بسم الله الرحمن الرحيم

نتائج البحث: 6236
ترتيب الآيةرقم السورةرقم الآيةالاية
67260وإذ استسقى موسى لقومه فقلنا اضرب بعصاك الحجر فانفجرت منه اثنتا عشرة عينا قد علم كل أناس مشربهم كلوا واشربوا من رزق الله ولا تعثوا في الأرض مفسدين
موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންނަށްޓަކައި ފެނަށް އެދިވަޑައިގެން دعاء ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، (އެހިނދު موسى ގެފާނަށް) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން، ކަލޭގެފާނު އެ ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެހިލައިގައި ޖެއްސެވިހިނދު) އެހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފިއެވެ. (އަދި ތިމަންރަސްކަލާނގެ އެންގެވީމެވެ.) ތިޔަބައިމީހުން، اللَّه ދެއްވި رزق ން ކައިބޮއި އުޅޭށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ!
68261وإذ قلتم يا موسى لن نصبر على طعام واحد فادع لنا ربك يخرج لنا مما تنبت الأرض من بقلها وقثائها وفومها وعدسها وبصلها قال أتستبدلون الذي هو أدنى بالذي هو خير اهبطوا مصرا فإن لكم ما سألتم وضربت عليهم الذلة والمسكنة وباءوا بغضب من الله ذلك بأنهم كانوا يكفرون بآيات الله ويقتلون النبيين بغير الحق ذلك بما عصوا وكانوا يعتدون
އަދި ތިޔަބައިމީހުން (މިފަދައިން) ދެންނެވިހިނދު، ހަނދުމަކުރާށެވެ! އޭ موسى ގެފާނެވެ! އެއްބާވަތެއްގެ ކާނާއެއްގެ މައްޗަކަށް ތިމަންމެންނަކަށް ކެތެއް ނުކުރެވޭނެތެވެ. ފަހެ، ބިމުން ފަޅާ ގަސްގަހާގެހީގެ ތެރެއިން އޮށްޓަރުގެ ބާވަތްތަކާއި، قثاّء (އެބަހީ: ކެކުރި ވައްތަރުގެ ތަރުކާރީއެއް) އާއި، ލޮނުމެދާއި، މުގާއި، ފިޔާ، ތިމަންމެންނަށްޓަކައި ނެރުއްވައި ދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން މޮޅު ތަކެތީގެ ބަދަލުގައި ދެރަ ތަކެއްޗަށް އެދެނީ ހެއްޔެވެ؟ (އެގޮތް އެދެނީނަމަ) ތިޔަބައިމީހުން ބޮޑު ރަށަކަށް ފައިބާށެވެ! އޭރުން، ހަމަކަށަވަރުން ތިޔަބައިމީހުން އެދުނު ތަކެތި ލިބޭހުށްޓެވެ. ދެރަކަމާއި ނިކަމެތިކަން އެއުރެންނަށް ޖެހުނެވެ. އަދި اللَّه ގެ ކޯފާ އެއުރެންގެމައްޗަށް حق ވެ، އެ ކޯފާއާއިގެން އެއުރެން އެނބުރިއައޫއެވެ. އެއީ، ހަމަކަށަވަރުން އެއުރެން اللَّه ގެ آية ތަކަށް كافر ވެ، حق އަކާ ނުލައި ނަބީބޭކަލުން قتل ކުރާ ބަޔަކު ކަމުގައިވީތީއެވެ. އެއީ، އެއުރެން އުރެދިގަނެ، އެކަމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވިކަމަށްޓަކައެވެ.
69262إن الذين آمنوا والذين هادوا والنصارى والصابئين من آمن بالله واليوم الآخر وعمل صالحا فلهم أجرهم عند ربهم ولا خوف عليهم ولا هم يحزنون
ހަމަކަށަވަރުން إيمان ވެއްޖެ މީސްތަކުންނާއި، يهودى ން ކަމުގައިވި މީހުންނާއި، نصارى އިންނާއި، صابئ ންނާއި (މިއެންމެންގެ ތެރެއިންވެސް) اللَّه އަށާއި آخرة ދުވަހަށް إيمان ވެ، صالح عمل ކުޅަ މީހުންގެ ވެރިރަސްކަލާނގެ حضرة ގައި، އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. (ނޯޓު: صابئ ންނަކީ دين އެއްނެތް މީހުން ކަމަށާއި، ތަރިތަކަށާއި، ملائكة ންނަށް އަޅުކަންކުރާ މީހުން ކަމަށް ބުނެވެއެވެ.)
70263وإذ أخذنا ميثاقكم ورفعنا فوقكم الطور خذوا ما آتيناكم بقوة واذكروا ما فيه لعلكم تتقون
ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި، ތިޔަބައިމީހުންގެ (ބޮލާދިމާ) މައްޗަށް طور ފަރުބަދަ އުފުއްލެވި ހިނދު، ހަނދުމަކުރާށެވެ! (އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި (އެބަހީ: ތިމަންރަސްކަލާނގެ ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި އެފޮތުގައިވާ ގޮތް ތިޔަބައިމީހުން ހަނދުމަ ކުރާށެވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.
71264ثم توليتم من بعد ذلك فلولا فضل الله عليكم ورحمته لكنتم من الخاسرين
ދެން އޭގެފަހުން ތިޔަބައިމީހުން (އެ عهد އަށް) ފުރަގަސްދީ، އެނބުރި ހިނގައްޖައީމުއެވެ. ފަހެ، اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން، ތިޔަބައިމީހުންގެމައްޗަށް ނުވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވީސްކަން ކަށަވަރެވެ.
72265ولقد علمتم الذين اعتدوا منكم في السبت فقلنا لهم كونوا قردة خاسئين
އަދި ތިޔަބައިމީހުންގެ ތެރެއިން، ހޮނިހިރުދުވަހާމެދު (ދެކޮޅުވެރިވެ، ނުކިޔަމަންތެރިވުމުގައި) ހައްދުފަހަނަޅައިދިޔަ މީހުންގެ ވާހަކަ، ތިޔަބައިމީހުންނަށް އެނގިފައިވާކަން ކަށަވަރެވެ. ފަހެ، ތިމަންރަސްކަލާނގެ، އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ދެރަވެ، ނިކަމެތި ވެގެންވާ ރާމާމަކުނުތަކަކަށް ވާށެވެ!
73266فجعلناها نكالا لما بين يديها وما خلفها وموعظة للمتقين
ފަހެ، އެކަންތަކުގެ ކުރިމަތީގައިވާ މީހުންނަށާއި، އޭގެފަހުން އަންނާނޭ މީހުންނަށް ވަރުގަދަ عبرة އެއް ކަމުގައްޔާއި، تقوى ވެރިންނަށް ފުރިހަމަ نصيحة އެއް ކަމުގައި ތިމަންރަސްކަލާނގެ އެކަންތައް ލެއްވީމެވެ.
74267وإذ قال موسى لقومه إن الله يأمركم أن تذبحوا بقرة قالوا أتتخذنا هزوا قال أعوذ بالله أن أكون من الجاهلين
އަދި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވިހިނދު، (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ގެރިއެއް ކަތިލުމަށް ހަމަކަށަވަރުން اللَّه، ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އެއުރެން ދެންނެވޫއެވެ. ފުރައްސާރަކުރެވޭ ބަޔަކު ކަމުގައި ކަލޭގެފާނު ތިމަންމެން ހައްދަވަނީތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. (އެފަދަ ކަންތައްކުރާ) جاهل ންގެ ތެރެއިން، (ވެވަޑައިނުގަތުންއެދި) ތިމަންކަލޭގެފާނު اللَّه ގެ حضرة ން ރައްކާތެރިކަން ލިބިވަޑައިގަންނަވަމެވެ.
75268قالوا ادع لنا ربك يبين لنا ما هي قال إنه يقول إنها بقرة لا فارض ولا بكر عوان بين ذلك فافعلوا ما تؤمرون
އެއުރެން ދެންނެވޫއެވެ. އެއީ ކޮންކަހަލަ ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއް ނޫނެވެ. ޅަގެރިއެއްވެސް ނޫނެވެ. އެ ދެމެދުގެ ގެރިއެކެވެ. ފަހެ، ތިޔަބައިމީހުންނަށް أمر ކުރައްވާ ކަންތައް ތިޔަބައިމީހުން ކުރާށެވެ!
76269قالوا ادع لنا ربك يبين لنا ما لونها قال إنه يقول إنها بقرة صفراء فاقع لونها تسر الناظرين
އެއުރެން ދެންނެވޫއެވެ. އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. އެއީ، ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ.


0 1 2 3 4 5 6 7 8 9 10 11 12 13 14 15 16 ... 623

إنتاج هذه المادة أخد: 0.02 ثانية


المغرب.كووم © ٢٠٠٩ - ١٤٣٠ © الحـمـد لله الـذي سـخـر لـنا هـذا :: وقف لله تعالى وصدقة جارية

336352741573249816145133393741078425643