نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
884 | 6 | 95 | إن الله فالق الحب والنوى يخرج الحي من الميت ومخرج الميت من الحي ذلكم الله فأنى تؤفكون |
| | | ހަމަކަށަވަރުން، اللّه އީ، އޮށްޓަރާއި، އޮށުން ގަސް ފަޅުއްވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އަދި ދިރޭ ތަކެތިން، މަރުވެފައިވާ ތަކެތި ނެރުއްވާ ރަސްކަލާނގެއެވެ. އެއީ اللَّه އެވެ. ފަހެ، ތިޔަބައިމީހުން (إيمان ކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟ |
|
885 | 6 | 96 | فالق الإصباح وجعل الليل سكنا والشمس والقمر حسبانا ذلك تقدير العزيز العليم |
| | | އެކަލާނގެއީ، ފަތިހުގެ އަލިކަން ނެރުއްވި ރަސްކަލާނގެއެވެ. އަދި ހަމަހިމޭންކަމުގެ ވަގުތެއް ކަމުގައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ވަގުތު ދެނެގަތުމަށްޓަކައި) ހިސާބެއްކަމުގައި އިރާއި، ހަނދު ލެއްވި ރަސްކަލާނގެއެވެ. އެއީ، މޮޅަށް ދެނެވޮޑިގެންވާ، ގަދަފަދަވަންތަ ރަސްކަލާނގެ މިންވަރު ކުރެއްވުމެވެ. |
|
886 | 6 | 97 | وهو الذي جعل لكم النجوم لتهتدوا بها في ظلمات البر والبحر قد فصلنا الآيات لقوم يعلمون |
| | | އަދި އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަރިތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން، އެއިން އެއްގަމާއި، ކަނޑުގައި (ރޭގަނޑުގެ) އަނދިރިކަމުގެ ތެރޭގައި، މަގު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ވަކިވަކިން ބަޔާންކޮށްދެއްވީ، ދަންނަ ބަޔަކަށެވެ. |
|
887 | 6 | 98 | وهو الذي أنشأكم من نفس واحدة فمستقر ومستودع قد فصلنا الآيات لقوم يفقهون |
| | | އަދި އެކަލާނގެއީ، އެންމެ نفس އަކުން (އެބަހީ: آدم ގެފާނުގެ ކިބައިން) ތިޔަބައިމީހުން އުފެއްދެވި ރަސްކަލާނގެއެވެ. ފަހެ، قرار ވެ ތިބެވޭނެ ތަނަކާއި، ރައްކާކުރަން ލެވޭތަނެއް (އެބަހީ: ކަށްވަޅު ތިޔަބައިމީހުންނަށް) ވެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ވަކިވަކިން ބަޔާންކޮށްދެއްވީ ވިސްނާ ބަޔަކަށެވެ. |
|
888 | 6 | 99 | وهو الذي أنزل من السماء ماء فأخرجنا به نبات كل شيء فأخرجنا منه خضرا نخرج منه حبا متراكبا ومن النخل من طلعها قنوان دانية وجنات من أعناب والزيتون والرمان مشتبها وغير متشابه انظروا إلى ثمره إذا أثمر وينعه إن في ذلكم لآيات لقوم يؤمنون |
| | | އަދި އެކަލާނގެއީ، އުޑުން ފެންވެއްސެވި ރަސްކަލާނގެއެވެ. އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. އަދި އެ ގަސްގަހާގެހިން ރޯ ފެހިކުލައިގެ ގޮފިތައް ނެރުއްވައި، އެއިން މަތިމައްޗަށް ހުންނަ އޮށްޓަރުތައް ނެރުއްވަމެވެ. އަދި ކަދުރުރުކުގެ އެތްތަކުން ގާތްގާތުން އިހާތައް ނެރުއްވަމެވެ. އަދި މޭބިސްކަދުރާއި، ޒައިތޫންޏާއި، އަންނާރުގެ ބަގީޗާތައް ނެރުއްވަމެވެ. (އެތަކެތި) އެއްވައްތަރުވެގެންވާ حال ގައްޔާއި، އެއްވައްތަރު ވެގެންނުވާ حال ގައެވެ. ތިޔަބައިމީހުން އޭގެ މޭވާ ނުކުންނަހިނދު އެ މޭވާއަށާއި، އެ މޭވާ ފައްކާވާ ފައްކާވުމަށް (عبرة ގެ نظر އަކުން) ބަލާށެވެ! ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަންތަކުގައި ދަލީލުތަކެއް ވެއެވެ. |
|
889 | 6 | 100 | وجعلوا لله شركاء الجن وخلقهم وخرقوا له بنين وبنات بغير علم سبحانه وتعالى عما يصفون |
| | | ޖިންނީންނަކީ، اللَّه އަށްވާ شريك ންތަކެއްކަމުގައި ހަދައިގެން އެއުރެން އުޅުނޫވެ. އެ ޖިންނީންވެސް ހެއްދެވީ އެކަލާނގެއެވެ. އަދި އެއްވެސް އެނގުމަކާނުލައި، އެކަލާނގެއަށް ދަރިދަރިކަލުންނާއި، ދަރިދަރިކަނބަލުން ވާކަމަށް ހަދައިގެން އެއުރެން އުޅުނޫއެވެ. އެއުރެން އެސިފަކުރާ ކަންތަކުން، އެކަލާނގެ ހުސްطاهر ވެ މަތިވެރިވެވޮޑިގެންވެއެވެ. |
|
890 | 6 | 101 | بديع السماوات والأرض أنى يكون له ولد ولم تكن له صاحبة وخلق كل شيء وهو بكل شيء عليم |
| | | (އެކަލާނގެއީ) އިސްވެދިޔަ مثال އެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެއަށް، ދަރިކަލަކު ވާނީ ކިހިނަކުން ހެއްޔެވެެ؟ އެކަލާނގެއަށް އަނބިކަނބަލަކުވެސް ނުވެއެވެ. އަދި ހުރިހާ ތަކެއްޗެއް ހެއްދެވީ، އެކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
891 | 6 | 102 | ذلكم الله ربكم لا إله إلا هو خالق كل شيء فاعبدوه وهو على كل شيء وكيل |
| | | އެއީ اللَّه އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ حق ވެގެން އަޅުކަމެއްވެވޭ إله އަކުނުވެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ރައްކާތެރި ކުރައްވާ ބަލަހައްޓަވާ ރަސްކަލާނގެއެވެ. |
|
892 | 6 | 103 | لا تدركه الأبصار وهو يدرك الأبصار وهو اللطيف الخبير |
| | | އެކަލާނގެ ذات ފުޅު (ދުނިޔެމަތީގައި) ލޯތަކަކަށް ނުފެންނާނެތެވެ. އެކަލާނގެ، އެ ލޯތައް ދެކެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
893 | 6 | 104 | قد جاءكم بصائر من ربكم فمن أبصر فلنفسه ومن عمي فعليها وما أنا عليكم بحفيظ |
| | | (ކަލޭގެފާނު ވިދާޅުވާށެވެ!) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުންގެ ގާތަށް ދަލީލުތަކެއް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، އެ ދަލީލުތައް ދެކެފިމީހާ (ދަންނާށެވެ!) އެކަމުގެ މަންފާހުރީ، ހަމަ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި އެ ދަލީލުތައް ނުދެކި، ކަނުވެގެންފި މީހާ، އެ ގެއްލުންދެނީވެސް ހަމަ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. |
|