نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2530 | 21 | 47 | ونضع الموازين القسط ليوم القيامة فلا تظلم نفس شيئا وإن كان مثقال حبة من خردل أتينا بها وكفى بنا حاسبين |
| | | ތިމަންރަސްކަލާނގެ قيامة ދުވަހުން عدل ވެރިކަމުގެ ތިލަފަތްތައް قائم ކުރައްވާހުށީމެވެ. ފަހެ، އެއްވެސް نفس އަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ. |
|
2531 | 21 | 48 | ولقد آتينا موسى وهارون الفرقان وضياء وذكرا للمتقين |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށާއި، هارون ގެފާނަށް حق އާއި، باطل ވަކިކުރަނިވި ފޮތް (އެބަހީ: توراة) ދެއްވީމެވެ. تقوى ވެރިންނަށް، އަލިކަމެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ. |
|
2532 | 21 | 49 | الذين يخشون ربهم بالغيب وهم من الساعة مشفقون |
| | | އެއުރެންނަކީ އެއުރެންގެ ވެރިރަސްކަލާނގެއަށް غيب ގައި ބިރުވެތިވާ މީހުންނެވެ. އަދި އެއުރެންވަނީ، قيامة ދުވަހަށް ބިރުވެތިވެގެންނެވެ. |
|
2533 | 21 | 50 | وهذا ذكر مبارك أنزلناه أفأنتم له منكرون |
| | | މި قرآن އަކީ، بركات ތެރިވެގެންވާ ހަނދާންކޮށް ދިނުމެކެވެ. ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީމެވެ. ފަހެ، ތިޔަބައިމީހުން އެ ފޮތަށް އިންކާރުކުރަނީ ހެއްޔެވެ؟ |
|
2534 | 21 | 51 | ولقد آتينا إبراهيم رشده من قبل وكنا به عالمين |
| | | އަދި ހަމަކަށަވަރުން، މީގެކުރިން إبراهيم ގެފާނަށް، ތިމަންރަސްކަލާނގެ ހެޔޮ ވިސްނުމާއި، ބުއްދިވެރިކަން ދެއްވީމެވެ. އަދި އެކަލޭގެފާނާމެދު ތިމަންރަސްކަލާނގެ މޮޅަށްދެނެވޮޑިގެންވަމެވެ. |
|
2535 | 21 | 52 | إذ قال لأبيه وقومه ما هذه التماثيل التي أنتم لها عاكفون |
| | | އެކަލޭގެފާނުގެ ބައްޕާއަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އަޅުކަންކުރަން ތިޔަތިބީ، ކޮން ބުދުތަކަކަށް ހެއްޔެވެ؟ |
|
2536 | 21 | 53 | قالوا وجدنا آباءنا لها عابدين |
| | | އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ކާބަފައިން، އެ ތަކެއްޗަށް އަޅުކަންކުރާތީ ތިމަންމެން ދުށީމުއެވެ. |
|
2537 | 21 | 54 | قال لقد كنتم أنتم وآباؤكم في ضلال مبين |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިންވަނީ، ފާޅުވެގެންވާ މަގު ފުރެދުމެއްގައެވެ. |
|
2538 | 21 | 55 | قالوا أجئتنا بالحق أم أنت من اللاعبين |
| | | އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، حق ތެދުމަގާއިގެން ހެއްޔެވެ؟ ނުވަތަ ކަލޭގެފާނުވަނީ، ކުޅޭމީހުންގެ ތެރެއިން ހެއްޔެވެ؟ |
|
2539 | 21 | 56 | قال بل ربكم رب السماوات والأرض الذي فطرهن وأنا على ذلكم من الشاهدين |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއީ، އިސްވެދިޔަ މިސާލަކާނުލައި، އެ ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިމަންކަލޭގެފާނު ވަނީ، އެކަމުގެ މައްޗަށް ހެކިވާމީހުންގެ ތެރެއިންނެވެ. |
|