نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
825 | 6 | 36 | إنما يستجيب الذين يسمعون والموتى يبعثهم الله ثم إليه يرجعون |
| | | ހަމަކަށަވަރުން (ކަލޭގެފާނުންގެ ގޮވައިލެއްވުމަށް) އިޖާބަދެނީ (ވިސްނުމާއެކު) އަޑުއަހާ މީހުންނެވެ. އަދި اللَّه، މަރުވެފައިވާ މީހުން އަލުން ދިރުއްވާހުށްޓެވެ. ދެން އެއުރެން އަނބުރާ رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. |
|
826 | 6 | 37 | وقالوا لولا نزل عليه آية من ربه قل إن الله قادر على أن ينزل آية ولكن أكثرهم لا يعلمون |
| | | އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނަށް معجزة އެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، معجزة އެއް ބާވައިލެއްވުމަށްވެސް اللَّه ކުޅަދުންވަންތައެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. |
|
827 | 6 | 38 | وما من دابة في الأرض ولا طائر يطير بجناحيه إلا أمم أمثالكم ما فرطنا في الكتاب من شيء ثم إلى ربهم يحشرون |
| | | ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّة ތަކެއް ކަމުގައި ނޫޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (قيامة ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرة އަށެވެ. |
|
828 | 6 | 39 | والذين كذبوا بآياتنا صم وبكم في الظلمات من يشإ الله يضلله ومن يشأ يجعله على صراط مستقيم |
| | | ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންވަނީ، އަނދިރިތަކެއްގެ ތެރޭގައިވާ، ބީރު އަދި މަންމަން ބަޔަކުކަމުގައެވެ. اللَّه އިރާދަކުރައްވާ މީހަކު މަގު ފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު ސީދާ ވެގެންވާ ތެދުމަގެއްގައި ލަހައްޓަވަތެވެ. |
|
829 | 6 | 40 | قل أرأيتكم إن أتاكم عذاب الله أو أتتكم الساعة أغير الله تدعون إن كنتم صادقين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ މީހުން ކަމުގައިވާނަމަ، ނިކަން ތިޔަބައިމީހުން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ގާތަށް اللَّه ގެ عذاب އަތުވެއްޖެނަމަ، ނުވަތަ قيامة ގެ ވަގުތު ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، اللَّه ނޫންފަރާތަކަށް ތިޔަބައިމީހުން دعاء ކުރާނެހެއްޔެވެ؟ |
|
830 | 6 | 41 | بل إياه تدعون فيكشف ما تدعون إليه إن شاء وتنسون ما تشركون |
| | | އަދި ކިއެއްތަ! ތިޔަބައިމީހުން دعاء ކުރާނީ ހަމައެކަނި އެކަލާނގެއަށެވެ. ދެން ތިޔަބައިމީހުން دعاء ކޮށް (ފިއްލެވުންއެދި) ދެންނެވިކަމެއް އެކަލާނގެ އިރާދަކުރައްވައިފިނަމަ، ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުން شريك ކުޅަ ފަރާތްތައް ތިޔަބައިމީހުން ހަނދާން ނައްތައިލާނޫއެވެ. |
|
831 | 6 | 42 | ولقد أرسلنا إلى أمم من قبلك فأخذناهم بالبأساء والضراء لعلهم يتضرعون |
| | | ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. ދެން (އެއުރެން كافر ވީހިނދު) ތަދުމަޑުކަމާއި ބަލިމަޑުކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ޖެއްސެވީމެވެ. (އެއީ) އެއުރެން ކިޔަމަންވެ މަޑުމޮޅިވުމަށްޓަކައެވެ. |
|
832 | 6 | 43 | فلولا إذ جاءهم بأسنا تضرعوا ولكن قست قلوبهم وزين لهم الشيطان ما كانوا يعملون |
| | | ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންނާ ހަމަޔަށް އައިހިނދުވެސް، އެއުރެން ކިޔަމަންވެ މަޑުމޮޅިނުވީ ކީއްވެގެންބާވައެވެ؟ އެހެނެއްކަމަކު އެއުރެންގެ ހިތްތައް ހަރުކަށިވެފައިވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް އެއުރެންނަށް شيطان އާ ޒީނަތްތެރިކޮށް ދެއްކިއެވެ. |
|
833 | 6 | 44 | فلما نسوا ما ذكروا به فتحنا عليهم أبواب كل شيء حتى إذا فرحوا بما أوتوا أخذناهم بغتة فإذا هم مبلسون |
| | | ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތައް، އެއުރެން ހަނދާންނައްތައިފި ހިނދު (امتحان އެއްގެ ގޮތުން) ހުރިހާކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވި ކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު اميد ކެނޑިފައިތިބި ބަޔަކު ކަމުގައި އެއުރެންވިއެވެ. |
|
834 | 6 | 45 | فقطع دابر القوم الذين ظلموا والحمد لله رب العالمين |
| | | ދެން އަނިޔާވެރިވީ މީހުންގެ އެންމެފަހު މީހާއަށްދާނދެން ނެތި ކުރެއްވިއެވެ. حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. |
|