نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
944 | 6 | 155 | وهذا كتاب أنزلناه مبارك فاتبعوه واتقوا لعلكم ترحمون |
| | | މި قرآن އަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް تبع ވާށެވެ! އަދި ތިޔަބައިމީހުން تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ. |
|
945 | 6 | 156 | أن تقولوا إنما أنزل الكتاب على طائفتين من قبلنا وإن كنا عن دراستهم لغافلين |
| | | ފޮތް ބާވައިލެއްވިކަން ކަށަވަރީ، ތިމަންމެންގެ ކުރީގައިވާ ދެބަޔެއްގެ މައްޗަށޭ، އަދި ތިމަންމެން، ހަމަކަށަވަރުންވެސް ތިބީ، އެއުރެން ކުޅަ دراسة އާމެދު غافل ވެގެންނޭ، ތިޔަބައިމީހުން ބުނެފާނެތީއެވެ. |
|
946 | 6 | 157 | أو تقولوا لو أنا أنزل علينا الكتاب لكنا أهدى منهم فقد جاءكم بينة من ربكم وهدى ورحمة فمن أظلم ممن كذب بآيات الله وصدف عنها سنجزي الذين يصدفون عن آياتنا سوء العذاب بما كانوا يصدفون |
| | | ނުވަތަ ތިމަންމެންގެ މައްޗަށް ފޮތް ބާވައިލެއްވިނަމަ، އެއުރެންނަށްވުރެ، ތިމަންމެން ތެދުމަގު ލިބިގަތުން މާބޮޑުވީހޭ ބުނެފާނެތީއެވެ. ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ސާފު ހެތްކަކާއި، ތެދުމަގަކާއި، رحمة އެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެކަން ކަށަވަރެވެ. اللَّه ގެ آية ތައް ދޮގުކޮށް، އެ آية ތަކަށް ފުރަގަސްދީފި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑީ ފަހެ، ކާކުހެއްޔެވެ؟ ތިމަންރަސްކަލާނގެ آية ތަކަށް ފުރަގަސްދޭ މީހުންނަށް، އެއުރެން އެ آية ތަކަށް ފުރަގަސް ދިނުމުގެ ސަބަބުން، ތިމަންރަސްކަލާނގެ ގަދަ عذاب ން، ޖަޒާދެއްވާހުށީމެވެ. |
|
947 | 6 | 158 | هل ينظرون إلا أن تأتيهم الملائكة أو يأتي ربك أو يأتي بعض آيات ربك يوم يأتي بعض آيات ربك لا ينفع نفسا إيمانها لم تكن آمنت من قبل أو كسبت في إيمانها خيرا قل انتظروا إنا منتظرون |
| | | އެއުރެންގެ ގާތަށް، ملائكة ން ވަޑައިގަތުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب) އައުމަށް މެނުވީ، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން ބައެއް آية އައުމަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ބައެއް آية (އެބަހީ: قيامة ގެ علامة ތައް) އަންނަ ދުވަހު، އޭގެކުރިން إيمان ވެފައި ނުވާނަމަ، ނުވަތަ إيمان ވެ ހެޔޮعمل ކޮށްފައި ނުވާނަމަ، އެއްވެސް نفس އަކަށް އެ نفس އެއްގެ إيمان އަކުން މަންފާއެއް ނުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް انتظار ކުރާނޫއެވެ. |
|
948 | 6 | 159 | إن الذين فرقوا دينهم وكانوا شيعا لست منهم في شيء إنما أمرهم إلى الله ثم ينبئهم بما كانوا يفعلون |
| | | ހަމަކަށަވަރުން، އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ. އެއުރެންގެ ކަންތައް އޮންނާނެކަން ކަށަވަރީ، اللَّه ގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން، އެކަލާނގެ، އެއުރެންނަށް خبر އަންގަވާނެތެވެ. |
|
949 | 6 | 160 | من جاء بالحسنة فله عشر أمثالها ومن جاء بالسيئة فلا يجزى إلا مثلها وهم لا يظلمون |
| | | ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. |
|
950 | 6 | 161 | قل إنني هداني ربي إلى صراط مستقيم دينا قيما ملة إبراهيم حنيفا وما كان من المشركين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، ސީދާވެގެންވާ ތެދުމަގަށް ތިމަންކަލޭގެފާނަށް މަގު ދެއްކެވިއެވެ. އެއީ ސީދާވެގެންވާ ދީނެވެ. އެއީ باطل ގެ މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ ދީނެވެ. އަދި مشرك ންގެ ތެރެއިން އެކަލޭގެފާނު ނުވެއެވެ. |
|
951 | 6 | 162 | قل إن صلاتي ونسكي ومحياي ومماتي لله رب العالمين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ. |
|
952 | 6 | 163 | لا شريك له وبذلك أمرت وأنا أول المسلمين |
| | | އެކަލާނގެއަށް އެއްވެސް شريك އަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި أمّة ގެ) مسلم ންކުރެ، އެންމެ ފުރަތަމަ މީހާއެވެ. |
|
953 | 6 | 164 | قل أغير الله أبغي ربا وهو رب كل شيء ولا تكسب كل نفس إلا عليها ولا تزر وازرة وزر أخرى ثم إلى ربكم مرجعكم فينبئكم بما كنتم فيه تختلفون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހުރިހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެ ކަމުގައިވާ حال، ކަލަކު ކަމުގައި، اللَّه ފިޔަވައި އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދޭނޭ ހެއްޔެވެ؟ ކޮންމެ نفس އެއްމެ، އެ نفس އެއް ހޯދައިގަތް ކަމެއް މެނުވީ، އެ نفس އެއްގެ މައްޗަކަށް ނުވެއެވެ. އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން އެނބުރި رجوع ވުންހުރީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. އޭރުން، ތިޔަބައިމީހުން، އެކަންކަމާމެދު خلاف ވެ އުޅުނު ކަންތަކުގެ خبر ތިޔަބައިމީހުންނަށް، އެކަލާނގެ އަންގަވާނެތެވެ. |
|