نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6116 | 96 | 10 | عبدا إذا صلى |
| | | އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟ |
|
6117 | 96 | 11 | أرأيت إن كان على الهدى |
| | | އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟ |
|
6118 | 96 | 12 | أو أمر بالتقوى |
| | | ތިބާ خبر ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوى ވެރިވުމަށް أمر ކުރިނަމަވެސް ހެއްޔެވެ؟ |
|
6119 | 96 | 13 | أرأيت إن كذب وتولى |
| | | ތިބާ خبر ދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟ |
|
6120 | 96 | 14 | ألم يعلم بأن الله يرى |
| | | ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟ |
|
6121 | 96 | 15 | كلا لئن لم ينته لنسفعا بالناصية |
| | | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ. |
|
6122 | 96 | 16 | ناصية كاذبة خاطئة |
| | | އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ. |
|
6123 | 96 | 17 | فليدع ناديه |
| | | ފަހެ، އޭނާޔާއެކު جلسة ކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ! |
|
6124 | 96 | 18 | سندع الزبانية |
| | | ނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكة ންނަށް ގޮވައިލައްވާހުށީމެވެ. |
|
6125 | 96 | 19 | كلا لا تطعه واسجد واقترب |
| | | ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި سجدة ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި) اللَّه ގެ حضرة އަށް (ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ! |
|