نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
735 | 5 | 66 | ولو أنهم أقاموا التوراة والإنجيل وما أنزل إليهم من ربهم لأكلوا من فوقهم ومن تحت أرجلهم منهم أمة مقتصدة وكثير منهم ساء ما يعملون |
| | | އަދި އެއުރެން توراة އާއި، إنجيل އާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެއުރެންނަށް ބާވައިލެއްވި ފޮތުގެ (އެބަހީ: قرآن ގެ) حكم قائم ކުރިނަމަ، އެއުރެންގެ މަތިންނާއި، އެއުރެންގެ ފައިދަށުން އެއުރެންނަށް رزق ލިބުނީހެވެ. އެއުރެންގެ ތެރެއިން މެދުމިން ބަޔަކުވެސް ވެއެވެ. ނަމަވެސް އޭގެތެރެއިން ގިނަމީހުން ކުޅަ عمل ތައް ހާދަހާ ނުބައިވެގެންވެއެވެ. |
|
736 | 5 | 67 | يا أيها الرسول بلغ ما أنزل إليك من ربك وإن لم تفعل فما بلغت رسالته والله يعصمك من الناس إن الله لا يهدي القوم الكافرين |
| | | އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية ތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ رسالة އިއްވެވިކަމަކަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. ހަމަކަށަވަރުން، كافر ވި މީސްތަކުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. |
|
737 | 5 | 68 | قل يا أهل الكتاب لستم على شيء حتى تقيموا التوراة والإنجيل وما أنزل إليكم من ربكم وليزيدن كثيرا منهم ما أنزل إليك من ربك طغيانا وكفرا فلا تأس على القوم الكافرين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން توراة އާއި، إنجيل އާއި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ބާވައިލެއްވިފޮތުގެ (އެބަހީ: قرآن ގެ) حكم قائم ކޮށްފުމަށްދާނދެން ތިޔަބައިމީހުން ތެދުމަގެއްގައި ތިބިބަޔަކު ކަމުގައި ނުވަމުއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި ތަކެތި، އޭގެތެރެއިން ގިނަމީހުންގައި ދެކޮޅުވެރިކަމާއި، كافر ކަން އިތުރުކުރާނެކަން ކަށަވަރެވެ. ފަހެ، كافر ވި މީސްތަކުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! |
|
738 | 5 | 69 | إن الذين آمنوا والذين هادوا والصابئون والنصارى من آمن بالله واليوم الآخر وعمل صالحا فلا خوف عليهم ولا هم يحزنون |
| | | ހަމަކަށަވަރުން، إيمان ވި މީހުންނާއި، يهودى ން ކަމުގައިވި މީހުންނާއި، صابئ ންނާއި، نصارى އިންގެ ތެރެއިން اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، ހެޔޮ عمل ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. |
|
739 | 5 | 70 | لقد أخذنا ميثاق بني إسرائيل وأرسلنا إليهم رسلا كلما جاءهم رسول بما لا تهوى أنفسهم فريقا كذبوا وفريقا يقتلون |
| | | ހަމަކަށަވަރުން، إسـرآءيـل ގެދަރިންގެ ކަށަވަރުވެގެންވާ عهد ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. އަދި އެއުރެންގެ ގާތަށް رسول ންތަކެއް ފޮނުއްވީމެވެ. އެއުރެންގެ ހިތް ނޭދޭގޮތަކާއިގެން، އެއުރެންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އޭގެތެރެއިން ބައެއް رسول ންގެ ބަސްފުޅު ދޮގުކުރެތެވެ. އަދި އެއުރެން އަނެއްބައި رسول ން قتل ކުރެތެވެ. |
|
740 | 5 | 71 | وحسبوا ألا تكون فتنة فعموا وصموا ثم تاب الله عليهم ثم عموا وصموا كثير منهم والله بصير بما يعملون |
| | | އެއުރެންނަށް امتحان އެއް ނާންނާނެކަމަށް، އެއުރެން ހީކުޅައޫއެވެ. ފަހެ، (އެކަމުގެ ސަބަބުން حق އާމެދު) އެއުރެން ކަނުވެގެންފޫއެވެ. އަދި ބީރުވެގެންފޫއެވެ. ދެން اللَّه، އެއުރެންގެ މައްޗަށް توبة ލެއްވިއެވެ. ދެންވެސް އެއުރެންގެ ތެރެއިން ގިނަބަޔަކު ކަނުވެގެންފޫއެވެ. އަދި ބީރުވެގެންފޫއެވެ. اللَّه އީ، އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
741 | 5 | 72 | لقد كفر الذين قالوا إن الله هو المسيح ابن مريم وقال المسيح يا بني إسرائيل اعبدوا الله ربي وربكم إنه من يشرك بالله فقد حرم الله عليه الجنة ومأواه النار وما للظالمين من أنصار |
| | | ހަމަކަށަވަރުން، اللَّه އީ، مريم ގެފާނުގެ ދަރިކަލުން المسيح (عيسى ގެފާނު) ކަމަށް ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. އަދި المسيح ވިދާޅުވިއެވެ. އޭ إسـرآءيـل ގެދަރިންނޭވެ! އަހުރެންގެ ވެރިރަސްކަލާނގެ، އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! ހަމަކަށަވަރުން اللَّه އަށް شريك ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ حرام ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: شريك ކުޅަ މީހުންނަށް) نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ. |
|
742 | 5 | 73 | لقد كفر الذين قالوا إن الله ثالث ثلاثة وما من إله إلا إله واحد وإن لم ينتهوا عما يقولون ليمسن الذين كفروا منهم عذاب أليم |
| | | ހަމަކަށަވަރުން، اللَّه އީ، ތިން إله ންކުރެ إله އެކޭ ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. އެއްކައުވަންތަ إله މެނުވީ، އެހެން إله އަކު ނުވެއެވެ. އެއުރެން އެބުނާ ބުނުން ހުއްޓާނުލިނަމަ، ހަމަކަށަވަރުން، އެއުރެންގެ ތެރެއިން كافر ވި މީހުންނަށް ވޭންދެނިވި عذاب ލިބޭނެކަން ކަށަވަރެވެ. |
|
743 | 5 | 74 | أفلا يتوبون إلى الله ويستغفرونه والله غفور رحيم |
| | | ފަހެ، އެއުރެން اللَّه އަށް توبة ނުވަނީހެއްޔެވެ؟ އަދި ފާފަފުއްސެވުން އެދި އެކަލާނގެ حضرة އަށް ނުދަންނަވަނީ ހެއްޔެވެ؟ ފަހެ، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. |
|
744 | 5 | 75 | ما المسيح ابن مريم إلا رسول قد خلت من قبله الرسل وأمه صديقة كانا يأكلان الطعام انظر كيف نبين لهم الآيات ثم انظر أنى يؤفكون |
| | | رسول އަކު ކަމުގައި މެނުވީ مريم ގެފާނުންގެ ދަރިކަލުން المسيح ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ ތެދުވެރި ބޭކަނބަލެކެވެ. އެ ދެމައިކަނބަލުން (އެހެނިހެން މީހުންފަދައިން) ކާތަކެތި ފަރިއްކުޅުއްވައި އުޅުއްވިއެވެ. ތިމަންރަސްކަލާނގެ އެއުރެންނަށް آية ތައް (އެބަހީ: ހެކިތައް) بيان ކޮށްދެއްވަނީ ކޮންފަދަޔަކުންކަން ދެކޭށެވެ! ދެން އެއުރެން (حق ގެމަގުން) އެއްކިބާވަނީ ކޮންފަދަޔަކުންކަން ދެކޭށެވެ! |
|