ، ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅެއް ނަހަދާނެތެވެ. |
|
3502 | 31 | 33 | يا أيها الناس اتقوا ربكم واخشوا يوما لا يجزي والد عن ولده ولا مولود هو جاز عن والده شيئا إن وعد الله حق فلا تغرنكم الحياة الدنيا ولا يغرنكم بالله الغرور |
| | | އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި އެދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތިން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށްވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ، حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި شيطان އާ، ތިޔަބައިމީހުން اللَّه އާމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! |
|
3503 | 31 | 34 | إن الله عنده علم الساعة وينزل الغيث ويعلم ما في الأرحام وما تدري نفس ماذا تكسب غدا وما تدري نفس بأي أرض تموت إن الله عليم خبير |
| | | ހަމަކަށަވަރުން، قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، اللَّه ގެ حضرة ގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި رحِم ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ. |
|
3504 | 32 | 1 | بسم الله الرحمن الرحيم الم |
| | | ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) |
|
3505 | 32 | 2 | تنزيل الكتاب لا ريب فيه من رب العالمين |
| | | މިއީ عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެވެ. އެއާމެދު شك އެއް ނެތެވެ. |
|