نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1361 | 9 | 126 | أولا يرون أنهم يفتنون في كل عام مرة أو مرتين ثم لا يتوبون ولا هم يذكرون |
| | | އަދި ކޮންމެ އަހަރަކު އެއްފަހަރު، ނުވަތަ ދެފަހަރު (ދަތިތަކާއި ބަލިމަޑުކަން ކުރިމަތި ކުރައްވައި) އެއުރެން امتحان ކުރައްވާތީ، އެއުރެން ނުދެކޭހެއްޔެވެ؟ ދެންވެސް އެއުރެން توبة އެއް ނުވެެތެވެ. އަދި އެއުރެން ހަނދާންކޮށް وعظ އެއް ލިބިއެއް ނުގަނެއެވެ. |
|
1362 | 9 | 127 | وإذا ما أنزلت سورة نظر بعضهم إلى بعض هل يراكم من أحد ثم انصرفوا صرف الله قلوبهم بأنهم قوم لا يفقهون |
| | | އަދި سورة އެއް ބާވައިލައްވައިފިނަމަ، އެއުރެންގެ އެކަކު އަނެކަކަށް ބަލައިލައެވެ. (އަދި ބުނެއެވެ.) އެކަކުވެސް ތިޔަބައިމީހުން ދެކޭހެއްޔެވެ؟ ދެން އެއުރެން އެނބުރި ހިނގައިދެއެވެ. اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން އެއްކިބާ ކުރައްވައި) އަނބުރުއްވައިލެއްވިއެވެ. (އެއީ) އެއުރެންނީ، ނުވިސްނޭ ބަޔަކު ކަމުގައިވާ ކަމަށްޓަކައެވެ. |
|
1363 | 9 | 128 | لقد جاءكم رسول من أنفسكم عزيز عليه ما عنتم حريص عليكم بالمؤمنين رءوف رحيم |
| | | ހަމަތިޔަބައިމީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ. |
|
1364 | 9 | 129 | فإن تولوا فقل حسبي الله لا إله إلا هو عليه توكلت وهو رب العرش العظيم |
| | | ފަހެ، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. އެކަލާނގެ މެނުވީ (حق ވެގެން އަޅުކަމެއް ވެވޭ) إله އަކު ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު وكيل ކުރައްވައިފީމެވެ. އެކަލާނގެއީ، ބޮޑުވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ. |
|
1365 | 10 | 1 | بسم الله الرحمن الرحيم الر تلك آيات الكتاب الحكيم |
| | | ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ حكمة ތެރި ފޮތުގެ (އެބަހީ: قرآن ގެ) آية ތަކެވެ. |
|
1366 | 10 | 2 | أكان للناس عجبا أن أوحينا إلى رجل منهم أن أنذر الناس وبشر الذين آمنوا أن لهم قدم صدق عند ربهم قال الكافرون إن هذا لساحر مبين |
| | | މީސްތަކުންނަށް إنذار ކުރެއްވުމަށާއި، إيمان ވެއްޖެ މީސްތަކުންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އިސްކަމާއި، މަތިވެރި مقام ހުރިކަމުގެ އުފާވެރި خبر ދެއްވުމަށް، ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ފިރިހެނަކަށް، وحى އިއްވެވިކަން މީސްތަކުންނަށް عجائب އަކަށްވީހެއްޔެވެ؟ كافر ވި މީހުން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ (އެބަހީ: محمد ގެފާނީ) ފާޅުވެ بيان ވެގެންވާ ޖާދޫގަރެކެވެ. |
|
1367 | 10 | 3 | إن ربكم الله الذي خلق السماوات والأرض في ستة أيام ثم استوى على العرش يدبر الأمر ما من شفيع إلا من بعد إذنه ذلكم الله ربكم فاعبدوه أفلا تذكرون |
| | | ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، اللَّه އެވެ. އެކަލާނގެއީ، އުޑުތަކާއި ބިން ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގެންވިއެވެ. އެކަލާނގެ (އެންމެހާ) ކަންތައްތައް މިންވަރު ކުރައްވައި تدبير ކުރައްވަތެވެ. އެކަލާނގެ إذن ފުޅަށް ފަހުގައި މެނުވީ (އެއްވެސް މީހަކަށް شفاعة ތެރިވާނޭ) شفاعة ތެރިޔަކު ނުވެއެވެ. އެއީ ތިޔަބައިމީހުންގެ ވެރި اللَّه އެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟ |
|
1368 | 10 | 4 | إليه مرجعكم جميعا وعد الله حقا إنه يبدأ الخلق ثم يعيده ليجزي الذين آمنوا وعملوا الصالحات بالقسط والذين كفروا لهم شراب من حميم وعذاب أليم بما كانوا يكفرون |
| | | ތިޔަބައިމީހުން އެންމެން رجوع ވުން ވަނީ، އެކަލާނގެ حضرة އަށެވެ. (މިއީ) اللَّه ގެ حق وعد ފުޅެވެ. ހަމަކަށަވަރުން، ނެތުމުގެ ތެރެއިން خلق ތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ خلق ތަކުން إعادة ކުރައްވަނީ، އެކަލާނގެއެވެ. (އެއީ) إيمان ވެ صالح عمل ތައް ކުޅަމީހުންނަށް عدل ވެރި ގޮތުން ޖަޒާ ދެއްވުމަށްޓަކައެވެ. އަދި كافر ވި މީހުންނަށް އެއުރެން كافر ވެ އުޅުނުކަމުގެ ސަބަބުން، ކެކިކެކި ހުންނަ ހޫނުފެނުގެ ބުއިމަކާއި، ވޭންދެނިވި عذاب ހުށްޓެވެ. |
|
1369 | 10 | 5 | هو الذي جعل الشمس ضياء والقمر نورا وقدره منازل لتعلموا عدد السنين والحساب ما خلق الله ذلك إلا بالحق يفصل الآيات لقوم يعلمون |
| | | އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް منـزل ތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ عدد އާއި (މައްސަރުތަކާއި ދުވަސްތަކުގެ) حساب ދެނެގަތުމަށްޓަކައެވެ. حق ގޮތުން މެނުވީ، اللَّه، އެތަކެތި ނަހައްދަވައެވެ. އެނގޭބަޔަކަށް އެކަލާނގެ آية ތައް تفصيل ކޮށްދެއްވަތެވެ. |
|
1370 | 10 | 6 | إن في اختلاف الليل والنهار وما خلق الله في السماوات والأرض لآيات لقوم يتقون |
| | | ހަމަކަށަވަރުން، ރޭދުވާ ތަފާތުވުމުގައްޔާއި އުޑުތަކާއި، ބިމުގައި اللَّه ހެއްދެވި (އެންމެހައި) ތަކެތީގައި، تقوى ވެރިވާ ބަޔަކަށް دليل ތަކެއްވާކަން ކަށަވަރެވެ. |
|