بسم الله الرحمن الرحيم

نتائج البحث: 6236
ترتيب الآيةرقم السورةرقم الآيةالاية
6624169إلا طريق جهنم خالدين فيها أبدا وكان ذلك على الله يسيرا
ނަރަކައިގެ މަގަށް މެނުވީއެވެ. އެއުރެން އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެކަންތައް اللَّه އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ.
6634170يا أيها الناس قد جاءكم الرسول بالحق من ربكم فآمنوا خيرا لكم وإن تكفروا فإن لله ما في السماوات والأرض وكان الله عليما حكيما
އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން حق دين އާއިގެން رسول އާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ފަހެ، ތިޔަބައިމީހުން إيمان ވާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި، ތިޔަބައިމީހުން كافر ވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އުޑުތަކާއި ބިމުގައިވާހައި ތަކެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
6644171يا أهل الكتاب لا تغلوا في دينكم ولا تقولوا على الله إلا الحق إنما المسيح عيسى ابن مريم رسول الله وكلمته ألقاها إلى مريم وروح منه فآمنوا بالله ورسله ولا تقولوا ثلاثة انتهوا خيرا لكم إنما الله إله واحد سبحانه أن يكون له ولد له ما في السماوات وما في الأرض وكفى بالله وكيلا
އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުންގެ دين އާމެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި، اللَّه އާމެދު حق ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ! مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު ވާކަން ކަށަވަރީ، اللَّه ގެ رسول އާ ކަމުގައެވެ. އަދި، އެކަލާނގެ كلمة ފުޅު ކަމުގައެވެ. އެ كلمة ފުޅު އެކަލާނގެ، مريم ގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ حضرة ން ލެއްވި روح ފުޅެކެވެ. ފަހެ، اللَّه އާއި، އެކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވާށެވެ! އަދި، (إله ން) ތިނެކޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! އެ ބުނުން ތިޔަބައިމީހުން ހުއްޓައިލާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه ވާކަން ކަށަވަރީ އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. އެކަލާނގެއަށް ދަރިކަލަކުވުމުން އެކަލާނގެ ހުސް طاهر ވަންތައެވެ. އުޑުތަކުގައިވާހައި ތަކެއްޗާއި ބިމުގައި ވާހައި ތަކެތި، އެކަލާނގެއަށް މިލްކުވެގެންވެއެވެ. އަދި، وكيل އަކު ކަމުގައި اللَّه ފުދެއެވެ.
6654172لن يستنكف المسيح أن يكون عبدا لله ولا الملائكة المقربون ومن يستنكف عن عبادته ويستكبر فسيحشرهم إليه جميعا
اللَّه ގެ އަޅަކަށް ވުމާމެދު عيسى ގެފާނު ބޮޑާވެވަޑައެއް ނުގަނެއެވެ. އަދި، ކުއްތަން ކުރައްވާފައިވާ ملائكة ންވެސް اللَّه ގެ އަޅުންނަށް ވުމާމެދު، ބޮޑާވެވަޑައެއް ނުގަނެއެވެ. އެކަލާނގެއަށް އަޅުކަން ކުރުމުން މަނާވެގަނެ، ކިބުރުވެރިވާ އެންމެން އެކުގައި، އެކަލާނގެ حضرة އަށް قيامة ދުވަހުން އެއްކުރައްވާނެތެވެ.
