نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
682 | 5 | 13 | فبما نقضهم ميثاقهم لعناهم وجعلنا قلوبهم قاسية يحرفون الكلم عن مواضعه ونسوا حظا مما ذكروا به ولا تزال تطلع على خائنة منهم إلا قليلا منهم فاعف عنهم واصفح إن الله يحب المحسنين |
| | | ދެން އެއުރެންގެ ކަށަވަރުވެގެންވާ عهد އެއުރެން އުވައިލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންނަށް لعنة ލެއްވީމެވެ. އަދި އެއުރެންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. އެއުރެން (توراة ގައިވާ) كلمة ފުޅުތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލައިހަދަތެވެ. އަދި އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން ބަޔެއް (އެބަހީ: محمد ގެފާނަށް تبع ވުމަށް توراة ގައި ކުރައްވާފައިވާ أمر ތައް) އެއުރެން ހަނދާން ނައްތައިލިއެވެ. އޭގެތެރެއިން މަދުބަޔެއްގެ ކިބައިން މެނުވީ، އެއުރެންގެ ތެރެއިން خيانة ތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެތެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވައި، މާފުކުރައްވާށެވެ! ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. |
|
683 | 5 | 14 | ومن الذين قالوا إنا نصارى أخذنا ميثاقهم فنسوا حظا مما ذكروا به فأغرينا بينهم العداوة والبغضاء إلى يوم القيامة وسوف ينبئهم الله بما كانوا يصنعون |
| | | ހަމަކަށަވަރުން، ތިމަންމެންނީ نصارى އިންނޭ ބުނިމީހުންގެ ކިބައިންވެސް އެއުރެންގެ ކަށަވަރުވެގެންވާ عهد ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން އެއުރެން ހަނދާންނައްތާލިއެވެ. ފަހެ، قيامة ދުވަހަށް ދާނދެން އެއުރެންގެ މެދުގައި، عدواة ތެރިކަމާއި، ރުޅިވެރިކަން ލެއްވީމެވެ. އަދި ނިކަންހުރެ އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން اللَّه އެއުރެންނަށް خبر އަންގަވާނެއެވެ. |
|
684 | 5 | 15 | يا أهل الكتاب قد جاءكم رسولنا يبين لكم كثيرا مما كنتم تخفون من الكتاب ويعفو عن كثير قد جاءكم من الله نور وكتاب مبين |
| | | އޭ ފޮތުގެ أهل ވެރިންނޭވެ! ފޮތުން ތިޔަބައިމީހުން ވަންހަނާކޮށް އުޅުނު ކަންތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާ އަދި (އޭގެ) ގިނަ ކަންތައްތައް عفو ކުރައްވާ حال، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسول އާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ން نور އަކާއި، ބަޔާންކުރަނިވި ފޮތެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. |
|
685 | 5 | 16 | يهدي به الله من اتبع رضوانه سبل السلام ويخرجهم من الظلمات إلى النور بإذنه ويهديهم إلى صراط مستقيم |
| | | اللَّه، އެކަލާނގެ ރުއްސަވާ މަގަށް تبع ވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގުދައްކަވަތެވެ. އަދި އެކަލާނގެ إذن ފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެއުރެން ނެރުއްވަތެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގުދައްކަވަތެވެ. |
|
686 | 5 | 17 | لقد كفر الذين قالوا إن الله هو المسيح ابن مريم قل فمن يملك من الله شيئا إن أراد أن يهلك المسيح ابن مريم وأمه ومن في الأرض جميعا ولله ملك السماوات والأرض وما بينهما يخلق ما يشاء والله على كل شيء قدير |
| | | ހަމަކަށަވަރުން، اللَّه އީ، مريم ގެފާނުންގެ ދަރިކަލުން المسيح (عيسى ގެފާނު) ކަމަށް ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، مريم ގެފާނުގެ ދަރިކަލުން المسيح (عيسى ގެފާނު) އާއި، އެކަލޭގެފާނުގެ މައިކަނބަލުންނާއި، ބިމުގައިވާހައި ބަޔަކު ނެތިކުރެއްވުމަށް اللَّه އިރާދަކުރައްވައިފިނަމަ، اللَّه ގެ އިރާދަފުޅާ ދެކޮޅަށް ކަމެއް ކުރުމަށް އެއްވެސް ބާރެއް ލިބިގެންވަނީ ކާކަށްހެއްޔެވެ؟ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާ ތަކެއްޗެއްގެ ވެރިކަންވަނީ اللَّه އަށެވެ. އެކަލާނގެ އިރާދަކުރެއްވި އެއްޗެއް ހައްދަވަތެވެ. އަދި اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. |
