نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5966 | 87 | 18 | إن هذا لفي الصحف الأولى |
| | | ހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ. |
|
5967 | 87 | 19 | صحف إبراهيم وموسى |
| | | إبراهيم ގެފާނާއި، موسى ގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ. |
|
5968 | 88 | 1 | بسم الله الرحمن الرحيم هل أتاك حديث الغاشية |
| | | ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ) އެބަހީ: قيامة ގެ ވާހަކަ (ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ |
|
5969 | 88 | 2 | وجوه يومئذ خاشعة |
| | | އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ. |
|
5970 | 88 | 3 | عاملة ناصبة |
| | | މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ. |
|
5971 | 88 | 4 | تصلى نارا حامية |
| | | ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ. |
|
5972 | 88 | 5 | تسقى من عين آنية |
| | | ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ. |
|
5973 | 88 | 6 | ليس لهم طعام إلا من ضريع |
| | | ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ. |
|
5974 | 88 | 7 | لا يسمن ولا يغني من جوع |
| | | ) އެ ކެއުމަކުން (ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ. |
|
5975 | 88 | 8 | وجوه يومئذ ناعمة |
| | | އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ. |
|