نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6207 | 108 | 3 | إن شانئك هو الأبتر |
| | | ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ. |
|
6208 | 109 | 1 | بسم الله الرحمن الرحيم قل يا أيها الكافرون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އޭ كافر ންނޭވެ! |
|
6209 | 109 | 2 | لا أعبد ما تعبدون |
| | | ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ. |
|
6210 | 109 | 3 | ولا أنتم عابدون ما أعبد |
| | | އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. |
|
6211 | 109 | 4 | ولا أنا عابد ما عبدتم |
| | | އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. |
|
6212 | 109 | 5 | ولا أنتم عابدون ما أعبد |
| | | އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. |
|
6213 | 109 | 6 | لكم دينكم ولي دين |
| | | ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ دين އެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ دين އެވެ. |
|
6214 | 110 | 1 | بسم الله الرحمن الرحيم إذا جاء نصر الله والفتح |
| | | اللَّه ގެ نصر އާއި، فتح އަތުވެއްޖެ ހިނދެވެ. |
|
6215 | 110 | 2 | ورأيت الناس يدخلون في دين الله أفواجا |
| | | އަދި اللَّه ގެ دين އަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ. |
|
6216 | 110 | 3 | فسبح بحمد ربك واستغفره إنه كان توابا |
| | | ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ حضرة އަށް ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން توبة قبول ކުރައްވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. |
|