نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5976 | 88 | 9 | لسعيها راضية |
| | | ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ. |
|
5977 | 88 | 10 | في جنة عالية |
| | | މަތިވެރިވެގެންވާ ސުވަރުގޭގައެވެ. |
|
5978 | 88 | 11 | لا تسمع فيها لاغية |
| | | ) ގެއްލުންދެނިވި (ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ. |
|
5979 | 88 | 12 | فيها عين جارية |
| | | ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ. |
|
5980 | 88 | 13 | فيها سرر مرفوعة |
| | | އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ. |
|
5981 | 88 | 14 | وأكواب موضوعة |
| | | އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ. |
|
5982 | 88 | 15 | ونمارق مصفوفة |
| | | އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ. |
|
5983 | 88 | 16 | وزرابي مبثوثة |
| | | އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ. |
|
5984 | 88 | 17 | أفلا ينظرون إلى الإبل كيف خلقت |
| | | ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ. |
|
5985 | 88 | 18 | وإلى السماء كيف رفعت |
| | | އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ |
|