نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6052 | 91 | 9 | قد أفلح من زكاها |
| | | އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
|
6053 | 91 | 10 | وقد خاب من دساها |
| | | އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ. |
|
6054 | 91 | 11 | كذبت ثمود بطغواها |
| | | ثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ. |
|
6055 | 91 | 12 | إذ انبعث أشقاها |
| | | އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ. |
|
6056 | 91 | 13 | فقال لهم رسول الله ناقة الله وسقياها |
| | | ފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ! |
|
6057 | 91 | 14 | فكذبوه فعقروها فدمدم عليهم ربهم بذنبهم فسواها |
| | | ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ. |
|
6058 | 91 | 15 | ولا يخاف عقباها |
| | | އަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ. |
|
6059 | 92 | 1 | بسم الله الرحمن الرحيم والليل إذا يغشى |
| | | ރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. |
|
6060 | 92 | 2 | والنهار إذا تجلى |
| | | ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ. |
|
6061 | 92 | 3 | وما خلق الذكر والأنثى |
| | | އަދި ފިރިހެން، އަންހެންް، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ. |
|