نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1356 | 9 | 121 | ولا ينفقون نفقة صغيرة ولا كبيرة ولا يقطعون واديا إلا كتب لهم ليجزيهم الله أحسن ما كانوا يعملون |
| | | އަދި އެއުރެންނަށް ލިޔެވިގެންދާ ގޮތުގައި މެނުވީ، އެއުރެން ކުޑަ ހޭދައެއްވެސް، އަދި ބޮޑު ހޭދައެއްވެސް ނުކުރާނެތެވެ. އަދި وادى އެއްވެސް ކަޑައްތުކޮށް އެއުރެން ނުދާނެތެވެ. (އެއީ) އެއުރެން عمل ކޮށް އުޅުނު އެންމެ ރީތިގޮތަށް، اللَّه އެއުރެންނަށް، ޖަޒާ ދެއްވުމަށްޓަކައެވެ. |
|
1357 | 9 | 122 | وما كان المؤمنون لينفروا كافة فلولا نفر من كل فرقة منهم طائفة ليتفقهوا في الدين ولينذروا قومهم إذا رجعوا إليهم لعلهم يحذرون |
| | | އަދި އެންމެން އެކުގައި ހަނގުރާމަޔަށް ނުކުތުމެއް، مؤمن ންނަކަށް ނެތެވެ. ފަހެ، އެއުރެންގެ ތެރެއިން ކޮންމެ قبيلة އަކުން ބަޔަކު ހަނގުރާމަޔަށް ނުކުތްނަމަ ކިހާރަނގަޅުހޭ؟ (އެއީ) އެއުރެން (އެބަހީ: ނުގޮސްތިބި މީހުން) دين އުނގެނި ދަސްކުރުމަށެވެ. އަދި އެއުރެންގެ قوم ގެމީހުން (އެބަހީ: ހަނގުރާމަޔަށް ނުކުތް މީހުން) އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެހިނދު، އެއުރެންނަށް إنذار ކުރުމަށްޓަކައެވެ. (އެއީ) އެއުރެން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ. |
|
1358 | 9 | 123 | يا أيها الذين آمنوا قاتلوا الذين يلونكم من الكفار وليجدوا فيكم غلظة واعلموا أن الله مع المتقين |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ންގެ ތެރެއިން ތިޔަބައިމީހުންނާ ގާތުގައިތިބި މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! އަދި ތިޔަބައިމީހުންގެ ކިބައިން ހަރުކަށިކަން އެއުރެން ދެކޭހުށިކަމެވެ! އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ! |
|
1359 | 9 | 124 | وإذا ما أنزلت سورة فمنهم من يقول أيكم زادته هذه إيمانا فأما الذين آمنوا فزادتهم إيمانا وهم يستبشرون |
| | | سورة އެއް ބާވައިލައްވައިފިނަމަ، އެ سورة ން އެމީހެއްގެ إيمان ކަން އިތުރުވީ ތިޔަބައިމީހުންގެ ތެރެއިން ކާކުހޭ ބުނެއުޅޭ މީހުން އެއުރެންގެ ތެރެއިންވެއެވެ. ފަހެ، إيمان ވެއްޖެ މީސްތަކުން ދަންނާށެވެ! ފަހެ، އެއުރެން (އެކަމަށްޓަކައި) އުފާކުރާ حال، އެއުރެންގެ إيمان ކަން އިތުރުވިއެވެ. |
|
1360 | 9 | 125 | وأما الذين في قلوبهم مرض فزادتهم رجسا إلى رجسهم وماتوا وهم كافرون |
| | | އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ދަންނާށެވެ! ފަހެ، އެއުރެންގެ كافر ކަމުގެ ތެރެއަށް كافر ކަން އެއުރެންނަށް އިތުރުވިއެވެ. އަދި كافر ން ކަމުގައިވާ حال، އެއުރެން މަރުވިއެވެ. |
|
1361 | 9 | 126 | أولا يرون أنهم يفتنون في كل عام مرة أو مرتين ثم لا يتوبون ولا هم يذكرون |
| | | އަދި ކޮންމެ އަހަރަކު އެއްފަހަރު، ނުވަތަ ދެފަހަރު (ދަތިތަކާއި ބަލިމަޑުކަން ކުރިމަތި ކުރައްވައި) އެއުރެން امتحان ކުރައްވާތީ، އެއުރެން ނުދެކޭހެއްޔެވެ؟ ދެންވެސް އެއުރެން توبة އެއް ނުވެެތެވެ. އަދި އެއުރެން ހަނދާންކޮށް وعظ އެއް ލިބިއެއް ނުގަނެއެވެ. |
|
1362 | 9 | 127 | وإذا ما أنزلت سورة نظر بعضهم إلى بعض هل يراكم من أحد ثم انصرفوا صرف الله قلوبهم بأنهم قوم لا يفقهون |
| | | އަދި سورة އެއް ބާވައިލައްވައިފިނަމަ، އެއުރެންގެ އެކަކު އަނެކަކަށް ބަލައިލައެވެ. (އަދި ބުނެއެވެ.) އެކަކުވެސް ތިޔަބައިމީހުން ދެކޭހެއްޔެވެ؟ ދެން އެއުރެން އެނބުރި ހިނގައިދެއެވެ. اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން އެއްކިބާ ކުރައްވައި) އަނބުރުއްވައިލެއްވިއެވެ. (އެއީ) އެއުރެންނީ، ނުވިސްނޭ ބަޔަކު ކަމުގައިވާ ކަމަށްޓަކައެވެ. |
|
1363 | 9 | 128 | لقد جاءكم رسول من أنفسكم عزيز عليه ما عنتم حريص عليكم بالمؤمنين رءوف رحيم |
| | | ހަމަތިޔަބައިމީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ. |
|
1364 | 9 | 129 | فإن تولوا فقل حسبي الله لا إله إلا هو عليه توكلت وهو رب العرش العظيم |
| | | ފަހެ، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. އެކަލާނގެ މެނުވީ (حق ވެގެން އަޅުކަމެއް ވެވޭ) إله އަކު ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު وكيل ކުރައްވައިފީމެވެ. އެކަލާނގެއީ، ބޮޑުވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ. |
|
1365 | 10 | 1 | بسم الله الرحمن الرحيم الر تلك آيات الكتاب الحكيم |
| | | ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ حكمة ތެރި ފޮތުގެ (އެބަހީ: قرآن ގެ) آية ތަކެވެ. |
|