نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
719 | 5 | 50 | أفحكم الجاهلية يبغون ومن أحسن من الله حكما لقوم يوقنون |
| | | ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟ |
|
720 | 5 | 51 | يا أيها الذين آمنوا لا تتخذوا اليهود والنصارى أولياء بعضهم أولياء بعض ومن يتولهم منكم فإنه منهم إن الله لا يهدي القوم الظالمين |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. |
|
721 | 5 | 52 | فترى الذين في قلوبهم مرض يسارعون فيهم يقولون نخشى أن تصيبنا دائرة فعسى الله أن يأتي بالفتح أو أمر من عنده فيصبحوا على ما أسروا في أنفسهم نادمين |
| | | ފަހެ، އެއުރެންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން (އެބަހީ: شك އާއި نفاق ގެ ބަލިހުންނަ މީހުން) އެއުރެންގެ އެކުވެރިކަން ލިބިގަތުމަށް އަވަސްވެގަންނާތީ، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. ތިމަންމެންނަށް مصيبة އެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެތެވެ. ފަހެ، اللَّه فتح އެއްވެސް ދެއްވައިފާނެތެވެ. ނުވަތަ އެކަލާނގެ حضرة ން، އެހެން أمر ފުޅެއްވެސް އަތުވެދާނެތެވެ. ފަހެ، އެހާރުން އެއުރެންގެ ހިތްތަކުގައި ވަންހަނާކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެން ވާނެތެވެ. |
|
722 | 5 | 53 | ويقول الذين آمنوا أهؤلاء الذين أقسموا بالله جهد أيمانهم إنهم لمعكم حبطت أعمالهم فأصبحوا خاسرين |
| | | إيمان ވި މީހުން ބުނާނެތެވެ. ހަމަކަށަވަރުން، އެއުރެންތިބީ ތިޔަބައިމީހުންނާ އެކުގައިކަމަށް އެއުރެންނަށް ވެވުނުހައި ގަދައެއްކޮށް اللّه ގަންދީ ހުވާކުރި ބަޔަކީ މިއީހެއްޔެވެ؟ އެއުރެންގެ عمل ތައްވަނީ باطل ވެފައެވެ. ދެން އެއުރެން ގެއްލި ހަލާކުވެގެންވާ ބަޔަކު ކަމުގައި ވެއްޖައޫއެވެ. |
|
723 | 5 | 54 | يا أيها الذين آمنوا من يرتد منكم عن دينه فسوف يأتي الله بقوم يحبهم ويحبونه أذلة على المؤمنين أعزة على الكافرين يجاهدون في سبيل الله ولا يخافون لومة لائم ذلك فضل الله يؤتيه من يشاء والله واسع عليم |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ دين ދޫކޮށް مرتد ވާމީހާ (ދަންނާށެވެ!) ފަހެ، (އެއުރެންގެ ބަދަލުގައި) އެބަޔަކަށް އެކަލާނގެ ލޯބިވެވޮޑިގެންވާ، އަދި އެބަޔަކު އެކަލާނގެދެކެ ލޯބިވާ ބަޔަކު اللَّه ގެންނަވާނެތެވެ. އެއީ مؤمن ންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ. كافر ންގެ މައްޗަށް ގަދަފަދަ عزّة ތެރި ބަޔެކެވެ. اللَّه ގެ މަގުގައި އެއުރެން جهاد ކުރާނެތެވެ. އަދި މަލާމާތްކުރާ މީހެއްގެ މަލާމާތަކަށް އެއުރެން ބިރެއް ނުގަންނާނެތެވެ. އެއީ اللَّه ގެ فضل ވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަން ދެއްވަތެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
724 | 5 | 55 | إنما وليكم الله ورسوله والذين آمنوا الذين يقيمون الصلاة ويؤتون الزكاة وهم راكعون |
| | | ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެހީތެރިޔަކީ اللَّه އެވެ. އަދި އެކަލާނގެ رسول އާއެވެ. އަދި إيمان ވެގެންތިބި މީހުންނެވެ. އެއުރެންނީ خشوع ގައިތިބެ ނަމާދުކޮށް، އަދި زكاة ދޭ މީހުންނެވެ. |
|
725 | 5 | 56 | ومن يتول الله ورسوله والذين آمنوا فإن حزب الله هم الغالبون |
| | | اللَّه އާއި، އެކަލާނގެ رسول އާއާއި، إيمان ވެގެންތިބި މީހުން އެއީ، އެހީތެރިންކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ اللَّه ގެ جماعة އެވެ. |
|
726 | 5 | 57 | يا أيها الذين آمنوا لا تتخذوا الذين اتخذوا دينكم هزوا ولعبا من الذين أوتوا الكتاب من قبلكم والكفار أولياء واتقوا الله إن كنتم مؤمنين |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން ތިޔަބައިމީހުންގެ دين އަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައިގެން އުޅުނު މީހުންނާއި، كافر ން އެއީ، އެހީތެރިން ކަމުގައި ނުހަދާށެވެ! އަދި ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމަަ اللَّه އަށް تقوى ވެރިވާށެވެ! |
|
727 | 5 | 58 | وإذا ناديتم إلى الصلاة اتخذوها هزوا ولعبا ذلك بأنهم قوم لا يعقلون |
| | | އަދި ތިޔަބައިމީހުން ނަމާދަށް ގޮވައިފިނަމަަ އެކަމަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި އެއުރެން ހަދަތެވެ. އެއީ، އެއުރެންނަކީ ހަމަކަށަވަރުންވެސް ނުވިސްނޭބަޔަކު ކަމުގައިވާތީއެވެ. |
|
728 | 5 | 59 | قل يا أهل الكتاب هل تنقمون منا إلا أن آمنا بالله وما أنزل إلينا وما أنزل من قبل وأن أكثركم فاسقون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! اللَّه ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ކުރިން ބާވައިލެއްވި ފޮތްތަކަށް ތިމަންމެން إيمان ވާ ކަމާއި، ތިޔަބައިމީހުންކުރެ ގިނަމީހުންނަކީ فاسق ން ކަމުގައިވާކަން ފިޔަވައި އެހެންކަމަކާ ތިމަންމެންދެކެ ތިޔަބައިމީހުން ރުޅިއަރައި إنكار ކުރަމުހެއްޔެވެ؟ |
|