نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
894 | 6 | 105 | وكذلك نصرف الآيات وليقولوا درست ولنبينه لقوم يعلمون |
| | | ހަމައެފަދައިން، ތިމަންރަސްކަލާނގެ آية ތައް އެކިގޮތްގޮތަށް ބަޔާންކޮށް ދެއްވަމެވެ. އެންމެފަހުން އެ كافر ވި މީހުން ބުނެތެވެ. ކަލޭގެފާނު (އެ آية ތައް އިހުގެ ފޮތްފޮތުން) ދަސްފުޅު ކުރެއްވީއެވެ. އަދި ތިމަންރަސްކަލާނގެ އެ آية ތައް (ބަޔާންކޮށްދެއްވަނީ) ދަންނާނޭ ބަޔަކަށް ހާމަކޮށްދެއްވުމަށެވެ. |
|
895 | 6 | 106 | اتبع ما أوحي إليك من ربك لا إله إلا هو وأعرض عن المشركين |
| | | ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް وحى ކުރެއްވި ތަކެއްޗަށް تبع ވެވަޑައިގަންނަވާށެވެ! އެކަލާނގެމެނުވީ، حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވެއެވެ. އަދި ކަލޭގެފާނު مشرك ންނާ އެއްކިބާވެވަޑައި ގަންނަވާށެވެ! |
|
896 | 6 | 107 | ولو شاء الله ما أشركوا وما جعلناك عليهم حفيظا وما أنت عليهم بوكيل |
| | | އަދި اللَّه އިރާދަކުރެއްވިނަމަ، އެއުރެން شريك އެއް ނުކުޅައީހެވެ. އަދި އެއުރެންގެ މައްޗަށް ފާރަވެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުލައްވަމެވެ. އަދި ކަލޭގެފާނަކީ، އެއުރެންގެ ކަންތައްތައް حوال ކުރައްވާފައިވާ ވަކީލަކު ކަމުގައިވެސް ނުވެއެވެ. |
|
897 | 6 | 108 | ولا تسبوا الذين يدعون من دون الله فيسبوا الله عدوا بغير علم كذلك زينا لكل أمة عملهم ثم إلى ربهم مرجعهم فينبئهم بما كانوا يعملون |
| | | اللَّه ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން عداوة ތެރިކަމުގެ ގޮތުން اللَّه އަށް އެއްޗެހި ގޮވައިފާނެތެވެ. ހަމައެފަދައިން، ކޮންމެ أمّة އަކަށްމެ އެބަޔެއްގެ عمل، ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށް ދެއްކެވީމެވެ. ދެން އެއަށްފަހު، އެއުރެން رجوع ވާހުށީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން، އެކަލާނގެ އެއުރެންނަށް خبر އަންގަވާނެތެވެ. |
|
898 | 6 | 109 | وأقسموا بالله جهد أيمانهم لئن جاءتهم آية ليؤمنن بها قل إنما الآيات عند الله وما يشعركم أنها إذا جاءت لا يؤمنون |
| | | އެ (كافر ވި) މީހުންގެ ގާތަށް آية އެއް (އެބަހީ: معجزة އެއް) އަތުވެއްޖެނަމަ، އެއަށް ހަމަކަށަވަރުން، إيمان ވާނެކަމަށް އެއުރެންނަށް ވެވުނުހައި ގަދައެއްކޮށް اللَّه ގަންދީ ހުވާކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، آية ތައް ވަނީ، اللَّه ގެ حضرة ގައެވެ. އެ آية ތައް އަތުވެއްޖެނަމަ، (އެއުރެން عمل ކުރާނޭގޮތެއް) ތިޔަބައިމީހުންނަށް އަންގައިދެނީ ކޮން އެއްޗެއް ހެއްޔެވެެ؟ އެއުރެން إيمان އެއް ނުވާނެތެވެ. |
|
899 | 6 | 110 | ونقلب أفئدتهم وأبصارهم كما لم يؤمنوا به أول مرة ونذرهم في طغيانهم يعمهون |
| | | ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކާއި، ލޯތައް (حق ގެ މަގުން) އެއްކިބާކުރައްވަމެވެ. އެއުރެން އެ آية ތަކަށް ފުރަތަމަ ފަހަރުވެސް، إيمان ނުވި ފަދައިން (إيمان އެއް ނުވާނެތެވެ.) އަދި ދެފުށުއެޅި ތިބޭ حال އެއްގައި، އެއުރެންގެ ފުރެދުމުގެ ތެރެޔަށް، ތިމަންރަސްކަލާނގެ އެއުރެން ދޫކޮށްލައްވާހުށީމެވެ. |
|
900 | 6 | 111 | ولو أننا نزلنا إليهم الملائكة وكلمهم الموتى وحشرنا عليهم كل شيء قبلا ما كانوا ليؤمنوا إلا أن يشاء الله ولكن أكثرهم يجهلون |
| | | ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް ملائكة ން ބާވައިލެއްވި ނަމަވެސް، އަދި މަރުވެފައިވާ މީހުން އެއުރެންނާ ވާހަކަ ދެއްކި ނަމަވެސް، އަދި (އެއުރެން އެދުނު) ހުރިހާ އެއްޗެއް އެއުރެންގެ ކުރިމައްޗަށް ޖަމާކޮށްދެއްވިނަމަވެސް، اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެން إيمان ވާނެ ބަޔަކު ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އޭގެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. |
|
901 | 6 | 112 | وكذلك جعلنا لكل نبي عدوا شياطين الإنس والجن يوحي بعضهم إلى بعض زخرف القول غرورا ولو شاء ربك ما فعلوه فذرهم وما يفترون |
| | | ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ شيطان ން عداوة ތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ باطل ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! |
|
902 | 6 | 113 | ولتصغى إليه أفئدة الذين لا يؤمنون بالآخرة وليرضوه وليقترفوا ما هم مقترفون |
| | | އަދި (އެ شيطان ން ވަސްވާސްދީ އުޅެނީ) آخرة ދުވަހަށް إيمان ނުވާ މީހުންގެ ހިތްތައް އެ ވަސްވާހަށް ލެނބުމަށާއި، އެއުރެން އެކަމަށް ރުހި قبول ވުމަށާއި، އެއުރެން އެ އަރައަރައިގަންނަ ފާފަތަކަށް އަރައިގަތުމަށްޓަކައެވެ. |
|
903 | 6 | 114 | أفغير الله أبتغي حكما وهو الذي أنزل إليكم الكتاب مفصلا والذين آتيناهم الكتاب يعلمون أنه منزل من ربك بالحق فلا تكونن من الممترين |
| | | (ކަލޭގެފާނު ވިދާޅުވާށެވެ!) حكم ކުރާ މީހަކު ކަމުގައި اللَّه ނޫންފަރާތެއް އަހުރެން އެދޭނެހެއްޔެވެެ؟ އެކަލާނގެއީ، (حق އާއި باطل) تفصيل ކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން حق ގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތްދެއްވި މީހުން ދަނެތެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާހުށިކަމެވެ! |
|