نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
838 | 6 | 49 | والذين كذبوا بآياتنا يمسهم العذاب بما كانوا يفسقون |
| | | ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) އެއުރެން فاسق ވެ އުޅުނު ކަމަށްޓަކައި عذاب އެއުރެންގައި ބީހޭނެތެވެ. |
|
839 | 6 | 50 | قل لا أقول لكم عندي خزائن الله ولا أعلم الغيب ولا أقول لكم إني ملك إن أتبع إلا ما يوحى إلي قل هل يستوي الأعمى والبصير أفلا تتفكرون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ގާތުގައި اللَّه ގެ خزانة ތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް غيب އެނގޭކަމަކަށް ތިޔަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނީ ملائكة އެކޭވެސް ތިޔަބައިމީހުންގެ ގާތަކު ވިދާޅެއްނުވަމެވެ. ތިމަންކަލޭގެފާނަށް وحى އިއްވަވާގޮތަށް މެނުވީ ތިމަންކަލޭގެފާނު تبع ވެވަޑައެއް ނުގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަނުމީހަކާ، ލޮލަށްފެންނަ މީހަކާ ހަމަހަމަވާނޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން فكر ނުކުރަނީހެއްޔެވެެ؟ |
|
840 | 6 | 51 | وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون |
| | | އަދި އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން އެއްކުރައްވާނޭ ކަމާމެދު ބިރުވެތިވެއުޅޭ މީހުންނަށް އެ قرآن ން ކަލޭގެފާނު إنذار ކުރައްވާށެވެ! އެކަލާނގެ ފިޔަވައި އެހީތެރިޔަކުވެސް، شفاعة ތެރިޔަކުވެސް އެއުރެންނަކަށް ނުވެއެވެ. (އެއީ) އެއުރެން تقوى ވެރި ވުމަށްޓަކައެވެ. |
|
841 | 6 | 52 | ولا تطرد الذين يدعون ربهم بالغداة والعشي يريدون وجهه ما عليك من حسابهم من شيء وما من حسابك عليهم من شيء فتطردهم فتكون من الظالمين |
| | | އަދި އެއުރެން އެކަލާނގެ وجه ފުޅު އެދިގެން ހެނދުނާއި، ހަވީރު އެއުރެންގެ ވެރިރަސްކަލާނގެއަށް دعاء ކޮށްއުޅޭ މީހުން ކަލޭގެފާނު ދުރުކޮށް ނުލައްވާށެވެ! އެއުރެންގެ حساب ބެއްލެވުމުގެ ތެރެއިން ކަމެއް ކަލޭގެފާނަކަށް ނެތެވެ. އަދި ކަލޭގެފާނުގެ حساب ބެއްލެވުމުގެ ތެރެއިން ކަމެއް އެއުރެންނަކަށްވެސް ނެތެވެ. ފަހެ، ކަލޭގެފާނު އެއުރެން ދުރުކޮށްލައްވައިފިނަމަ، އަނިޔާވެރިންގެ ތެރެއިން ކަލޭގެފާނު ވެދާނެތެވެ. |
|
842 | 6 | 53 | وكذلك فتنا بعضهم ببعض ليقولوا أهؤلاء من الله عليهم من بيننا أليس الله بأعلم بالشاكرين |
| | | އެއުރެންގެ އެއްބަޔަކު އަނެއްބަޔަކު މެދުވެރި ކުރައްވައި امتحان ކުރައްވަމުން ތިމަންރަސްކަލާނގެ ގެންދެވީ އެފަދައިންނެވެ. އެއީ އަހުރެމެންގެ ތެރެއިން اللَّه نعمة ދެއްވާފައިވާ ބަޔަކީ މިބައިމީހުންހޭ؟ އެއުރެން ބުނުމަށްޓަކައެވެ. شكر ވެރިވާ މީހުން އެންމެބޮޑަށް ދެނެވޮޑިގެންވަނީ، اللَّه ކަމުގައިނުވޭ ހެއްޔެވެެ؟ |
|
843 | 6 | 54 | وإذا جاءك الذين يؤمنون بآياتنا فقل سلام عليكم كتب ربكم على نفسه الرحمة أنه من عمل منكم سوءا بجهالة ثم تاب من بعده وأصلح فأنه غفور رحيم |
| | | ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ رحمة އެކަލާނގެ ذات ފުޅުގެ މައްޗަށް لازم ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު، ނުބައިކަމެއްކޮށް، ދެން އެއަށްފަހު، توبة ވެ (عمل ތައް) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. |
|
844 | 6 | 55 | وكذلك نفصل الآيات ولتستبين سبيل المجرمين |
| | | ތިމަންރަސްކަލާނގެ آية ތައް بيان ކުރައްވަނީ އެފަދައިންނެވެ. އެއީ ކުށްވެރިންގެ މަގު ބަޔާންވެ އޮތުމަށްޓަކައެވެ. |
|
845 | 6 | 56 | قل إني نهيت أن أعبد الذين تدعون من دون الله قل لا أتبع أهواءكم قد ضللت إذا وما أنا من المهتدين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން دعاء ކޮށްއުޅޭ ފަރާތްތަކަށް އަޅުކަންކުރުން ތިމަންކަލޭގެފާނަށް ހަމަކަށަވަރުން، ނަހީކުރެއްވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ އެދުންތަކަކަށް ތިމަންކަލޭގެފާނު تبع އެއް ނުވާނަމެވެ. އެހެންވެއްޖެނަމަ، ތިމަންކަލޭގެފާނު މަގުފުރެދުނީސްކަން ކަށަވަރެވެ. އަދި އޭރުން ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވީހެވެ. |
|
846 | 6 | 57 | قل إني على بينة من ربي وكذبتم به ما عندي ما تستعجلون به إن الحكم إلا لله يقص الحق وهو خير الفاصلين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެ އެނގިގެންވާ ކަންތައްތަކެއްގެ މަތީގައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ ދޮގުކުޅައީމުއެވެ. އެކަމެއް އަވަސްވުންއެދި ތިޔަބައިމީހުން އުޅޭކަންތައް (އެބަހީ: اللَّه ގެ عذاب ފޮނުއްވުން) ތިމަންކަލޭގެފާނުންގެ ކިބަޔަކު ނުވެއެވެ. حكم ކުރެއްވުން اللَّه އަށް މެނުވީ ނުވެއެވެ. އެކަލާނގެ حق ބަސްފުޅު وحى ކުރައްވައެވެ. އެކަލާނގެއީ، حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. |
|
847 | 6 | 58 | قل لو أن عندي ما تستعجلون به لقضي الأمر بيني وبينكم والله أعلم بالظالمين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އެކަމެއް އަވަސްވުންއެދި، ތިޔަބައިމީހުން އުޅޭކަންތައް ތިމަންކަލޭގެފާނުގެ ކިބައިގައިވާނަމަ، ތިމަންކަލޭގެފާނާ ތިޔަބައިމީހުންނާ ދެމެދުގައިވާ ކަންތަކުގެ ނިޔާކަނޑައަޅުއްވައި ނިންމަވައިފީސްކަން ކަށަވަރެވެ. އަނިޔާވެރިން ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ. |
|