نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
779 | 5 | 110 | إذ قال الله يا عيسى ابن مريم اذكر نعمتي عليك وعلى والدتك إذ أيدتك بروح القدس تكلم الناس في المهد وكهلا وإذ علمتك الكتاب والحكمة والتوراة والإنجيل وإذ تخلق من الطين كهيئة الطير بإذني فتنفخ فيها فتكون طيرا بإذني وتبرئ الأكمه والأبرص بإذني وإذ تخرج الموتى بإذني وإذ كففت بني إسرائيل عنك إذ جئتهم بالبينات فقال الذين كفروا منهم إن هذا إلا سحر مبين |
| | | اللَّه، وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނޭވެ! ކަލޭގެފާނަށާއި، ކަލޭގެފާނުންގެ މައިކަނބަލުންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة ހަނދުމަކުރައްވާށެވެ! (އެއީ) جبريل ގެފާނު ފޮނުއްވައި ކަލޭގެފާނަށް، ތިމަންރަސްކަލާނގެ ބާރުދެއްވިހިނދެވެ. ޅަފަތުގެ ދާނުގައްޔާއި، ދެވަންފުރާގައި، ކަލޭގެފާނު މީސްތަކުންނާ ވާހަކަ ދައްކަވަމުއެވެ. އަދި ފޮތާއި، حكمة އާއި، توراة އާއި، إنجيل، ކަލޭގެފާނަށް އުނގަންނައިދެއްވި ހިނދެވެ. އަދި ތިމަންރަސްކަލާނގެ إذن ފުޅާއެކު، ކަލޭގެފާނު މަށީން ދޫންޏެއްގެ ސިފަހައްދަވައި، އެއަށް ފުމެލެއްވުމުން، ތިމަންރަސްކަލާނގެ إذن ފުޅާއެކު، ދޫންޏަކަށްވެގެން ދިޔަހިނދެވެ. ލޯފަންވެފައިވާ މީހުންނާއި، برص ބަލިޖެހިފައިވާ މީހުންނަށް ކަލޭގެފާނު، ތިމަންރަސްކަލާނގެ إذن ފުޅާއެކު ފަސޭހަކޮށްދެއްވި ހިނދެވެ. އަދި ތިމަންރަސްކަލާނގެ إذن ފުޅާއެކު، ކަލޭގެފާނު، މަރުވެފައިތިބި މީހުން ދިރުއްވައި، ނެރުއްވިހިނދެވެ. ކަނޑައެޅި بيان ވެގެންހުރި ހެކިތަކާއިގެން، ކަލޭގެފާނު إسـرآءيـل ގެދަރިންގެ ގާތަށް ވަޑައިގަތްހިނދު، އެއުރެންގެ އުނދަގޫތައް، ކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިހިނދެވެ. ފަހެ، އެއުރެންގެ ތެރެއިން كافر ވި މީހުން ބުނޫއެވެ. މިކަންތައްތަކަކީ، ފާޅުވެ بيان ވެގެން ހުރި ޖާދޫކަމުގައި ނޫނީ ނުވެއެވެ. |
|
780 | 5 | 111 | وإذ أوحيت إلى الحواريين أن آمنوا بي وبرسولي قالوا آمنا واشهد بأننا مسلمون |
| | | އަދި ތިމަންރަސްކަލާނގެއަށާއި، ތިމަންރަސްކަލާނގެ رسول އާއަށް إيمان ވުމަށް حوارى ންނަށް، ތިމަންރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ދެން حوارى ން ދެންނެވޫއެވެ. ތިމަންމެން إيمان ވެއްޖައީމުއެވެ. އަދި ތިމަންމެންނީ ބޯލަނބައި، ކިޔަމަންވެގެންތިބި ބަޔަކުކަމަށް އިބަރަސްކަލާނގެ ހެކިވެވޮޑިގެންފާނދޭވެ! (ނޯޓު: حوارى ންނަކީ، عيسى ގެފާނަށް تبع ވެގެން އެކަލޭގެފާނުގެ އަރިހުގައި އުޅުއްވި އެންމެ إخلاص ތެރި އެކުވެރިންނެވެ.) |
|
781 | 5 | 112 | إذ قال الحواريون يا عيسى ابن مريم هل يستطيع ربك أن ينزل علينا مائدة من السماء قال اتقوا الله إن كنتم مؤمنين |
| | | حوارى ން ދެންނެވިހިނދު ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނޭވެ! ތިމަންމެންނަށް ކާތަކެތީގެ ދޮލަނގެއް، އުޑުން ބާވައިލެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަވެގެން ވޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން إيمان ވެގެންތިބި ބަޔަކު ކަމުގައި ވަނީނަމަ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! |
|
782 | 5 | 113 | قالوا نريد أن نأكل منها وتطمئن قلوبنا ونعلم أن قد صدقتنا ونكون عليها من الشاهدين |
| | | އެއުރެން ދެންނެވޫއެވެ. ތިމަންމެން އެދެނީ، އެއިން ކެއުމަށާއި، ތިމަންމެންގެ ހިތްތައް ހަމަޖެހުމަށެވެ. އަދި ކަލޭގެފާނު ވިދާޅުވީ ތެދެއްކަން ތިމަންމެންނަށް އެނގުމަށެވެ. އަދި އެކަމުގެ މައްޗަށް ހެކިވާ މީހުންގެ ތެރެއިން ތިމަންމެން ވުމަށެވެ. |
|
783 | 5 | 114 | قال عيسى ابن مريم اللهم ربنا أنزل علينا مائدة من السماء تكون لنا عيدا لأولنا وآخرنا وآية منك وارزقنا وأنت خير الرازقين |
| | | مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު ވިދާޅުވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ކާތަކެތީގެ ދޮލަނގެއް އަޅަމެންނަށް އުޑުން ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި، ފަހުގެ މީހުންނަށް عيد އެއް ކަމުގައި ވުމަށެވެ. އަދި އިބަރަސްކަލާނގެ حضرة ން އައި ހެތްކެއްގެ ގޮތުގައެވެ. އަދި އަޅަމެންނަށް رزق ދެއްވައިފާނދޭވެ! އިބަރަސްކަލާނގެއީ، رزق ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. |
|
784 | 5 | 115 | قال الله إني منزلها عليكم فمن يكفر بعد منكم فإني أعذبه عذابا لا أعذبه أحدا من العالمين |
| | | اللَّه، وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ދޮލަނގު ބާވައިލައްވާހުށީމެވެ. ފަހެ، އެއަށްފަހު ތިޔަބައިމީހުންގެ ތެރެއިން، كافر ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، عالم ތަކުގެ ތެރެއިން އެކަކަށްވެސް، ތިމަންރަސްކަލާނގެ ނުދެއްވާ عذاب އެއް އެމީހަކަށް ދެއްވާހުށީމެވެ. |
|
785 | 5 | 116 | وإذ قال الله يا عيسى ابن مريم أأنت قلت للناس اتخذوني وأمي إلهين من دون الله قال سبحانك ما يكون لي أن أقول ما ليس لي بحق إن كنت قلته فقد علمته تعلم ما في نفسي ولا أعلم ما في نفسك إنك أنت علام الغيوب |
| | | اللَّه، وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނެވެ! اللَّه ފިޔަވައި، ތިމަންނާއާއި، ތިމަންގެ މައިކަނބަލުންނީ، ދެ إله ން ކަމުގައި ތިޔަބައިމީހުން ހިފާށޭ ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! ބުނުމުގެ حق މިއަޅާޔަށް ލިބިގެންނުވާ ބަހެއްބުނުން، މިއަޅާއަކަށް ނުވެއެވެ. މިއަޅާ އެބަސްބުނިނަމަ، އިބަރަސްކަލާނގެ އެކަން ދެނެވޮޑިގެންވާނެކަން ކަށަވަރެވެ. މިއަޅާގެ ހިތުގައިވާ ކަންތައްވެސް، އިބަރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އިބަރަސްކަލާނގެ އިރާދަފުޅުގައި ވާކަންތައް، މިއަޅާއަކަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ވަންހަނާގައި ވާހައި ކަމެއްވެސް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
786 | 5 | 117 | ما قلت لهم إلا ما أمرتني به أن اعبدوا الله ربي وربكم وكنت عليهم شهيدا ما دمت فيهم فلما توفيتني كنت أنت الرقيب عليهم وأنت على كل شيء شهيد |
| | | އިބަރަސްކަލާނގެ، މިއަޅާއަށް أمر ކުރައްވާފައިވާ އެއްޗެއް މެނުވީ، މިއަޅާ އެއުރެންނަކަށް ނުބުނަމެވެ. (ބުނީ) ތިމަންގެވެރި، އަދި ތިޔަބައިމީހުންގެވެސް ވެރި، اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށޭ އެވެ. އެއުރެންގެ ތެރޭގައި، މިއަޅާ ހުރިހައި ހިނދަކު، އެއުރެންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވީމެވެ. ދެން އިބަރަސްކަލާނގެ، މިއަޅާ ގެންދެވިހިނދު، އެއުރެންގެ މައްޗަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި، އިބަރަސްކަލާނގެ ވޮޑިގެންވީމުއެވެ. އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
787 | 5 | 118 | إن تعذبهم فإنهم عبادك وإن تغفر لهم فإنك أنت العزيز الحكيم |
| | | އެއުރެންނަށް، އިބަރަސްކަލާނގެ عذاب ދެއްވާނަމަ، ފަހެ، ހަމަކަށަވަރުން، އެއުރެންނީ، އިބަރަސްކަލާނގެ އަޅުންނެވެ. އަދި އެއުރެންނަށް އިބަރަސްކަލާނގެ ފާފަފުއްސަވާނަމަ، ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. |
|
788 | 5 | 119 | قال الله هذا يوم ينفع الصادقين صدقهم لهم جنات تجري من تحتها الأنهار خالدين فيها أبدا رضي الله عنهم ورضوا عنه ذلك الفوز العظيم |
| | | اللَّه، وحى ކުރައްވާނެތެވެ. މިއީ، ތެދުވެރިންނަށް، އެއުރެންގެ ތެދުވެރިކަން، މަންފާކޮށްދޭނޭ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއުރެންނަށް ހުށްޓެވެ. އެ ސުވަރުގެތަކުގައި، އެއުރެން އަބަދަށް ދެމިތިބޭ ގޮތުގައެވެ. اللَّه، އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެންވެސް، އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ. |
|