نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6017 | 89 | 24 | يقول يا ليتني قدمت لحياتي |
| | | އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ آخرة ގެ حياة އަށްޓަކައި (ހެޔޮ) عمل އެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސް ހެއްޔެވެ؟ |
|
6018 | 89 | 25 | فيومئذ لا يعذب عذابه أحد |
| | | ފަހެ، އެދުވަހުން އެކަލާނގެ އޭނާޔަށް ދެއްވާފަދަ عذاب އެއް އެހެން އެކަކަށްވެސް ނުދެވޭނެތެވެ. |
|
6019 | 89 | 26 | ولا يوثق وثاقه أحد |
| | | އަދި އެކަލާނގެ، އޭނާ ހައްޔަރުކުރައްވާ ފަދައިން، އެހެން އެކަކަށްވެސް ހައްޔަރެއް ނުކުރެވޭނެތެވެ. |
|
6020 | 89 | 27 | يا أيتها النفس المطمئنة |
| | | އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! |
|
6021 | 89 | 28 | ارجعي إلى ربك راضية مرضية |
| | | ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ! |
|
6022 | 89 | 29 | فادخلي في عبادي |
| | | ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ! |
|
6023 | 89 | 30 | وادخلي جنتي |
| | | އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ! |
|
6024 | 90 | 1 | بسم الله الرحمن الرحيم لا أقسم بهذا البلد |
| | | އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ! |
|
6025 | 90 | 2 | وأنت حل بهذا البلد |
| | | ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް) އެބަހީ: مكة (ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. |
|
6026 | 90 | 3 | ووالد وما ولد |
| | | އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: آدم ގެފާނާއި آدم ގެ ދަރިންނެވެ.) |
|