نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6024 | 90 | 1 | بسم الله الرحمن الرحيم لا أقسم بهذا البلد |
| | | އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ! |
|
6025 | 90 | 2 | وأنت حل بهذا البلد |
| | | ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް) އެބަހީ: مكة (ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. |
|
6026 | 90 | 3 | ووالد وما ولد |
| | | އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: آدم ގެފާނާއި آدم ގެ ދަރިންނެވެ.) |
|
6027 | 90 | 4 | لقد خلقنا الإنسان في كبد |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ. |
|
6028 | 90 | 5 | أيحسب أن لن يقدر عليه أحد |
| | | އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ |
|
6029 | 90 | 6 | يقول أهلكت مالا لبدا |
| | | އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން خرد ކޮށް ނެތިކޮށްފީމެވެ. |
|
6030 | 90 | 7 | أيحسب أن لم يره أحد |
| | | އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟ |
|
6031 | 90 | 8 | ألم نجعل له عينين |
| | | އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟ |
|
6032 | 90 | 9 | ولسانا وشفتين |
| | | ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟ |
|
6033 | 90 | 10 | وهديناه النجدين |
| | | އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. |
|