نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
615 | 4 | 122 | والذين آمنوا وعملوا الصالحات سندخلهم جنات تجري من تحتها الأنهار خالدين فيها أبدا وعد الله حقا ومن أصدق من الله قيلا |
| | | އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. اللَّه، وعد ކުރައްވާފައިވަނީ حق ތެދެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟ |
|
616 | 4 | 123 | ليس بأمانيكم ولا أماني أهل الكتاب من يعمل سوءا يجز به ولا يجد له من دون الله وليا ولا نصيرا |
| | | (އެކަން ލިބުންވަނީ) ތިޔަބައިމީހުންގެ އެދުންތަކަކުން ނޫނެވެ. އަދި، ފޮތުގެ أهل ވެރިންގެ އެދުންތަކަކުންވެސް ނޫނެވެ. ނުބައިކަމެއް ކުރާމީހާޔަށް އެކަމުގެ ޖަޒާ ލިބޭނެތެވެ. އަދި، اللَّه ފިޔަވައި އެހީތެރިޔަކުވެސް އަދި، نصر ވެރިޔަކުވެސް އެމީހަކަށް ނުފެންނާނެތެވެ. |
|
617 | 4 | 124 | ومن يعمل من الصالحات من ذكر أو أنثى وهو مؤمن فأولئك يدخلون الجنة ولا يظلمون نقيرا |
| | | އަދި، مؤمن އަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އަދި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔާއެއް ނުކުރައްވާހުށްޓެވެ. |
|
618 | 4 | 125 | ومن أحسن دينا ممن أسلم وجهه لله وهو محسن واتبع ملة إبراهيم حنيفا واتخذ الله إبراهيم خليلا |
| | | ހެޔޮކަންތައްކުރާ މީހަކުކަމުގައިވާ حال، އެމީހެއްގެ އެންމެހައި ކަންތައް اللَّه އަށް ކިޔަމަންކޮށް، އަދި باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ دين އަށް تبع ވި މީހަކަށްވުރެ، دين ގެ ގޮތުން ހެޔޮކަންބޮޑީ ކާކުހެއްޔެވެ؟ اللَّه، މިތުރަކު ކަމުގައި إبراهيم ގެފާނު ހިއްޕެވިއެވެ. |
|
619 | 4 | 126 | ولله ما في السماوات وما في الأرض وكان الله بكل شيء محيطا |
| | | އަދި، އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. އަދި، ކޮންމެ އެއްޗަކާއި، ކޮންމެކަމެއްމެ، ފުރިހަމަޔަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. |
|
620 | 4 | 127 | ويستفتونك في النساء قل الله يفتيكم فيهن وما يتلى عليكم في الكتاب في يتامى النساء اللاتي لا تؤتونهن ما كتب لهن وترغبون أن تنكحوهن والمستضعفين من الولدان وأن تقوموا لليتامى بالقسط وما تفعلوا من خير فإن الله كان به عليما |
| | | އަންހެނުންނާމެދު، ކަލޭގެފާނުގެ އަރިހުން އެއުރެން فتوى އަށް އެދި ދަންނަވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުންނަށް އެކަނބަލުންނާމެދު بيان ކޮށް ދެއްވަތެވެ. އަދި، ފޮތުން ތިޔަބައިމީހުންނަށް ކިޔަވައިދެއްވާ آية ތައްވެސް بيان ކޮށް ދެއްވަތެވެ. އެކަނބަލުންނަށްޓަކައި ކަނޑައަޅުއްވާފައިވާ ރަން، ތިޔަބައިމީހުން އެކަނބަލުންނަށް ނުދޭ، އަދި އެކަނބަލުންނާ ކާވެނިވުމަށް ތިޔަބައިމީހުން އެދޭ يتيم އަންހެނުންނާ މެދުގައެވެ. އަދި، ކުޑަކުދިންގެ ތެރެއިން ނިކަމެތިވެފައިވާ ކުދިންނާ މެދުގައެވެ. އަދި، يتيم ންނާމެދު عدل إنصاف ގެ ގޮތުގައި ކަންތައް ކުރުމަށެވެ. ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާ ކަންތައް، ފަހެ ހަމަަކަށަވަރުން، އެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. |
|
621 | 4 | 128 | وإن امرأة خافت من بعلها نشوزا أو إعراضا فلا جناح عليهما أن يصلحا بينهما صلحا والصلح خير وأحضرت الأنفس الشح وإن تحسنوا وتتقوا فإن الله كان بما تعملون خبيرا |
| | | ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ صلح ވުމަކުން صلح ވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. صلح ވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެގާތުން ކުރަންޖެހޭ ހޭދަޔަކާމެދު، އަދި ތިމާޔަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި، ތިޔަބައިމީހުން إحسان ތެރިވެ އަދި تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. |
|
622 | 4 | 129 | ولن تستطيعوا أن تعدلوا بين النساء ولو حرصتم فلا تميلوا كل الميل فتذروها كالمعلقة وإن تصلحوا وتتقوا فإن الله كان غفورا رحيما |
| | | ތިޔަބައިމީހުން ކިތަންމެ ވަރަކަށް އެދި ދަހިވެތިވިޔަސް، އަނބިންގެ މެދުގައި (ލޯބީގެގޮތުން) عدل ވެރިވުމަކަށް ތިޔަބައިމީހުންނަކަަށް ކުޅަދާނަވެގެނެއް ނުވާނެތެވެ. ފަހެ، ތިޔަބައިމީހުން (އެކެއްގެ ފަރާތް ދޫކޮށް) މުޅިން ލެނބުމަކުން ނުލެނބޭށެވެ! އެލުވާފައިވާ މީހެއް ފަަދައިން އެކަނބުލޭގެ ދޫކޮށްލާ ގޮތުގައެވެ. (އެބަހީ: ވަރިވެސް ނުކޮށް، صلح ވުމެއްވެސްނެތި އިނދެގެންމެ، ނީނދެ އުޅޭގޮތަށް އެއް އަނތްބަކާ އަޅައިނުލައި، އަނެއް އަނތްބެއްގެ ފަރާތަށް މުޅިން ލެނބިގެން ނުދާށެވެ!) އަދި، ތިޔަބައިމީހުން (އެކަން) إصلاح ކޮށް تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. |
|
623 | 4 | 130 | وإن يتفرقا يغن الله كلا من سعته وكان الله واسعا حكيما |
| | | އަދި، އެ ދެމީހުން ވަކިވާނަމަ، اللَّه ގެ ތަނަވަސްކަމުގެ ތެރެއިން، އެ ދެމީހުންކުރެ ކޮންމެ މީހަކަށްމެ، ފުއްދަވައި ދެއްވާނެތެވެ. ތަނަވަސްވަންތަ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. |
|
624 | 4 | 131 | ولله ما في السماوات وما في الأرض ولقد وصينا الذين أوتوا الكتاب من قبلكم وإياكم أن اتقوا الله وإن تكفروا فإن لله ما في السماوات وما في الأرض وكان الله غنيا حميدا |
| | | އަދި، އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އަދި، ހަމަކަށަވަރުން، اللَّه އަށް تقوى ވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ وصية ކުރައްވައި އެންގެވީމެވެ. ތިޔަބައިމީހުން كافر ވާނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، އުޑުތަކުގައި ވާހައި ތަކެއްޗާއި، ބިމުގައި ވާހައި ތަކެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. ފުދިވޮޑިގެންވާ حمد ލިބިވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. |
|