|
687 | 5 | 18 | وقالت اليهود والنصارى نحن أبناء الله وأحباؤه قل فلم يعذبكم بذنوبكم بل أنتم بشر ممن خلق يغفر لمن يشاء ويعذب من يشاء ولله ملك السماوات والأرض وما بينهما وإليه المصير |
| | | يهودى ންނާއި، نصارى އިން ބުނެފޫއެވެ. ތިމަންމެންނީ، اللَّه ގެ ދަރިންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގެންވާ މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ ތިޔަބައިމީހުންގެ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އެކަލާނގެ عذاب ދެއްވަނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ، އެކަލާނގެ ހެއްދެވި މީހުންގެ ތެރެއިންވާ މީހުންނެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. އަދި އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ވެރިކަން ملك ވެގެންވަނީ اللّه އަށެވެ. އަދި ނިމިދިއުންވަނީވެސް އެކަލާނގެ حضرة އަށެވެ. |
|
688 | 5 | 19 | يا أهل الكتاب قد جاءكم رسولنا يبين لكم على فترة من الرسل أن تقولوا ما جاءنا من بشير ولا نذير فقد جاءكم بشير ونذير والله على كل شيء قدير |
| | | އޭ ފޮތުގެ أهل ވެރިންނޭވެ! އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކުވިޔަސް، އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކުވިޔަސް، ތިމަންމެންގެ ގާތަކަށް ވަޑައެއްނުގަންނަވައޭ ތިޔަބައިމީހުން ބުނެފާނެކަމަށްޓަކައި، رسول ންގެ މެދުކެނޑުމަކަށްފަހު، ތިޔަބައިމީހުންނަށް (ކަންތައްތައް) بيان ކޮށްދެއްވާ حال ތިޔަބައިމީހުންގެ ގާތަށް ތިމަންރަސްކަލާނގެ رسول އާ ވަޑައިގެންފިކަން ކަށަވަރެވެ. ފަހެ، އުފާވެރިކަމުގެ خبر ދެއްވާ، އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިކަން ކަށަވަރެވެ. اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. |
|
689 | 5 | 20 | وإذ قال موسى لقومه يا قوم اذكروا نعمة الله عليكم إذ جعل فيكم أنبياء وجعلكم ملوكا وآتاكم ما لم يؤت أحدا من العالمين |
| | | އަދި موسى ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް اللَّه ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، އެކަލާނގެ ތިޔަބައިމީހުންގެ ތެރޭގައި ނަބީބޭކަލުން ލެއްވިއެވެ. އަދި ތިޔަބައިމީހުން (ގެތެރެއިން ބަޔަކު) ރަސްކަލުންތަކެއް ކަމުގައި ލެއްވިއެވެ. އަދި (އެޒަމާނުގެ) عالم ތަކުގެ ތެރެއިން އެކަކަށްވެސް ނުދެއްވާ نعمة ތިޔަބައިމީހުންނަށް ދެއްވިއެވެ. |
|
690 | 5 | 21 | يا قوم ادخلوا الأرض المقدسة التي كتب الله لكم ولا ترتدوا على أدباركم فتنقلبوا خاسرين |
| | | އޭ އަހުރެންގެ قوم ގެމީހުންނޭވެ! مقدّس ވެގެންވާ ބިމަށް، ތިޔަބައިމީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ނުގަންނާށެވެ! އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކުކަމުގައި ވެގެން ހިނގައިދާނެތެވެ. |
|
691 | 5 | 22 | قالوا يا موسى إن فيها قوما جبارين وإنا لن ندخلها حتى يخرجوا منها فإن يخرجوا منها فإنا داخلون |
| | | އެއުރެން ދެންނެވޫއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ގަދަފަދަ جبّار ބަޔަކު އެތާނގައި އެބަތިއްބެވެ. އަދި ހަމަކަށަވަރުން، އެއުރެން އެތަނުން ނުކުމެއްޖައުމަށްދާނދެން، ތިމަންމެން އެތަނަކަށް ނުވަންނާނޫއެވެ. ފަހެ، އެއުރެން އެތަނުން ނުކުންނަނީނަމަ، ހަމަކަށަވަރުން، ތިމަންމެންނީ އެތަނަށް ވަންނާނޭ ބަޔަކީމުއެވެ. |
|