6664173فأما الذين آمنوا وعملوا الصالحات فيوفيهم أجورهم ويزيدهم من فضله وأما الذين استنكفوا واستكبروا فيعذبهم عذابا أليما ولا يجدون لهم من دون الله وليا ولا نصيرا
ފަހެ، إيمان ވެ، صالح عمل ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ އުޖޫރަ އެއުރެންނަށް ހަމަޔަށް އެކަލާނގެ ފުއްދަވައި ދެއްވާނެތެވެ. އަދި، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެންނަށް އިތުރުކޮށްދެއްވާނެތެވެ. އަދި، ކިބުރުވެރިވެ، ބޮޑާވެގަތްމީހުން ދަންނާށެވެ! ފަހެ، ވޭންދެނިވި عذاب ން އެކަލާނގެ އެއުރެންނަށް عذاب ދެއްވާނެތެވެ. އަދި، اللَّه ފިޔަވައި އެހީތެރިޔަކުވެސް، އަދި نصر ވެރިޔަކުވެސް، އެއުރެންނަކަށް ނުފެންނާނެތެވެ.
6674174يا أيها الناس قد جاءكم برهان من ربكم وأنزلنا إليكم نورا مبينا
އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން حجّة އެއް، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. އަދި، ފާޅުވެ بيان ވެގެންވާ نور އެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.
6684175فأما الذين آمنوا بالله واعتصموا به فسيدخلهم في رحمة منه وفضل ويهديهم إليه صراطا مستقيما
ފަހެ، اللَّه އަށް إيمان ވެ، އެކަލާނގެ ރައްކާތެރި ކަމުގައި ހިފަހައްޓައިގެން ތިބިމީހުން ދަންނާށެވެ! ފަހެ، އެކަލާނގެ رحمة އާއި فضل ވަންތަކަމުގެ ތެރެޔަށް އެއުރެން ވައްދަވާނެތެވެ. އަދި، އެ މަގަށް ދިއުމަށް ސީދާވެގެންވާ ތެދުމަގެއް އެއުރެންނަށް އެކަލާނގެ ދައްކަވާނެތެވެ.
6694176يستفتونك قل الله يفتيكم في الكلالة إن امرؤ هلك ليس له ولد وله أخت فلها نصف ما ترك وهو يرثها إن لم يكن لها ولد فإن كانتا اثنتين فلهما الثلثان مما ترك وإن كانوا إخوة رجالا ونساء فللذكر مثل حظ الأنثيين يبين الله لكم أن تضلوا والله بكل شيء عليم
(كلالة އާމެދު) ކަލޭގެފާނުގެ އަރިހުން، އެއުރެން فتوى އަށް އެދި ދަންނަވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! كلالة އާމެދު (އެބަހީ: أصل އެއް فرع އެއް ނެތި މަރުވާމީހާގެ ތަރިކަޔާމެދު) اللَّه ތިޔަބައިމީހުންނަށް بيان ކޮށް ދެއްވަތެވެ. އެމީހަކަށް ދަރިޔަކު (ނުވަތަ ބަފަޔަކު) ނެތި، އަދި އެމީހަކަށް (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ) أخت އަކުވާ حال، މީހަކު މަރުވެއްޖެނަމަ، ފަހެ، އެމީހާ ދޫކުޅަ މުދަލުގެ ދެބައިކުޅައެއްބައި، އެ أخت އަށެވެ. އަދި، އެ أخت އަށް ދަރިޔަކު ނުވާނަމަ، އެމީހާ އެ أخت ވާރުތަކުރާނެއެވެ. (މަރުވިމީހާގެ وارث ންނަށް ތިބި) ދެ أخت ން ކަމުގައިވާނަމަ، ފަހެ، އެ ދެ أخت ންނަށް (އެ أخ) ދޫކުޅަ މުދަލުގެ ތިންބައިކުޅަ ދެބަޔެވެ. (وارث ންނަށް ތިބީ) އަންހެން ފިރިހެން، އެއްބަނޑު އެއްބަފާ ބަޔަކު ކަމުގައިވާނަމަ، ދެ އަންހެނުންގެ ބައިފަދަ ބަޔެއް ފިރިހެނަކަށެވެ. ތިޔަބައިމީހުންނަށް މަގު އޮޅިދާނެކަމަށްޓަކައި، ތިޔަބައިމީހުންނަށް اللَّه، بيان ކޮށް ދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިވެގެންވާ ރަސްކަލާނގެއެވެ.
