نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6176 | 102 | 8 | ثم لتسألن يومئذ عن النعيم |
| | | ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمة ތަކާމެދު ތިޔަބައިމީހުންނާ سؤال ކުރައްވާނެކަން ކަށަވަރެވެ. |
|
6177 | 103 | 1 | بسم الله الرحمن الرحيم والعصر |
| | | ޒަމާން ގަންދެއްވަމެވެ. |
|
6178 | 103 | 2 | إن الإنسان لفي خسر |
| | | ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. |
|
6179 | 103 | 3 | إلا الذين آمنوا وعملوا الصالحات وتواصوا بالحق وتواصوا بالصبر |
| | | إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ. |
|
6180 | 104 | 1 | بسم الله الرحمن الرحيم ويل لكل همزة لمزة |
| | | غيبة ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ. |
|
6181 | 104 | 2 | الذي جمع مالا وعدده |
| | | އެމީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ. |
|
6182 | 104 | 3 | يحسب أن ماله أخلده |
| | | ހަމަކަށަވަރުން، އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ. |
|
6183 | 104 | 4 | كلا لينبذن في الحطمة |
| | | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުޑުކޮށްލަނިވި ނަރަކަޔަށް އޭނާ އެއްލައިލައްވާނެކަން ކަށަވަރެވެ. |
|
6184 | 104 | 5 | وما أدراك ما الحطمة |
| | | އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންއެއްޗެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
|
6185 | 104 | 6 | نار الله الموقدة |
| | | (އެއީ) اللَّه ގެ އަނދައަނދާ ހުންނަ ނަރަކަޔެވެ. |
|