نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
692 | 5 | 23 | قال رجلان من الذين يخافون أنعم الله عليهما ادخلوا عليهم الباب فإذا دخلتموه فإنكم غالبون وعلى الله فتوكلوا إن كنتم مؤمنين |
| | | (اللَّه ދެކެ) ބިރުވެތިވާ މީހުންގެ ތެރެއިން اللَّه، نعمة ދެއްވާފައިވާ ދެމީހަކު ބުންޏެވެ. އެއުރެންނާ ދިމާޔަށް (އެރަށުގެ) ދޮރޯށިން ތިޔަބައިމީހުން ވަދެގެން ދާށެވެ! ފަހެ، ތިޔަބައިމީހުން އެރަށަށް ވަދެއްޖެނަމަ، ތިޔަބައިމީހުންނީ، (އެއުރެންގެ މައްޗަށް) ގަދަވެގަންނާނޭ ބަޔަކުކަން ކަށަވަރެވެ. އަދި ތިޔަބައިމީހުންނީ، إيمان ވެގެންތިބި ބަޔަކުކަމުގައިވާނަމަ، ހަމައެކަނި اللَّه އަށް ތިޔަބައިމީހުން وكيل ކުރާށެވެ! |
|
693 | 5 | 24 | قالوا يا موسى إنا لن ندخلها أبدا ما داموا فيها فاذهب أنت وربك فقاتلا إنا هاهنا قاعدون |
| | | އެއުރެން ދެންނެވޫއެވެ. އޭ موسى ގެފާނެވެ! އެއުރެން އެރަށުގައި ދެމިތިބިހައިހިނދަކު އެއްގޮތަކަށްވެސް ތިމަންމެން އެރަށަކަށް ނުވަންނާނޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނޫއެވެ. |
|
694 | 5 | 25 | قال رب إني لا أملك إلا نفسي وأخي فافرق بيننا وبين القوم الفاسقين |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. މިއަޅާގެ ވެރިރަސްކަލާކޯއެވެ! މިއަޅާގެ أخ އާއި، މިއަޅާގެ އަމިއްލަ نفس މެނުވީ މިއަޅާޔަށް މިލްކުވެގެނެއް ނުވެއެވެ. ފަހެ، فاسق ވީ މީހުންނާއި އަޅަމެންނާ ދެމެދު ނިޔާއެއް ކުރައްވައިފާނދޭވެ! |
|
695 | 5 | 26 | قال فإنها محرمة عليهم أربعين سنة يتيهون في الأرض فلا تأس على القوم الفاسقين |
| | | އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަން (އެބަހީ: مقدّس ވެގެންވާ ރަށުގެ ބިމަށް ވަނުން) އެއުރެންގެ މައްޗަށް حرام ކުރައްވާފައިވެއެވެ. ސާޅީސް އަހަރުވާންދެނެވެ. ދެވޭނުދެވޭ ތަނެއް ނޭނގި ބިމުގައި ބެހިގެން އެއުރެން އުޅުމަށެވެ. ފަހެ، فاسق ވި قوم ގެމީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! |
|
696 | 5 | 27 | واتل عليهم نبأ ابني آدم بالحق إذ قربا قربانا فتقبل من أحدهما ولم يتقبل من الآخر قال لأقتلنك قال إنما يتقبل الله من المتقين |
| | | آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (قربان) قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ قتل ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ. |
|
697 | 5 | 28 | لئن بسطت إلي يدك لتقتلني ما أنا بباسط يدي إليك لأقتلك إني أخاف الله رب العالمين |
| | | ހަމަކަށަވަރުން، ތިމަން قتل ކުރުމަށްޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ قتل ކުރުމަށްޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، عالم ތަކުގެވެރި اللَّه ދެކެ ތިމަން ބިރުގަންނަމެވެ. |
|
698 | 5 | 29 | إني أريد أن تبوء بإثمي وإثمك فتكون من أصحاب النار وذلك جزاء الظالمين |
| | | ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފައާއި ކަލޭގެ ފާފައާއިގެން (اللَّه ގެ حضرة އަށް) ކަލޭ رجوع ވުމެވެ. އޭރުން ކަލޭވާހުށީ، ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ. |
|
699 | 5 | 30 | فطوعت له نفسه قتل أخيه فقتله فأصبح من الخاسرين |
| | | ދެން އޭނާގެ أخ އާ قتل ކުރުމަށް، އޭނާގެ نفس އޭނާޔަށް زينة ތެރިކޮށް ދައްކައި ފަހިކޮށްދިނެވެ. ދެން އޭނާ، އޭނާގެ أخ އާ قتل ކުޅައެވެ. ދެން އޭނާ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންވިއެވެ. |
|
700 | 5 | 31 | فبعث الله غرابا يبحث في الأرض ليريه كيف يواري سوءة أخيه قال يا ويلتا أعجزت أن أكون مثل هذا الغراب فأواري سوءة أخي فأصبح من النادمين |
| | | ދެން އޭނާގެ أخ އާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް اللَّه ފޮނުއްވިއެވެ. ދެން، އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ! އަހުރެންގެ أخ އާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިންވިއެވެ. |
|
701 | 5 | 32 | من أجل ذلك كتبنا على بني إسرائيل أنه من قتل نفسا بغير نفس أو فساد في الأرض فكأنما قتل الناس جميعا ومن أحياها فكأنما أحيا الناس جميعا ولقد جاءتهم رسلنا بالبينات ثم إن كثيرا منهم بعد ذلك في الأرض لمسرفون |
| | | އެކަމަށްޓަކައި إسـرآءيـل ގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.) |
|