67051بسم الله الرحمن الرحيم يا أيها الذين آمنوا أوفوا بالعقود أحلت لكم بهيمة الأنعام إلا ما يتلى عليكم غير محلي الصيد وأنتم حرم إن الله يحكم ما يريد
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، عقد ތައް ފުއްދާށެވެ! އަދި، ތިޔަބައިމީހުންނަށް (އެތަކެއްޗާމެދު حكم އޮތްގޮތް قرآن ން) ބަޔާންކޮށްދެއްވާ ތަކެތި މެނުވީ، نعم ސޫފިތައް، ތިޔަބައިމީހުންނަށް حلال ކުރައްވާފައިވެއެވެ. ތިޔަބައިމީހުން إحرام ބަނދެގެންތިބެ، ޝިކާރަކުރުން ހުއްދަ ނުކުރާގޮތުގައެވެ. ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާގޮތަށް حكم ކުރައްވަތެވެ.
67152يا أيها الذين آمنوا لا تحلوا شعائر الله ولا الشهر الحرام ولا الهدي ولا القلائد ولا آمين البيت الحرام يبتغون فضلا من ربهم ورضوانا وإذا حللتم فاصطادوا ولا يجرمنكم شنآن قوم أن صدوكم عن المسجد الحرام أن تعتدوا وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان واتقوا الله إن الله شديد العقاب
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ شعائر ތަކާއި، އަދި حرمة ތެރި މައްސަރާއި، އަދި ގެފުޅަށް ހަދިޔާކުރާ ތަކެއްޗާއި، ގިލަފަތި އެލުވާފައިވާ ތަކެއްޗާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން فضل ވަންތަކަމާއި، ރުއްސެވުންއެދި، حرمة ތެރިިވެގެންވާ ގެފުޅަށް قصد ކޮށްގެން އަންނަމީހުންގެ حرمة ނުކަނޑާށެވެ! (مراد އަކީ حج ގެ އަޅުކަން ކުރުމަށް ކަނޑައެޅިގެންވާ ތަންތަނާއި، ކުރެވޭ އަޅުކަމަށް حرمة ތެރިކޮށްހިތައި، އެކަމުގެ ތެރޭގައި ކުރުން މަނާކުރައްވާފައިވާ ކަންތައްތައް ހުއްދަ ނުކުރާށެވެ! އަދި حرمة ތެރި މައްސަރުތަކުގައި މަނާކުރައްވާފައިވާ ހަނގުރާމަ ކުރުންފަދަ ކަންތައްތައް ހުއްދަ ނުކުރާށެވެ! ހަމައެފަދައިން، ގެފުޅަށް ހަދިޔާކުރާ ގެރި، ބަކަރި، ޖަމަލާއި، އެ ހަދިޔާކުރާ ތަކެތި، ފާހަގަކުރުމުގެ ގޮތުން ކަރުގައި ގިލަފަތި އަޅުވާފައިވާ ތަކެއްޗާއި، އަދި އެނޫންވެސް ތަކެތި އަތުލައި، އެ ތަކެއްޗަށް ގެއްލުންދިނުން ހުއްދަ ނުކުރާށެވެ! އަދި ގެފުޅަށް ދިޔުން قصد ކޮށްގެންދާ މީހުންގެ މަގުގައި ހުރަސްއަޅައި ގެއްލުންދީހެދުން ހުއްދަ ނުކުރާށެވެ!) ތިޔަބައިމީހުން إحرام ކަނޑައިފި ހިނދެއްގައި، ތިޔަބައިމީހުން ޝިކާރަކުރާށެވެ! އަދި ތިޔަބައިމީހުން حرمة ތެރިވެގެންވާ މިސްކިތަށް (އެބަހީ: كعبةاللَّه ގެފުޅަށް) ތިޔަބައިމީހުން ދިޔަނުދީ ހުރަސްއެޅިކަމަށްޓަކައި، ބަޔަކުމީހުންގެ މައްޗަށް ތިޔަބައިމީހުންގައި އުފެދުނު ނުރުހުންތެރިކަމެއް އެއީ، އެހެންމީހުންގެ މައްޗަށް ނަހަމައިން ތިޔަބައިމީހުން ހައްދުފަހަނަޅައިދިޔުމުގެ ސަބަބެއްކަމުގައި މެދުވެރި ނުކުރާށެވެ! އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ.


0 ... 56.1 57.1 58.1 59.1 60.1 61.1 62.1 63.1 64.1 65.1 67.1 68.1 69.1 70.1 71.1 72.1 73.1 74.1 75.1 ... 623

إنتاج هذه المادة أخد: 0.02 ثانية


المغرب.كووم © ٢٠٠٩ - ١٤٣٠ © الحـمـد لله الـذي سـخـر لـنا هـذا :: وقف لله تعالى وصدقة جارية

291720751941639426831854115225537434173