نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2590 | 21 | 107 | وما أرسلناك إلا رحمة للعالمين |
| | | އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. |
|
2591 | 21 | 108 | قل إنما يوحى إلي أنما إلهكم إله واحد فهل أنتم مسلمون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް وحى އިއްވަވާކަން ކަށަވަރީ، ތިޔަބައިމީހުންގެ إله އަކީ، އެއްކައުވަންތަ إله އެއް ކަމަށެވެ. ފަހެ، ތިޔަބައިމީހުންނީ (އެކަން قبول ކޮށް) إسلام ވާ ބަޔެއް ހެއްޔެވެ؟ |
|
2592 | 21 | 109 | فإن تولوا فقل آذنتكم على سواء وإن أدري أقريب أم بعيد ما توعدون |
| | | ދެން އެއުރެން ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ސާފުކޮށް (حق ގޮތް) އަންގަވައި ދެއްވައިފީމެވެ. އަދި ތިޔަބައިމީހުންނަށް وعد ކުރައްވާ ދުވަސްއޮތީ، ގާތުގައިކަން ނުވަތަ ދުރުގައިކަން ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. |
|
2593 | 21 | 110 | إنه يعلم الجهر من القول ويعلم ما تكتمون |
| | | ހަމަކަށަވަރުން، ފާޅުގައި ބުނެވޭބަސްތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ. |
|
2594 | 21 | 111 | وإن أدري لعله فتنة لكم ومتاع إلى حين |
| | | (ތިޔަބައިމީހުން ލެހެއްޓެވިކަން) އެއީ، ތިޔަބައިމީހުންނަށްވާ امتحان އެއްކަން، ނުވަތަ ވަކި މުއްދަތަކާ ޖެހެންދެން ލިބޭވަގުތީ އުފަލެއްކަން، ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވަތެވެ. |
|
2595 | 21 | 112 | قال رب احكم بالحق وربنا الرحمن المستعان على ما تصفون |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! (މި އަޅާއާއި، مشرك ންނާ ދެމެދު) حق ގޮތުގައި حكم ކުރައްވާނދޭވެ! އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާފަރާތަކީ، އަޅަމެންގެ ވެރި، رحمن ވަންތަ ރަސްކަލާނގެއެވެ. |
|
2596 | 22 | 1 | بسم الله الرحمن الرحيم يا أيها الناس اتقوا ربكم إن زلزلة الساعة شيء عظيم |
| | | އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! ހަމަކަށަވަރުން، قيامة ވުމުގެ زلزلة އަކީ ބޮޑުވެގެންވާ ކަމެކެވެ. |
|
2597 | 22 | 2 | يوم ترونها تذهل كل مرضعة عما أرضعت وتضع كل ذات حمل حملها وترى الناس سكارى وما هم بسكارى ولكن عذاب الله شديد |
| | | ތިޔަބައިމީހުންނަށް އެ زلزلة ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު اللَّه ގެ عذاب ގަދަފަދައީއެވެ. |
|
2598 | 22 | 3 | ومن الناس من يجادل في الله بغير علم ويتبع كل شيطان مريد |
| | | އެއްވެސް علم އަކާނުލައި، اللَّه އާމެދު ޖަދަލުކޮށް، އަދި ނުކިޔަމަންތެރި ކޮންމެ شيطان އަކަށް تبع ވެއުޅޭމީހުން، މީސްތަކުންގެތެެރެއިންވެއެވެ. |
|
2599 | 22 | 4 | كتب عليه أنه من تولاه فأنه يضله ويهديه إلى عذاب السعير |
| | | އެ شيطان އާގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވާފައިވަނީ، ހަމަކަށަވަރުން، އޭނާއަށް تبع ވެ އެކުވެރިވެއްޖެމީހަކުނަމަ، ފަހެ، އެމީހަކު މަގުފުރައްދައި، ނަރަކައިގެ عذاب އަށް މަގުދެއްކުމެވެ. |
|