نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
803 | 6 | 14 | قل أغير الله أتخذ وليا فاطر السماوات والأرض وهو يطعم ولا يطعم قل إني أمرت أن أكون أول من أسلم ولا تكونن من المشركين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އެހީތެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ހިއްޕަވަންވީ، އިސްވެދިޔަ مثال އެއް ނެތި އުޑުތަކާއި ބިންހެއްދެވި اللَّه ނޫން އެހެންފަރާތެއް ހެއްޔެވެ؟ رزق ދެއްވަނީ އެކަލާނގެއެވެ. رزق ލިބުމަކަށް އެކަލާނގެ ބޭނުންވެވޮޑިގެނެއް ނުވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! إسلام ވީ އެންމެ ފުރަތަމަ މީހާ ކަމުގައިވުމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވެއެވެ. އަދި ހަމަކަށަވަރުން، شريك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! |
|
804 | 6 | 15 | قل إني أخاف إن عصيت ربي عذاب يوم عظيم |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ހަމަކަށަވަރުން ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ. |
|
805 | 6 | 16 | من يصرف عنه يومئذ فقد رحمه وذلك الفوز المبين |
| | | އެދުވަހުން، އެމީހެއްގެ ކިބައިން އެ عذاب ދުރުކުރައްވާފައިވާ މީހާ (ދަންނަށާވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް އެކަލާނގެ رحمة ލައްވައިފިއެވެ. އަދި بيان ވެގެންވާ نصيب ލިބުމަކީ އެއީއެވެ. |
|
806 | 6 | 17 | وإن يمسسك الله بضر فلا كاشف له إلا هو وإن يمسسك بخير فهو على كل شيء قدير |
| | | އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. |
|
807 | 6 | 18 | وهو القاهر فوق عباده وهو الحكيم الخبير |
| | | އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. |
|
808 | 6 | 19 | قل أي شيء أكبر شهادة قل الله شهيد بيني وبينكم وأوحي إلي هذا القرآن لأنذركم به ومن بلغ أئنكم لتشهدون أن مع الله آلهة أخرى قل لا أشهد قل إنما هو إله واحد وإنني بريء مما تشركون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ހެކިބަހެއްގެގޮތުން އެންމެބޮޑީ، ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދު اللَّه ހެކިވެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށާއި، އެމީހަކާ ހަމަޔަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު إنذار ކުރެއްވުމަށް ތިމަންކަލޭގެފާނަށް މި قرآن، وحى ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އާއެކުގައި އެހެން إله ންތަކެއް ވާކަމަށް ތިޔަބައިމީހުން ހެކިވަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު (އެކަމަކަށް) ހެތްކެއް ނުވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހަމަކަށަވަރުން، އެއްކައުވަންތަ ކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ، ތިޔަބައިމީހުން شريك ކުރާ ތަކެތިން ބަރީއަވެގެންނެވެ. |
|
809 | 6 | 20 | الذين آتيناهم الكتاب يعرفونه كما يعرفون أبناءهم الذين خسروا أنفسهم فهم لا يؤمنون |
| | | ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން، އެއުރެންގެ ދަރިން ދަންނަ ފަދައިން އެއުރެން އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ދަނެތެވެ. (އެބަހީ: توراة އާއި، إنجيل ގެ أهل ވެރިން، محمد ގެފާނަކީ رسول އަކުކަން ރަނގަޅަށް ދަނެތެވެ.) އެއުރެންގެ نفس ތައް ގެއްލެނި ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ. |
|
810 | 6 | 21 | ومن أظلم ممن افترى على الله كذبا أو كذب بآياته إنه لا يفلح الظالمون |
| | | اللَّه އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން ނުވަތަ، އެކަލާނގެ آية ތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ. |
|
811 | 6 | 22 | ويوم نحشرهم جميعا ثم نقول للذين أشركوا أين شركاؤكم الذين كنتم تزعمون |
| | | ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާދުވަސް (ހަނދުމަކުރާށެވެ!) ދެން، شريك ކުޅަ މީހުންނަށް ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުން شريك ން ކަމުގައި ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ |
|
812 | 6 | 23 | ثم لم تكن فتنتهم إلا أن قالوا والله ربنا ما كنا مشركين |
| | | ދެން ތިމަންމެންގެ ވެރި اللَّه ގަންދީ ބުނަމުއޭ، شريك ކުޅަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއޭ، އެއުރެން ބުނުން ނޫން ބަހަނާއެއް އެއުރެން ދައްކާކަށް ނެތެވެ. |
|