نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
99 | 2 | 92 | ولقد جاءكم موسى بالبينات ثم اتخذتم العجل من بعده وأنتم ظالمون |
| | | އަދި ހަމަކަށަވަރުން، ބަޔާންވެގެންވާ معجزات ތަކާއިގެން موسى ގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތެވެ. ދެން އެކަލޭގެފާނު ދުރަށްވަޑައިގަތުމަށްފަހު، ތިޔަބައިމީހުން، ގެރިއަކީ إله އަކު ކަމުގައި ބަލައިގެން އުޅުނީމުއެވެ. (އެއީ) އަނިޔާވެރި ބަޔަކުކަމުގައި ތިޔަބައިމީހުންވާ حال ގައެވެ. |
|
100 | 2 | 93 | وإذ أخذنا ميثاقكم ورفعنا فوقكم الطور خذوا ما آتيناكم بقوة واسمعوا قالوا سمعنا وعصينا وأشربوا في قلوبهم العجل بكفرهم قل بئسما يأمركم به إيمانكم إن كنتم مؤمنين |
| | | އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި، އަދި ތިޔަބައިމީހުންގެ މައްޗަށް طور ފަރުބަދަ އުފުއްލެވިހިނދު ހަނދުމަކުރާށެވެ! (އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި، (އެބަހީ: ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި (ތިޔަބައިމީހުންނަށް ކުރެވޭ أمر ތައް) ތިޔަބައިމީހުން އަހާށެވެ! އެއުރެން ދެންނެވޫއެވެ. ތިމަންމެން (ތިޔަ ބަސްފުޅު) އަހައި (ތިޔަ أمر ފުޅަށް) ނުކިޔަމަންތެރިވެ އުރެދިއްޖައީމުއެވެ. އަދި އެއުރެންގެ كافر ކަމުގެ ސަބަބުން، ގެރިއަށް އަޅުކަންކުރުމުގެ ލޯބި އެއުރެންގެ ހިތްތަކުގައިވަނީ ވަރުގަދައަކަށް ހިފައިފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަބުނާހެން) ތިޔަބައިމީހުންނީ، إيمان ވާ ބަޔަކުކަމުގައި ވަނީނަމަ، ތިޔަބައިމީހުންގެ إيمان ކަން، އެކަމަކަށް ތިޔަބައިމީހުންނަށް أمر ކުރާ ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ! |
|
101 | 2 | 94 | قل إن كانت لكم الدار الآخرة عند الله خالصة من دون الناس فتمنوا الموت إن كنتم صادقين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ حضرة ގައި، آخرة ގެ ގޮވަތި އެހެނިހެން މީސްތަކުން ފިޔަވައި ތިޔަބައިމީހުންނަށް خاص ކުރައްވާފައިވާނަމަ، ތިޔަބައިމީހުން، ނިކަން މަރުވުން އެދިބަލާށެވެ! (އެއީ) ތިޔަބައިިމީހުންނީ، ތެދުވެރިން ކަމުގައި ވަނީނަމައެވެ. |
|
102 | 2 | 95 | ولن يتمنوه أبدا بما قدمت أيديهم والله عليم بالظالمين |
| | | ދުވަހަކުވެސް އެއުރެން އެ މަރަކަށް ނޭދޭނެތެވެ. އެއީ، އެއުރެންގެ އަތްތައް އިސްކޮށްފައިވާ ނުބައި عمل ތަކުގެ ސަބަބުންނެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
103 | 2 | 96 | ولتجدنهم أحرص الناس على حياة ومن الذين أشركوا يود أحدهم لو يعمر ألف سنة وما هو بمزحزحه من العذاب أن يعمر والله بصير بما يعملون |
| | | އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި شريك ކުޅަ މީހުންނަށްވުރެވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކު ކަމުގައި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެއުރެންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް عمر ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެތެވެ. އެ عمر ދިގުވުން އެއީ، އެމީހަކު عذاب ން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެއެވެ. اللَّه އީ އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
104 | 2 | 97 | قل من كان عدوا لجبريل فإنه نزله على قلبك بإذن الله مصدقا لما بين يديه وهدى وبشرى للمؤمنين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! جبريل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހަކީ، (اللَّه އަށް عداوة ތެރިޔަކު ކަމުގައިވާ މީހެކެވެ.) އެހެނީ އެކަލޭގެފާނުން، ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآن ގެނެސްދެއްވީ، اللَّه ގެ إذن ފުޅަށެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ حال ގައެވެ. مؤمن ތަކުންނަށް ތެދުމަގެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ. |
|
105 | 2 | 98 | من كان عدوا لله وملائكته ورسله وجبريل وميكال فإن الله عدو للكافرين |
| | | اللَّه އާއި އެކަލާނގެ ملائكة ންނާއި، އެކަލާނގެ رسول ންނާއި، جبريل ގެފާނާއި، ميكائيل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، كافر ންނަށް عداوة ތެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
106 | 2 | 99 | ولقد أنزلنا إليك آيات بينات وما يكفر بها إلا الفاسقون |
| | | ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފާޅުވެ بيان ވެގެންވާ آية ތަކެއް، ކަލޭގެފާނަށް ބާވައިލެއްވީމެވެ. فاسق ންނޫން ބަޔަކު އެޔަކަށް كافر އެއް ނުވާނެތެވެ. |
|
107 | 2 | 100 | أوكلما عاهدوا عهدا نبذه فريق منهم بل أكثرهم لا يؤمنون |
| | | އެއުރެން عهد އެއް ކުރާ ކޮންމެހިނދަކު، އޭގެތެރެއިން ބަޔަކު އެ عهد އެއްލައިލަނީ ހެއްޔެވެ؟ އަދި ކިއެއްތަ؟ އޭގެ ގިނަމީހުން إيمان އެއް ނުވެތެވެ. |
|
108 | 2 | 101 | ولما جاءهم رسول من عند الله مصدق لما معهم نبذ فريق من الذين أوتوا الكتاب كتاب الله وراء ظهورهم كأنهم لا يعلمون |
| | | އަދި އެއުރެންނާއެކުގައިވާ ފޮތް ތެދުކުރައްވާ رسول އަކު، اللَّه ގެ حضرة ން އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކު، اللَّه ގެ ފޮތް އެއުރެންގެ ފުރަގަހަށް އެއްލައިލިއެވެ. (އެއީ، اللَّه ބާވައިލެއްވި ފޮތެއްކަންވެސް) އެއުރެން ނުދަންނަ ކަހަލައެވެ. |
|