نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6070 | 92 | 12 | إن علينا للهدى |
| | | ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ. |
|
6071 | 92 | 13 | وإن لنا للآخرة والأولى |
| | | އަދި ހަމަކަށަވަރުން، آخرة އާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ. |
|
6072 | 92 | 14 | فأنذرتكم نارا تلظى |
| | | ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ. |
|
6073 | 92 | 15 | لا يصلاها إلا الأشقى |
| | | ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ. |
|
6074 | 92 | 16 | الذي كذب وتولى |
| | | އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ. |
|
6075 | 92 | 17 | وسيجنبها الأتقى |
| | | އަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ. |
|
6076 | 92 | 18 | الذي يؤتي ماله يتزكى |
| | | އެމީހާއީ، އެމީހާ طاهر ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ. |
|
6077 | 92 | 19 | وما لأحد عنده من نعمة تجزى |
| | | އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ. |
|
6078 | 92 | 20 | إلا ابتغاء وجه ربه الأعلى |
| | | އެހެނެއްކަމަކު) އޭނާ ހޭދަކުރަނީ (އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ. |
|
6079 | 92 | 21 | ولسوف يرضى |
| | | އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ. |
|