نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
958 | 7 | 4 | وكم من قرية أهلكناها فجاءها بأسنا بياتا أو هم قائلون |
| | | ތިމަންރަސްކަލާނގެ ކޯފާލައްވައި، ހަލާކު ކުރެއްވީ ކިތައްކިތައް ރަށް ހެއްޔެވެ؟ ފަހެ، ރޭގަނޑުގައި، ނުވަތަ މެންދުރު އެއުރެން ނިދާފައި ތިއްބައި އެ ރަށްތަކަށް ތިމަންރަސްކަލާނގެ عذاب އައެވެ. |
|
959 | 7 | 5 | فما كان دعواهم إذ جاءهم بأسنا إلا أن قالوا إنا كنا ظالمين |
| | | ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންގެ ގާތަށް އައިހިނދު، ހަމަކަށަވަރުން، ތިމަންމެން އަނިޔާވެރިން ކަމުގައި ވެއްޖައީމުއޭ ބުނުން ނޫން އެހެން ބުނުމެއް، އެއުރެންގެ ނެތެވެ. |
|
960 | 7 | 6 | فلنسألن الذين أرسل إليهم ولنسألن المرسلين |
| | | ހަމަށަވަރުން، އެއުރެންގެ ގާތަށް رسول ން ފޮނުއްވި މީހުންނާ ތިމަންރަސްކަލާނގެ سؤال ކުރައްވާ ހުށީމެވެ. އަދި رسول ންނާވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ سؤال ކުރައްވާ ހުށީމެވެ. |
|
961 | 7 | 7 | فلنقصن عليهم بعلم وما كنا غائبين |
| | | އަދި (އެއުރެންކުރި ހުރިހާކަމެއް) ދެނެވޮޑިގެންވާ حال ގައި، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް ކިޔައިދެއްވާ ހުށީމެވެ. އަދި (މި ކަމުގައި) ތިމަންރަސްކަލާނގެ ދުރުވެވޮޑިގެނެއް ނުވަމެވެ. |
|
962 | 7 | 8 | والوزن يومئذ الحق فمن ثقلت موازينه فأولئك هم المفلحون |
| | | އެދުވަހުން (މީސްތަކުންގެ عمل ތައް) ކިރައި ވަޒަން ކުރައްވާހުށީ حق ގޮތުގައެވެ. ފަހެ، އެމީހެއްގެ (ހެޔޮ عمل ތަކުގެ) ތިލަފަތްތައް ބަރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ. |
|
963 | 7 | 9 | ومن خفت موازينه فأولئك الذين خسروا أنفسهم بما كانوا بآياتنا يظلمون |
| | | އަދި އެމީހެއްގެ ތިލަފަތްތައް ލުއިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަކީ، ތިމަންރަސްކަލާނގެ آية ތަކަށް إنكار ކޮށް އުޅުމުގެ ސަބަބުން އެއުރެންގެ އަމިއްލަ نفس ތަކަށް ގެއްލުންދިން މީހުންނެވެ. |
|
964 | 7 | 10 | ولقد مكناكم في الأرض وجعلنا لكم فيها معايش قليلا ما تشكرون |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވައި ބާރުވެރިކޮށްދެއްވީމެވެ. އަދި އެތާނގައި، ތިޔަބައިމީހުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ލެއްވީމެވެ. (އެހެނެއްކަމަކު) ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ. |
|
965 | 7 | 11 | ولقد خلقناكم ثم صورناكم ثم قلنا للملائكة اسجدوا لآدم فسجدوا إلا إبليس لم يكن من الساجدين |
| | | އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (އެބަހީ: ތިޔަބައިމީހުންގެ أصل ކަމުގައިވާ آدم ގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން (އެބަހީ: آدم ގެފާނު) صورة ކުރެއްވީމެވެ. ދެން ملائكة ންނަށް وحى ކުރެއްވީމެވެ. آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށެވެ! ދެން إبليس ފިޔަވައި، އެއުރެން سجدة ކުރިއެވެ. سجدة ކުރި މީހުންގެ ތެރެއިން އޭނާ ނުވެއެވެ. |
|
966 | 7 | 12 | قال ما منعك ألا تسجد إذ أمرتك قال أنا خير منه خلقتني من نار وخلقته من طين |
| | | އެކަލާނގެ وحى ކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލެޔަށް أمر ކުރެއްވިހިނދު سجدة ކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ. |
|
967 | 7 | 13 | قال فاهبط منها فما يكون لك أن تتكبر فيها فاخرج إنك من الصاغرين |
| | | އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ! ފަހެ، ތިޔަތާނގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއް ނެތެވެ. ފަހެ، ކަލޭ ނިކުންނާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ. |
|